އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ދިރާގަށް 664 މިލިއަން ރުފިޔާ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ދިރާގަށް 664 މިލިއަން ރުފިޔާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ރާއްޖޭގައި އެންމެ ފުޅާކޮށް މުއާސަލާތީ ހިދުމަތް ފޯރުކޮށްދެމުންދާ، ދިވެހި ރާއްޖޭގެ ގުޅުން ޕލކގެ 2016 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓް އާންމުކޮށްފިއެވެ.

ދިރާގުގެ 2016 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން، މި އަހަރު ދިރާގުން ފަށާފައިވަނީ 2015 ވަނަ އަހަރުގެ ފަހު ކުއާޓަރާއި އަޅާބަލާއިރު ޖުމްލަ އާމްދަނީގެ ކުރިއެރުމަކާއި އެކީގައެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުން އިރު ދިރާގަށް އާމްދަނީގެ ގޮތުގައި 664 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ދިރާގުގެ މޯބައިލް ޑާޓާ، ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް އަދި ހައި ސީޒަނަލް ރޯމިންގ ގެ ސަބަބުން އާމްދަނީއަށް ލިބިފައިވާ ކުރިއެރުމެކެވެ.

އެއާއިއެކު ފުރަތަމަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި 255 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީވެސް ވޭތުވެދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

ފުރަތަމަ ކުއާޓަރުގެ ތެރޭގައި ހާސިލް ކުރެވުނު މުހިންމު ލަނޑުދަނޑިތަކުގެ ތެރޭގައި: ކަސްޓަމަރ ސަރވިސްގެ ހިދުމަތް ފުޅާކޮށް، ފަސޭހަކަމާއި އެކު ކަސްޓަމަރުންނާއި މުއާމަލާތްކުރުމަށްޓަކައި، ލައިވްޗެޓްގެ ހިދުމަތް، ސްމާޓް ހޯމްގެ ހިދުމަތް ޕެކޭޖް ޕްރޮޑަކްޓެއްގެ ގޮތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޯންޗްކުރުން.، ހއ. ދިއްދޫގައި 4ޖީ އެލްޓީއީގެ ހިދުމަތް ލޯންޗްކޮށް، ދިރާގުގެ 4ޖީ އެލްޓީއީ ނެޓްވޯކް ރާއްޖޭގެ އާބާދީގެ %56 އަށް ފުޅާކުރުން ހިމެނެއެވެ.


މީގެ އިތުރުން ފާހަގަކޮށްލެވޭ ކަންތައްތަކުގެތެރޭގައި ރާއްޖޭގައި ފްރަންޗައިސް އުސޫލުން ބޭއްވޭ ފުރަތަމަ އަދި އެންމެ ބޮޑު މުނިފޫހިފިލުވުމުގެ ޕްރޮގްރާމްގެ ޓައިޓްލް ސްޕޮންސަރގެ ގޮތުގައި ދިރާގު ވުން ހިމެނެއެވެ. އަދި ދިވެހިރާއްޖެ ވަށައި ކަޓަމަރާނެއްގައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ ގޮތުން ކުރެވުނު ދަތުރު، 'ސެއިލިންގ އެރައުންޑް މޯލްޑިވްސް' ގެ އެކްސްކްލޫސިވް ޓެލެކޮމް ޕާޓްނަރުގެ ގޮތުގައިވެސް ދިރާގު ވަނީ ހަމަޖައްސާފައެވެ.

2016 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓް މިހާރު ވަނީ ދިރާގުގެ ރަސްމީ ވެބްސައިޓުގައި ޢާންމުކޮށްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު