އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަރެސްމާތޮޑާ ބަލިކޮށް ފޭދޫ ޗެންޕިއަންކަން ހޯދައިފި

ފަރެސްމާތޮޑާ ބަލިކޮށް ފޭދޫ ޗެންޕިއަންކަން ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

މިނިވަން 50 ޗެންޕިއަންޝިޕް ގެ ޗެންޕިއަންކަން ސ. ފޭދޫ ޓީމް ހޯދައިފިއެވެ. އެ ޓީމް ޗެންޕިއަންކަން ހޯދީ އައްޑޫ ފުޓުބޯޅަސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު މެޗު 1-0 ލަނޑުން ކާމިޔާބު ކޮށްގެންނެވެ.

މެޗުގެ ހަމަ އެކަނި ލަނޑު ޖަހައިފައިވަނީ ފަހުހާފުގެ ފަހުކޮޅު އެވެ. އެލަނޑު ޖެހީ ފޭދޫ ޖަރޒީ ނަންބަރު 7 އިބްރާހީމް މަހުދީ ހުސައިނެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާތެރެއަށް ވަދެ ޑިފެންޑަރުން ގާތުން ބޯޅަ ނައްޓާލުމަށްފަު ކީޕަރުންވެސް ނައްޓާ ލުމަށްފަހު ގޯލަށް ވައްދައިގެންނެވެ.

އެ ލަނޑަށް ފަހު ފަރެސްމާތޮޑާއިންވެސް ނުރައްކާތެރި ދެތިން ހަމަލާ ފޭދޫ ގޯލަށް އަމާޒު ކުރިނަމަވެސް ޑިފެންޑަރުންވަނީ އެ ހަމަލާތައް ދިފާއު ކޮށްފައެވެ.

ދެ ޓީމުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ހާފުގައިވެސް ދެ ޓީމުންވަނީ ރަނގަޅަށް ކުޅެ ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސް ކޮށްފައެވެ. އެހެން ނަަމަވެސް ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ފައިނަލަށް މެޗަށްފަހު ޗެންޕިއަން ޓީމާއި ރަނަރއަޕް ޓީމަށް ތައްޓާއި މެޑެލް ހަވާލު ކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު