އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުގެ ކަސްޓަމަރުންގެ އަދަދާއި އާމްދަނީ އިތުރުވެއްޖެ

ދިރާގުގެ ކަސްޓަމަރުންގެ އަދަދާއި އާމްދަނީ އިތުރުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ރާއްޖޭގައި އެންމެ ފުޅާކޮށް މުއާސަލާތީ ހިދުމަތް ފޯރުކޮށްދެމުންދާ، ދިވެހި ރާއްޖޭގެ ގުޅުން ޕލކގެ ކަސްޓަމަރުންގެ އަދަދާއި އާމްދަނީ އިތުރުވެއްޖެއެވެ. މިކަން އާންމުކޮށްފައިވަނީ ދިރާގުގެ 2015 ވަނަ ގެ އަހަރީ ރިޕޯޓްގައެވެ. މިރިޕޯޓް އާންމުކޮށްފައިވަނީ 12 އެޕްރިލް 2016 ގައެވެ.

މިރިޕޯޓްގައިވާގޮތުން 2015 ވަނަ އަހަރު ދިރާގުގެ ހިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންގެ އިތުރުވެ، ކަސްޓަމަރުންގެ އަދަދު ވަނީ 400،000 އަށް ވުރެ އިތުރުވެފައެވެ. އަދި ދިރާގުގެ 2015 ވަނަ އަހަރުގެ އާމްދަނީ 2.3 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވާއިރު 2014 ގެއާމްދަނީ އަކީ2.1 ބިލިއަން ރުފިޔާ އެވެ. 2015ވަނަ އަހަރު ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި 725މިލިއަން ރުފިޔާ ލިބިފައިވާއިރު 2014 ގައި ލިބިފައިވަނީ 701 މިލިއަން ރުފިޔާ އެވެ.


މީގެއިތުރުން 2015 ވަނަ އަހަރުގެ ތެރޭގައި ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި 358 މިލިއަން ރުފިޔާ ވަނީ އިންވެސްޓްކޮށްފައެވެ. އަދި ހިއްސާގެ ފައިދާގެ ގޮތުގައި މިއަހަރުވެސް ސާފު ފައިދާގެ 0 ހިއްސާދާރުންނަށް ދިނުމަށް ހުށަހަޅާފައިވެއެވެ.


އަހަރު ތެރޭގައި ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިތަކުގެ ތެރޭގައި މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީ ބްރޯޑްބޭންޑްގެ ހިދުމަށް ފޯރުކޮށްދިނުމާއި ޖީގެ ހިދުމަތްތައް އިތުރު ރަށްރަށަށް ތައާރަފްކޮށް، އާބާދީގެ %58 އަށް 4ޖީގެ ހިދުމަތް ފުޅާކުރުންހިމެނެއެވެ. އަދި ރާއްޖޭގެ އެންމެ ހަލުވި ސްޕީޑްގެ (100 އެމް.ބީ.ޕީ.އެސްއާއި ހަމައަށް) ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފްކޮށްފައިވެއެވެ.

ދިރާގުން ވަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލާ، މޮބައިލް ޑޭޓާ ޕެކެޖްތައް ރީވެމްޕްކޮށް، މޯބައިލް ޑޭޓާ ހިދުމަތުގެ އަގުތައް 40% ދަށްކޮށްފައެވެ.


ދިރާގުގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ފާސްކުރުމާއި، 2015 ވަނަ އަހަރުގެ ފައިނަލް ޑިވިޑެންޑް ފާސްކުރެވޭނީ ކުންފުނީގެ 27ވަނަ އާންމު ޖަލްސާގައެވެ. ދިރާގު 27ވަނަ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 26 އެޕްރިލް 2016 ވާ އަންގާރަ ދުވަހުގެ ރޭ 20:30 ގައި ހޮޓެލް ޖެންގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު