އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ގަވަރންމަންޓް ނެޓްވޯކް އޮފް މޯލްޑިވްސް" ނެޓްވޯކުގެ ކަނެކްޓިވިޓީ ފޯރުކޮށްދިނުން ދިރާގާއި ހަވާލުކޮށްފި

"ގަވަރންމަންޓް ނެޓްވޯކް އޮފް މޯލްޑިވްސް" ނެޓްވޯކުގެ ކަނެކްޓިވިޓީ ފޯރުކޮށްދިނުން ދިރާގާއި ހަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 25 ސިކުންތު

ދިވެހިރާއްޖޭގެ ސަރުކާރުގެ ރަސްމީ އެޕްލިކޭޝަންތައް ގުޅާލެވިފައިވާ މައި ނެޓްވޯކް ކަމަށްވާ 'ގަވަރމަންޓް ނެޓްވޯކް އޮފް މޯލްޑިވްސް' (ޖީ.އެން.އެމް)ގެ ކަނެކްޓިވިޓީ ފޯރުކޮށްދިނުމާއި ބެހޭ ކަންކަން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ)ގެ ފަރާތުން ދިވެހިރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގާއި ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިރާގު ހެޑްއޮފީހުގައި މިއަދު އެކަމަށްޓަކައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.

މި ނެޓްވޯކަކީ ދިވެހިރާއްޖެގެ ރަސްމީ އިދާރާތަކުން ދެމުންގެންދާ މުހިންމު ހިދުމަތްތަކެއް ލާމަރުކަޒީކޮށް ރަށު ކައުންސިލްތަކާއި ގުޅިގެން އަތޮޅުތެރޭގައި ތިއްބަވާ ރައްޔިތުންނަށްވެސް ފޯރުކޮށްދިނުމުގައި އެހީތެރިވެދޭ ނެޓްވޯކެވެ. އެގޮތުން މި ނެޓްވޯކް މެދުވެރިކޮށް ދެމުންގެންދަވާ ހިދުމަތްތަކުގެ ތެރޭގައި، ދިވެހި ސަރުކާރުގެ އެތެރޭގައި ސިޓީ ބަދަލުކުރުމަށް ބޭނުންކުރާ 'ގަވަމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް' (ޖެމްސް)ގެ ހިދުމަތާއި، އެން.ސީ.އައި.ޓީ އިން ތައްޔާރުކުރަމުންދާ ސަރުކާރުގެ ސެންޓްރަލް ހިޔުމަން ރިސޯސް އަދި ޕޭރޯލް ސިސްޓަމްގެ ހިދުމަތާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، ލައިސަންސާއި ވިޔަފާރީގެ ރަޖިސްޓްރީ އަދި ވޯކް ޕާރމިޓް ދިނުންފަދަ މުހިންމު ޚިދުމަތްތަކެއް މި ނެޓްވޯކްގެ އެހީގައި ލާމަރުކަޒީ އުސޫލުން ރަށު ކައުންސިލްތައް މެދުވަރިކޮށް މިހާރުވެސް ދެމުންގެންދެއެވެ.

މިއާއިއެކު ވިޔަފާރީގެ ރަޖިސްޓްރީ އާއި އާސަންދަ އަދި ޕެންޝަންގެ އިތުރުން، އައިޑީ ކާޑު ވެރިފިކޭޝަންފަދަ ސަރުކާރުގެ އިދާރާ ތަކުގެ ދެމެދުގައި ކުރެވޭ ތަފާތު މުއާމަލާތްތައްވެސް ކުރެވެމުންދަނީ މި ނެޓްވޯކުގެ އެހީގައެވެ. މިއީ ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް ފަސޭހަކަމާއި އަވަސްކަމާއެކު ދިނުމަށް ދިވެހި ސަރުކާރުގެ ފަރާތުން އެން. ސީ. އައި.ޓީ އިން ކުރަމުންގެންދާ މަސައްކަތްތަކަށް ބޭނުންކުރެވޭ ވަރަށް މުހިންމު އިންފްރަސްޓްރަކްޗަރއެކެވެ. މި އެގްރީމެންޓާއެކު ނެޓްވޯކްގެ ސްޕީޑް އަދި ބޭންޑްވިތް މިވަނީ ސްޕީޑް އަވަސްކޮށް ފަސޭހަ ކުރެވިފައެވެ.

މީގެ އިތުރުން މި ނެޓްވޯކަކީ ދިވެހިރާއްޖޭގެ ނެޝަނަލް ބޯޑަރ ކޮންޓްރޯލް ސިސްޓަމް ވެސް ރާއްޖޭގެ ހުރިހާ ބައިނަލްއަޤްވާމީ އެއާޕޯޓް ތަކާއި ގުޅުވައިދޭ ނެޓްވޯކެކެވެ.އަދި ކޯޓްތަކުގެ ވީޑިއޯ ކޮންފެރެންސިންގ ހިދުމަތާއި، ޓެކްސްގެ ޚިދުމަތް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ފޯރުކޮށްދިނުމަށްޓަކައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ހުރިހާ ބްރާންޗް އޮފީސްތައްވެސް ގުޅިގެން ދަނީ މިނެޓްވޯކުގެ އެހީގައި ކަމަށް އެން.ސީ.އަ.އިޓީ އިން މައުލޫމާތު ދެއްވައެވެ.

އެން.ސީ.އައި.ޓީގެ އެގްޒެކެޓިވް ކޯޑިނޭޓަރ އަހްމަދު އަޒްހާން ޝަމީމް ވިދާޅުވި ގޮތުގައި، "ދިރާގާއި އެކު ވެވިފައި އޮތްއެއްބަސްވުން އާކުރެވިގެން ދިޔައިރު އަޅުގަނޑުމެން މި ނެޓްވޯކުގެ އެހީގައި ރައްޔިތުންނަށް ފޯރުކޮށްދެމުން މި ގެންދާ ހިދުމަތްތައް އިތުރަށް ފުރިހަމަވެ، ޕްރޮސެސް ކުރުމުގައި މިހާރަށްވުރެ އަވަސްވެގެންދާނެއެވެ. އެގޮތުން ފައިބަރ ކަނެކްޓިވިޓީގެ އެހީގައި އަޅުގަނޑުމެންނަށް މިހާރު ލިބެމުންދާ ސްޕީޑް އިތުރަށް އަވަސްވެ، މި ހިދުމަތްތައް މިހާރަށްވުރެ ފުރިހަމަ ވުމަކީ މި އެއްބަސްވުމާއިއެކު އަޅުގަނޑުމެންނަށް ލިބިގެންދާނެ އެންމެ ބޮޑު އެއް ކުރިއެރުމެވެ. ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް އެޅިފައިވާ ފައިބަރ އޮޕްޓިކް ކޭބަލްގެ އެހީގައި ހައި ސްޕީޑް ކަނެކްޓިވިޓީ ފޯރުކޮށްދިނުމުގެ ޤާބިލްކަން ލިބިފައިވާ ދިރާގު ފަދަ ކުންފުންޏަޔަކަށް މިފަދަ ބޮޑު މަޝްރޫއެއް ހިންގުމުގެ ކަންކަން ހަވާލުކުރެވިގެން މި ދިޔައީ މި ޖީ.އެން.އެމް އަކީވެސް މުޅި ރާއްޖެ ގުޅުވައިދޭ ނެޓްވޯކަކަށް ވާތީއެވެ. އަދި މިފަދަ ކަންކަން ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާ ގުޅިގެން ފަސޭހަކަމާއެކު ޚާސިލްކުރެވެނީ، ރައްޔިތުންނަށް ފަސޭހަ، އަވަސް އަދި ހިތްހަމަޖެހޭ ޚިދުމަތެއް ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދެއްވާ އަހައްމިއްޔަތުންކަން އަޛްހާނު ފާހަގަ ކުރެއްވިއެވެ."

އެންސީއައިޓީގެ އައިޓީ މެނޭޖަރ، އީ-ގަވަންމަންޓް ފްރޭމްވޯކް އަހްމަދު ހަލީމް ވިދާޅުވީ ދިރާގުގެ ކަނެކްޝަނަކީ ކުއްލި ހާލަތެއް ދިމާވާ ވަގުތު ހިދުމަތް މެދުނުކެނޑި ކުރިޔަށް ގެންދެވޭ ވަރުގެ ބެކަޕެއްވެސް ފޯރުކޮށްދިނުމުގެ ޤާބިލުކަން ލިބިފައިވާ ހިދުމަތެއް ކަމަށާއި އަދި އެފަދަ ވަސީލަތްތައްވެސް އެކުންފުނިން ލިބެން ހުރުމަކީ ދިރާގު ޙިޔާރުކުރުމުގެ މައިގަނޑު އެއްސަބަބު ކަމުގައެވެ. އަދި ދިރާގުގެ އިންފްރަސްޓްރަކްޗަރ މެދުވެރިކޮށް އިތުރު އޮންލައިން ޚިދުމަތަކެއް ޑިޒައިންކޮށް ރައްޔިތުންނަށް ދެވޭ ޚިދުމަތަކީ ޒަމާނީ ފެންވަރަށްދެވޭ ޚިދުމަތްތަކަކަށް ހެދުމަށް އެން.ސީ.އައި.ޓީން ދަނީ މަސައްކަތް ކުރަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު