އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޭސިއާ ޕެސިފިކް ސަރަހައްދުގެ ކޯލް ސެންޓަރުތަކުން އެންމެހިދުމަތް ރަނގަޅު 3 ކުންފުނީގެ ތެރޭގައި ދިރާގު

އޭސިއާ ޕެސިފިކް ސަރަހައްދުގެ ކޯލް ސެންޓަރުތަކުން އެންމެހިދުމަތް ރަނގަޅު 3 ކުންފުނީގެ ތެރޭގައި ދިރާގު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 47 ސިކުންތު

އޭސިއާ ޕެސިފިކް ސަރަހައްދުގައި އޮޕަރޭޓްކުރާ ކޯލް ސެންޓަރުތަކުގެ ތެރެއިން ހިދުމަތް އެންމެ ފުރިހަމަ، ޒަމާނީ އަދި ކަސްޓަމަރުންނަށް އެންމެ ރަނގަޅު ހިދުމަތް ފޯރުކޮށްދޭ'ގަދަ 3 ކުންފުނީގެ' ތެރޭގައި ދިރާގު ހިމެނިއްޖެއެވެ.

ދުނިޔޭގެ ފެންވަރުގައި ދެވޭ މި އެވޯޑުގެ މީޑިއަމް ސައިޒް ކޯލްސެންޓަރުގެ ކެޓެގަރީ އިން ދިރާގަށް ލިބިފައިވަނީ ބްރޯންޒް އެވޯޑެވެ. މި ކެޓެގަރީގައި އޭސިއާ ޕެސިފިކް ރީޖަނުގެ އެންމެ ތަރައްޤީވެފައިވާ ޤައުމުތައް ކަމަށްވާ މެލޭޝިޔާ އާއި ޖަޕާނާއި ސިންގަޕޫރު ފަދަ ޤައުމުތަކުގެ ކުންފުނިތައް ވަނީ ވާދަކޮށްފައެވެ. އެގޮތުން ސިންގަޕޫރުގެ ޑީއެޗްއެލް، އިންޑޮނޭޝިއާގެ ބޭންކް ނެގާރާ، ޖަޕާނުގެ އެސް.އެމް.ބީ.ސީގެ ނިކޯ ސެކިއިރިޓީސް އިންކް ފަދަ ކުންފުނިތައް ވާދަކޮށްފައިވެއެވެ.

މި ކެޓެގަރީގައި 'މީޑިއަމް ސައިޒު' ގެ ގޮތުގައި ބެލެވިފައިވަނީ ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް 250-50 އާއި ދެމެދުގެ އަދަދަކަށް އޭޖެންޓުން މަސައްކަތް ކުރަމުން ގެންދާ ކޯލްސެންޓަރުތަކެވެ. އެހެންކަމުން މި އެވޯޑަށް ދިރާގަށްވުރެން މާބޮޑެތި ކުންފުނިތަކުން ވަނީ ވާދަކޮށްފައެވެ.

ދުނިޔޭގެ ކޮންޓެކްޓް ސެންޓަރު ތަކުގެ އެންމެ ބޮޑު ޖަމިއްޔާކަމަށްވާ ކޮންޓެކްޓްސެންޓަރވޯރލޑް.ކޮމް އިން ދެމުން ގެންދަވާ މި އެވޯޑަކީ، އެތަނެއްގެ ހިދުމަތުގެ ފެންވަރު ދެމެހެއްޓުމުގައި ޓެކްނޮލޮޖީގެ ބޭނުން ކުރާ މިންވަރާއި، މަސައްކަތުގެ މާހައުލާއި ކުރެވޭ މަސައްކަތް އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުން ބާރުވެރިކުރުމާއި އަގުވަޒަންކުރުމުގެ މައްޗަށް ބިނާވެފައި އޮންނަ މިންވަރަށް ބެލުމަށް ފަހު ދެވޭ އެވޯޑެކެވެ. އަދި މުވައްޒަފުންނަށް ދެވޭ ތަމްރީންތަކާއި އެ ތަމްރީންތަކުގެ ފެންވަރަށްވެސް މި އެވޯޑު ދިނުމުގައި ބަލާ ކަމަށް ދިރާގުން މައުލޫމާތު ދެއްވައެވެ.

ދިރާގުގެ ކޮންޓެކްޓް ސެންޓަރ މެނޭޖަރ މުހައްމަދު އަޒްލީމް ވިދާޅުވީ، މި ފަދަ އެވޯޑެއް ރާއްޖޭގެ ކުންފުންޏަކަށް ލިބުނު ފުރަތަމަ ފަހަރު ދިރާގަށް ލިބިގެންދިއަ ދިއުމަކީ ދިރާގަށް ލިބިގެންދިއަ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

އަޒްލީން ވިދާޅުވީ ދިރާގުގެ ކޮންޓެކްޓް ސެންޓަރަކީ ކަސްޓަމަރަކު ހިދުމަތަކަށް އެދިގެން ގުޅައައިފި ކޮންމެ ކަމަކަށް މަގުފަހި ކޮށްދޭނެ ސެންޓަރެއް ކަމަށާއި ދިރާގުގެ ފްރަންޓް އޮފީހަކަށް ޒިޔާރަތް ކުރައްވާ ކަސްޓަމަރަކަށް ލިބިގެންދާނެ ހުރިހާ ހިދުމަތެއް ފަދަގޮތަކަށް މިހާރު ދިރާގުގެ ކޮންޓެކްޓް ސެންޓަރަށް ފޯނުން ގުޅުއްވައިގެންވެސް ލިބިގެންދާނެކަމަށެވެ.

" އެހެންކަމުން ދިރާގުގެ ކޮންޓެކްސެންޓަރު މިވަނީ ޒަމާނީ އެކްސްޕީރިއެންސް ސެނޓަރަކަށް ބަދަލުވެފައެވެ.އަޅުގަނޑުމެން މިހާރު މިވަނީ ކަސްޓަމަރުންނަށް ފޯންކޯލު، އީމެއިލް، އައި.ވީ.އާރު އަދި ސޯޝަލް މީޑިޔާގެ އިތުރުން ކަސްޓަމަރ އޭޖެންޓަކާއި ލައިވްކޮށް ޗެޓް ކުރައްވައިގެންވެސް ހިދުމަތް ލިބިގަނެވޭ ގޮތަށް ދިރާގެ އެކްސްޕީރިއަންސް ސެންޓަރު ފަރުމާކޮށް ހިދުމަތް ފުރިހަމައަށް ދޭންފަށާފައެވެ.އަޅުގަނޑުމެން ފަޙުރުވެރިކަމާއެކު ފާހަގަ ކުރަން ބޭނުންވާ ކަމަކީ މިއީ މިގޮތަށް މަލްޓި-ޗެނަލް ކޮށް ހިދުމަތް ދެމުންގެންދާ ރާއްޖޭގެ ހަމައެކަނި ކޮންޓެކްޓް ސެންޓަރުކަމެވެ."

އަޒްލީމް ފާހަގަ ކުރެއްވި ގޮތުގައި ދިރާގުގެ ކޮންޓެކްޓް ސެންޓަރަކީ އެތަނުގެ މުއައްޒަފުންނަށްވެސް އެކުދިންގެ ހުނަރުތައް ތަރައްޤީ ކުރުމަށް އޮތް ވަރަށް ވަރުގަދަ ޕްލެޓްފޯމެކެވެ. އެގޮތުން މިހާރު އެ ސެންޓަރުގައި ޓީމް ލީޑަރުންގެ ގޮތުގައާއި އެހެނިހެން އިސް މަޤާމްތަކުގައި ތިއްބެވި މުވައްޒަފުންނަކީ ދިރާގުގެ އެކި އެކި މަޤާމްތަކުން ކުރިއަރައިގެން ގޮސްފައިތިބި މުވައްޒަފުން ކަމުގައި ވެސް އަޒްލީމް ފާހަގަކުރެއްވިއެވެ.

ދިރާގުގެ ކޮންޓެކްޓް ސެންޓަރަކީ ރާއްޖޭގައި މަލްޓި-ލޮކޭޝަން ތަކުގައި ހިދުމަތް ދެމުންގެންދާ ހަމައެކަނި ކޮންޓެކްޓް ސެންޓަރުވެސް މެއެވެ. އެގޮތުން ހދ. ކުޅުދުއްފުށީ އޮޕަރޭޝަންސް ސެންޓަރާއި މާލޭގެ ހެޑްއޮފީހުގައި، ދިރާގުގެ ކޮންޓެކްޓް ސެންޓަރަށް ނިސްބަތްވާ ޖުމްލަ 90 އަށްވުރެ ގިނަ މުއައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ދިރާގުގެ ކޮންޓެކްޓް ސެންޓަރަކީ އެއްފަހަރާ އެންމެ ގިނަ އެޖެންޓުން ހިދުމަތްދޭ، އަދި އެންމެ ގިނަ ކޯލްތަކަށް ޖަވާބުދޭ ކޮންޓެކްޓް ސެންޓަރެވެ.

ދިރާގުގެ ރަސްމީ ރެކޯޑްތައް ދައްކާގޮތުން އެ ސެންޓަރުން ދުވާލެއްގެ މައްޗަށް ޖުމްލަ 18000 ކޯލަށް ޖަވާބުދެއެވެ. ޕީކް ދުވަސްވަރު މިއަދަދު އެތައް ގުނައަކަށް އިތުރުވެގެންދާއިރު ވެސް ދިރާގު ކޯލްސެންޓަރުގެ އެޖެންޓުން ހިނިތުންވުމާއިއެކު ތަފާތު ޕްލެޓްފޯމުތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދޭކަން އުފަލާއިއެކު އެކު ދިރާގުން ފާހަގަ ކުރެއެވެ.

އެއް ނަމްބަރަކަށް ގުޅައިގެން ހުރިހާ ހިދުމަތެއް ލިބިގަނެވޭ ގޮތަށް މިހާރު މި ހިދުމަތް ފަރުމާކުރެވިފައިވާއިރު މިއީ މިހާރު ހުރިހާ ޗެނަލްތަކެއް މެދުވެރިކޮށް ހިދުމަތްދޭ 'އެކްސްޕީރިއަންސް ސެންޓަރ' އެކޭވެސް ބުނެވިދާނެ ކަމަށް އަޒްލީމް ވިދާޅުވިއެވެ.

ދިރާގަށް މި ފަހުރުވެރި އެވޯޑް ލިބިގެން ދިއައިރު ދިރާގުގެ ކޮންޓެކްޓް ސެންޓަރުގެ %62 މުއައްޒަފުންނަކީ ކަސްޓަމަރ ސާވިސްގެ ބައިނަލްއަޤްވާމީ ސްޓޭންޑަޑެއް ކަމަށްވާ ސީއޯޕީސީ ގެ ސެޓިފައިޑް ކަސްޓަމަރ ސާވިސް ޕްރޮފެޝަނަލުންކަން ދިރާގުން ފަޙުރުވެރިކަމާއިއެކު ފާހަގަ ކުރެއެވެ.




ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު