އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެސްޓީއޯ އިން ގަލްދޭމާ މަރުކާގެ އިސްތަށްޓަށް ޚާއްޞަ އުފެއްދުމެއް ތަޢާރަފްކުރަނީ

އެސްޓީއޯ އިން ގަލްދޭމާ މަރުކާގެ އިސްތަށްޓަށް ޚާއްޞަ އުފެއްދުމެއް ތަޢާރަފްކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

އެސްޓީއޯ އިން ގަލްދޭމާ މަރުކާގެ އިސްތަށްޓަށް ޚާއްޞަ އުފެއްދުމެއް ތަޢާރަފްކުރަން ނިންމައިފިއެވެ. މިއީ މިދިއަ އަަހަރުން ފެށިގެން އެސްޓީއޯ އިން ވިއްކަމުން ގެންދާ ސެޓަފިލް ވެސް އުފައްދާ ގަލްދޭމާ މަރުކާގެ ވަރަށް ޚާއްޞަ އުފެއްދުމެކެވެ.

އެސްޓީއޯ މައި އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލްދޭމާ މަރުކާގެ ބިޔުރޯ ޔުނިޓްގެ ހެޑް- ޕްރިސްކްރިޕްޝަން ސަންދީޕް ރެދީ ވިދާޅުވީ ގިލިބްގެ ނަމުގައި އެކުންފުނިން ވިއްކާ މިޚާއްޞަ އުފެއްދުން އުފައްދާފައިވަނީ އަންހެނުންނަށާއި ފިރިހެނުންނަށް ވަކިން ކަމަށެވެ. އަދި މިއުފެއްދުމަކީ ޓެސްޓްތައް ހަދައި ކޮލިޓީ ގަރަންޓީ ކުރުމާއިއެކު ކަސްޓަމަރުން ބޭނުންކޮށް ކަސްޓަމަރުންގެ މަޤްބޫލުކަން ލިބިފައިވާ އުފެއްދުންތަކެކެވެ.

"އެމެރިކާ، އިނގިރޭސިވިލާތް އަދި ޔޫރަޕުގެ އެންމެ ބޮޑު 4 ޤައުމެއްގައިވެސް އަހަރެމެންގެ އުފެއްދުންތަކަށް ވަނީ މިހާރުވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިފަ. އިތުރު ޤައުމުތަކަށް ތައާރަފްކުރަން މަސައްކަތްކުރަމުން މިގެންދަނީ."

ސަންދީޕް ވިދާޅުވީ ގިލިބް އަކީ އިސްތަށި ފައިބަން ފަށާ ހިސާބުން އެކަން ހުއްޓުވުމަށާއި އަލުން އިސްތަށި ފެޅުވުމަށް މިހާރުވެސް ޔަޤީންކަން ލިބިފައިވާ ވަރަށް ރަނގަޅު ފަރުވާއެއް ކަމަށެވެ.

މިއުފެއްދުމާއިބެހޭ ގޮތުން ރާއްޖޭގެ ޑޮކްޓަރުންނަށް މައުލޫމަތު ދިނުމަށް މާދަމާ ރޭ ހޮޓެލް ޖެންގައި ޚާއްޞަ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މައުލޫމާތު ދެއްވާނީ ކަމުގެ ތަޖުރިބާ ލިބިވަޑައިގެންހުންނެވި، މިބައްދަލުވުމަށް ޚާއްޞަކޮށް ރާއްޖެވަދައިގެންނެވި ޑޮކްޓަރެކެވެ.

އެސްޓީއޯ އިން ބުނީ އަންނަ ހަފްތާއިން ފެށިގެން އެސްޓީއޯގެ ސްޕަމާރޓްތަކުންނާއި ބޭސްފިހާރަތަކުން ގިލިބްގެ ބާވަތްތައް ލިބެން ހުންނާނެ ކަމަށެވެ. އަދި އެސްޓީއޯ އިން ގަލްދޭމާގެ އެހެން ބާވަތްތައް ވެސް ހެޔޮއަގުގައި ވިއްކާ ފަދައިން ގިލިބްގެ ދެ ބާވަތްވެސް ވިއްކާނީ ހެޔޮ އަގުގައި ކަމަށެވެ. "ފެންވަރު އެންމެ ރަނގަޅު ބާވަތްތައް އެސްޓީއޯއަށް އެތެރެކޮށް ވިއްކަމުން މިދަނީ ވަރަށް ހެޔޮ އަގުގައި. ބާޒާރަށްވުރެ އެތައް ތަނެއް ހެޔޮ އަގުގައި. މި ދެބާވަތް ވެސް ވިއްކާނީ ފުޅިއެއް -/335 ރުފިޔާއަށް."

ގަލްދޭމާގެ އުފެއްދުމެއް ކަމަށްވާ ސެޓަފިލްއަކީ މިހާރުވެސް ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރްޙީބެއް ލިބިފައިވާ އުފެއްދުމެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް