އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޓީޑީސީއަށް 93.5 މިލިއަން ރުފިޔާގެ ފައިދާއެއް

އެމްޓީޑީސީއަށް 93.5 މިލިއަން ރުފިޔާގެ ފައިދާއެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

ފައިބޭ އަހަރު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް 93.7 މިލިއަން ރުފިޔާގެ ފައިދާވެފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެކުންފުނީގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާވަނީ އޭގެ ކުރީއަހަރާއަޅާބަލާއިރު ހަގުނަ އިތުރުވެފައި ކަމަށެވެ.

އެކުންފުންޏަށް ފައިދާގެ ގޮތުގައި 2014 ވަނަ އަހަރު ލިބިފައި ވަނީ 13.6 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ފައިދާ 93.7 އިތުރުވެގެން ދިއުމަކީ ކުންފުނީގެ މުސްތަގުބަލް އަލިވަމުންދާ ކަމުގެ ހެއްކެއް ކަމަށްވެސް ރިޕޯޓުގައިވެއެވެ.

ކުންފުންޏަށް ވަމުންދިޔަ ގެއްލުން ހުއްޓިފައިވަނީ ހެރެތެެރަ އައިލެންޑް ރިސޯޓާއި އުލިގަމު ސިޓީ ހޮޓާ މަޝްރޫއަށް ކުރަމުންގެންދިޔަ ހޭދަ ހުއްޓާލުމުން ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އޭގެއިތުރަށް މިދިޔައަހަރު އެކުންފުނިންވަނީ އާމްދަނީ ނުލިބޭ ބައެއް ރަށްރަށް ދޫކޮށްލަފައިފައެވެ. އޭގޭ ސަބަބުން ކުންފުނީގެ ދަރަނި ަލާސް ކުރެވިފައިވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

އެބަދަލާއެކު ކުންފުނީގެ ހިއްސާއަކަށް ޖެހުނު މިންވަރުވެސްވަނީ އިތުރުވެފައެވެ. ކުރިން 0.46 ރުފިޔާއަށް ޖެހުނު ހިއްސާ މިބަދަލާއެކުވަނީ 2.78 އަށް އަރައިފައެވެ.

އެކުންފުންޏަށް މިވަރުގެ ބަދަލެއް އައިސްފައިވަނީ ކުންފުނީގެ ހިންގުމުގެ ޚަރަދުވެސް ވަރަށް ބޮޑަށް ކުޑަކޮށްގެން ކަމަށް އެރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު