އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބ އަތޮޅުގައި ކުރިއަށް ގެންދިއަ "ރައީސް ޔާމީން 2018" ކެމްޕޭން މަހާސިންތާ ނިންމާލައިފި

ބ އަތޮޅުގައި ކުރިއަށް ގެންދިއަ "ރައީސް ޔާމީން 2018" ކެމްޕޭން މަހާސިންތާ ނިންމާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ބ އަތޮޅުގައި ކުރިއަށް ގެންދިއަ "ރައީސް ޔާމީން 2018" ކެމްޕޭން މެނޭޖަރުން ތަމްރީނުކުރުމުގެ މަހާސިންތާ ނިންމާލައި ނިންމުމުގެ ރަސްމިއްޔާތު ރޭ ބ. އޭދަފުށީގައި ބާއްވައިފިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވި ބޭފުޅުން ވަނީ މިސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ހާމަކުރައްވައި އަދި ސަރުކާރުގެ ސިޔާސަތުތައް ހާމަކުރައްވައިފައެވެ. އަދި މިސަރުކާރުން ހޯދަމުން ގެންދާ ކާމިޔާބީތައްވެސް ފާހަގަކުރައްވައިފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ ޕީޕީއެމްގެ ޓީމް ބައިބައިކުރަން ބައަކު އެބަ މަސައްކަތްކުރާ ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި އެފަދަ ވަސްވާސްތަކުގައި ނުޖެހުމަށް ސަލީމް ވަނީ ގޮވައިލައްވައިފައެވެ.

ތިމާވެށްޓާއިބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވަނީ އެމަނިކުފާނުގެ މިނިސްޓްރީން މިހާރު ކުރިއަށް ގެންދަވާ މަޝްރޫއުތަކުގެ މައުލޫމާތު ހާމަކުރައްވައިފައެވެ. ޠާރިޤް ވިދާޅުވީ މި 5 އަހަރު ތެރޭގައި 50 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރެވޭނެ ކަަމަށާއި އިތުރު 5 އަހަރުގެ ދައުރެއް ރައީސް ޔާމީނަށް ލިބިވަޑައިގެންފި ނަމަ ހުރިހައި ރަށެއްގައި ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރެވޭނެ ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން މަހާރަނި ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގިނަ އަދަދެއްގެ ޕީޕީއެމްގެ އިސް ބޭފުޅުންނާއި މަޖިލިސް މެންބަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް