އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ސާބަސް ޔަންމާ" ޕްރޮމޯޝަން ރަސްމީކޮށް އިފްތިތާހުކޮށްފި

"ސާބަސް ޔަންމާ" ޕްރޮމޯޝަން ރަސްމީކޮށް އިފްތިތާހުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

ރާއްޖޭގައި އެންމެ ބޮޑު ތަރުޙީބެއް ލިބިފައިވާ ޔަންމާރ އިންޖީނަށް ހާއްސަކޮށްގެން އެމްޓީސީސީ އިން ކުރިއަށް ގެންދާ "ސާބަސް ޔަންމާ" ޕްރޮމޯޝަން ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

އާޓިފިޝަލް ބީޗްގައި މިއަދު ހަވީރު މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައ "ސާބަސް ޔަންމާ" ޕްރޮމޯޝަން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމް އާއި އެކުންފުނީގެ ޗެއަރމަންް ހުސައިން ސާލިމް އެވެ.

މިރަސްމިއްޔާތުގައި އިބްރާހިމް އަބްދުލްރައްޒާގު ހަލީމް ވިދާޅުވީ އެ ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އިންޖީނު ގަތުމަށް އިންޖީނުގެ އަގުގެ 10 އިންސައްތަ އެމްޓީސީސީއަށް ދައްކާ ފަރާތްތަކަށް އެއް ލައްކަ ރުފިޔާ އާއި ދެ ލައްކަ ރުފިޔާ އާއި ދެމެދުގެ އަގުހުރި ސާމާނު ލިބޭނެ ކަމަށެވެ.

"މިމުއްދަތުގައި އިންޖީނަށް ފައިސާ ޑިޕޮޒިޓްކުރާ ފަރާތްތަކަށް މި ވިއްކާ މަރޯލް ސްޓީރިން ސިސްޓަމް، ފިޝް ފައިންޑަރ، ޖީޕީއެސް، ކާސްޓްރޯލް އަޑީތެލުގެ ބާވަތްތައް." ލިބޭނެ ކަމަސް އިބްރާހިމް އަބްދުލްރައްޒާގު ހަލީމްވިދާޅުވިއެވެ.


މިއަދުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗެއަރމަންް ސާލިމް ވިދާޅުވީ އޮޑިވެރިން އިތުރަށް ކުރިއަރުވައި ވީހައި ލުއިފަސޭހަ ގޮތަކަށް އިންޖީނުފަދަ ތަކެތި ލިބޭނެގޮތެއް އޮޑިވެރިންނަށް ހަދައިދިނުމަށް އެމްޓީސީސީން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

އެމްޓީސީސީ އިން ބުނެފައިވަނީ ޔަންމާރ އިންޖީނު އަލަން ބޭނުންވާ ފަރާތްތަކުން އެދުމުން އެދޯންޏަކަށް އެންމެ އެކަށީގެންވާ އިންޖީނެއް އިޚްތިޔާރުކުރުމަށް ބޭނުންވާ އެހީތެރިކަން ހިލޭ ފޯރުކޮށްދޭނެ ކަމަށެވެ. އަދި ޔަންމާރ އިންޖީނުގެ ޕްރަމޯޝަންތައް ކުރިއަށް ގެންދަނީ ޔަންމާރ އިންޖީނުގެ ފައިދާ އޮޑިވެރިންނަށް އިތުރަށް އަންގައިދީ ހޭލުންތެރިކުރުވަން ކަމަށެވެ.

ޔަންމާރ އިންޖީނަކީ ރާއްޖޭގެ މަސްދޯނިފަހަރުގައި އަޅަންފެށި ފުރަތަމަ އިންޖީނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު