އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫއިން ކޯޕޮރޭޓް ކަސްޓަމަރުންނަށް ޙާއްސަ ވާރކްގްރޫޕް ތަޢާރަފްކޮށްފި

އުރީދޫއިން ކޯޕޮރޭޓް ކަސްޓަމަރުންނަށް ޙާއްސަ ވާރކްގްރޫޕް ތަޢާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 25 ސިކުންތު

އުރީދޫ މޯލްޑިވްސް އިން އެކުންފުނީގެ މޮބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވާރކް ޕެކޭޖް ރިވޭމްޕްކޮށް، އުރީދޫ ވާރކްގްރޫޕްގެ ނަމުގައިއަލުން ތަޢާރަފްކޮށްފިއެވެ. އުރީދޫ ވަރކް ގްރޫޕްގެ ނަން ފަރުމާކުރެވިފައިވަނީ، ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވާރކްގްރޫޕްތައް ގުޅުވާލަދިނުމުގައި މިޕެކޭޖްގެ މަގްބޫލުކަމުގެ ސަބަބުންނެވެ. ރީވޭމްޕް ކުރެވިފައިވާ ޕެކޭޖުތަކުގައި، އިތުރު ފައިދާ ތަކާއި އެކު، މުޅިން އާ މެނޭޖްމަންޓް ޕޯޓަލް އެއް ހިމެނެއެވެ.

މިކަމާއި ގުޅިގެން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވީ އަދުގެ ދުނިޔޭގައި، ދެ މީހަކު އެއްތަނެއްގައި ތިބެ ވިޔަފާރިކުރަނީ ވަރަށް މަދުން ކަމަށާއި ވިޔަފާރީގެ ގުޅުން ބަދަހިކޮށް، ޓީމްތަކުގެ މެދުގައި އެދެވޭގޮތުގައި މުއާމަލާތްތަށްކުރުމުގައި ޓެކްނޮލޮޖީގެ ބޭނުން ވަނީ ވަރަށް މުހިއްމުވެފައި ކަމަށެވެ. "މިގޮތުން އަޅުގަނޑުމެން ކުންފުނިތަކަށް ފޯރުކޮށްދޭ މުވާސަލާތީ ޚިދުމަތްތައް އިތުރަށް ތަރައްގީކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އުރީދޫ ވާރކްގްރޫޕްއިން ޔަގީންކަންދެނީ، ކުންފުނީގެ ވާރކްގްރޫޕްތަކުގެ ތެރޭގައި ފަސޭހަކަމާއި އެކު، އެންމެ އެދެވޭ ގޮތަށްމުއާމަލާތްތަށް ކުރާނެ ގޮތްތައް ގާއިމްކުރުމަށް އެކަށޭނަ ނިޒާމެއް ފޯރުކޮށްދީ، މުވައްޒަފުންގެ މަސައްކަތަށް އިތުރު ފުރިހަމަކަމެއްގެނެއުމަށް އެހީތެރިވެދޭނެކަން."

އުރީދޫ ވާރކްގްރޫޕް އާއިއެކު ތައާރަފް ކުރެވިފައިވާ އާ ޕޯޓަލް މެދުވެރިކޮށް، ކުންފުނިން ދައްކަންޖެހޭ ބިލް ޗެކްކުރުމާއި، އާ ކަނެކްޝަންތަކަށް އެދުމާއި، ވާރކްގްރޫޕުގައި ހިމެނޭ ފަރާތްތަށް ބަލައި،އެ ލިސްޓް އަށް މުވައްޒަފުން އިތުރުކޮށް، މަދުކުރެވޭނެއެވެ. ހަމައެއާއި އެކު ވަކި ވަކި ގްރޫޕްތައް އުފައްދާ، މިގްރޫޕްތަކަށް އެސްއެމްއެސް ކުރުމުގެ ފަސޭހަކަންވެސް މި ޕޯޓަލް މެދުވެރިކޮށް ލިބިގެންދާނެއެވެ. މިގޮތުން، ޕޯޓަލް މެދުވެރިކޮށް، މުޅި ކުންފުންޏަށްވެސް، ނުވަތަ ކުންފުނީގެ ވަކި ޑިޕާރޓްމެންޓަކަށް ނުވަތަ ޓީމަކަށް،އެއްފަހަރާ އެސްއެމްއެސް ފޮނުވިދާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ ވަރކްގްރޫޕް މެދުވެރިކޮށް ކުންފުނީގެ ތެރޭގައި ކުރަންޖެހޭ ހުރިހާ ކޯލް އެއް އަދި އެސްއެމްއެސްވެސް ހިލޭ ކުރުމުގެ މަގުފަހިވެގެންދެއެވެ. ހަމައެއާއި އެކު، 4 ޑިޖިޓުގެ ކުރު ނަންބަރެއްބޭނުންކޮށްގެން، ވާރކް ގްރޫޕްގައި ހިމެނޭ ބޭފުޅުންގެމެދުގައި، އެކަކު އަނެކަކަށް ފަސޭހަކަމާއި އެކު ގުޅާލުމުގެ ފުރުސަތު ލިބިގެންދެއެވެ. ކޯޕަރޭޓް ކުންފުނިތަކަށް ތަކަށް ހާއްސަކޮށް ތައާރަފްކުރެވިފައިވާ ވަރކްގްރޫޕް މެދުވެރިކޮށް، އެކި ލޮކޭޝަންތަކުގައި ވާ އޮފީސްތަކާއި ކުންފުނީގެ މުވައްޒަފުން،އެއް މޮބައިލް ނެޓްވަރކް އެއްތެރޭގައި ގުޅުވާލަދީ، މިކަމުގެ ސަބަބުން، ކުންފުނިތެރޭގައި މުއާމަލާތްތައް ކުރުމުގެ ފަސޭހަކަން އިތުރުވެ، މަސައްކަތް ކުރުމަށްވެސް އިތުރު ފުރިހަމަކަމެއް މެދުވެރިވެގެންދެއެވެ.

އުރީދޫ ވާރކް ގްރޫޕް ކަސްޓަމަރުންނަށް، މަސައްކަތުގެ މައިދާނުގެ އިތުރުން، އާއިލާ އާއި ގުޅާލުމަށްވެސް ފަސޭހަވެގެންދެއެވެ. މިގޮތުން، ކުންފުނީގެ ވާރކްގްރޫޕްގައި ބައިވެރިވާ ކޮންމެ މުވައްޒަފަކަށްވެސް، އާއިލާގެ މެންބަރުންގެ ތެރެއިން، ބޭނުންފުޅުވާ ބޭފުޅަކަށް އަންލިމިޓެޑް ކޯލް އަދި އެސްއެމްއެސް ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

އުރީދޫގެ ކޮންމެ މޮބައިލް ޕްލޭން އަކާއި އެކުވެސް، ވަރކްގްރޫޕް ޕެކޭޖްތައް ބޭނުންކުރެވޭއިރު، އުރީދޫގެ މޮބައިލް ޕްލޭންތަކުން ލިބޭ ހިލޭ ކޯލް، ހިލޭ ޑޭޓާ، ހިލޭ އެސްއެމްއެސް އަދި ހާއްސަ އައިޑީޑީ ރޭޓްތައްވެސް އުރީދޫގެ ވަރކްގްރޫޕް ކަސްޓަމަރުންނަށް ލިބޭ ފައިދާ ތަކުގައި ހިމެނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު