އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަކާފުލްގެ ޚިދުމަތް ދިނުމަށް އެސްޓީއޯ އިން އިތުރު ކުންފުންޏެއް ހަދައި ރާއްޖެއިން ބޭރަށް ފުޅާކުރަނީ

ތަކާފުލްގެ ޚިދުމަތް ދިނުމަށް އެސްޓީއޯ އިން އިތުރު ކުންފުންޏެއް ހަދައި ރާއްޖެއިން ބޭރަށް ފުޅާކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ރާއްޖޭގައި އިސްލާމީ ފިނޭންސްއަށް އޮތް ތަރުޙީބު ބޮޑުވުމުން މިހާރު އެލައިޑް އިންޝުއަރެންސް ކުންފުނީގެ އިސްލާމީ ވިންޑޯ އިން ދެމުން ގެންދާ ތަކާފުލްގެ ޚިދުމަތް ދިނުމަށްޓަކައި އެސްޓީއޯގެ އިތުރު ސަބްސިޑަރީ ކުންފުންޏެއް ހެދުމަށް އެސްޓީއޯގެ ބޯޑުން ފާސްކޮށްފިއެވެ.

އެސްޓީއޯ މައި އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ އެކުންފުނި އުފައްދައި ކުރިއަށް އޮތް 3 މަސް ދުވަސްތެރޭގައި ޚިދުމަތްދޭން ފެށޭނެ ކަމަށާއި އަދި އެކުންފުނީގެ ޚިދުމަތް އަންނަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރުގައިވެސް ފަށްޓަވާނެ ކަމަށެވެ.

ޝަހީރު މިއަދު ވިދާޅުވީ އެސްޓީއޯގެ ބޯޑުން މިކަމަށް ނިންމީ އެލައިޑް އިންޝުއަރެންސްގެ އިސްލާމީ ވިންޑޯއަށް ލިބެމުން އަންނަ ތަރުޙީބު ބޮޑުވެފައި ޚިދުމަތް އިތުރަށް ފުރިހަމަކުރެވޭނީ އެކަމަށް ޚާއްޞަ ކުންފުންޏެއް ހަދައިގެން ކަމަށްވާތީ ކަމަށެވެ.

އެލައިޑް އިންޝުއަރެންސް އަކީ އިނގިރޭސި ވިލާތުގެ އިންޝުއަރެނސް ކުންފުންޏަކާއި ގުޅިގެން އެސްޓީއޯ އިން އުފެއްދި ކުންފުންޏެއް ނަމަވެސް ދާދި ކުރުމުއްދަތެއްގައި ވަނީ އެކުންފުންޏަކީ އެސްޓީއޯގެ އަމިއްލަ ކުންފުންޏަކަށް ހަދައިފައެވެ. އަދި އިންޝުއަރެންސްގެ ދާއިރާއިން ބޭނުންވާ ހުރިހައި ޚިދުމަތްތަކެއް މިހާރު އެކުންފުނިން ގެންދަނީ ފޯރުކޮށްދެމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް