އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެސްޓީއޯ ހެންވޭރު ފާމަސީ އިތުރު ޚިދުމަތްތަކާއެކު

އެސްޓީއޯ ހެންވޭރު ފާމަސީ އިތުރު ޚިދުމަތްތަކާއެކު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

ރޭ ހުޅުވި އެސްޓީއޯ ހެންވޭރު ފާމަސީ އިން ބޭހުގެ އިތުރުން ހޮސްޕިޓަލް އިކުއިޕްމަންޓް އަދި ފަރުނީޗަރުވެސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު އަދި މިފަދަ މައިނަރ އަދި މޭޖަރ އިކްއިޕްމަންޓް ފެންނާނެ ޝޯރޫމެއް މިފާމަސީގެ ފަސްޓް ފްލޯރގައި ވަނީ ގާއިމް ކޮށްފައެވެ.

ކަނޑައެޅިގައިވާ ވަގުތުތަކުގައި ބައެއް ހިދުމަތްތައް ބަލިމީހުންނަށް ހާއްސަކޮށްގެން ހިލޭ ފޯރުކޮށްދެވޭނެ އިންތިޒާމްވެސް މިފާމަސީގައި ވަނީ ހަމަޖޖައްސައިފައެވެ.

މިގޮތުން ގޭގައި ހުރެގެން ބޭސް ހުރިތޯ ނުވަތަ ނެތްތޯ އޮންލައިންކޮށް ޗެކްކޮށްލުން (ފޭސްބުކް/ވައިބަރ ގެ ޒަރިއްޔާއިން ބޭސްސިޓީ ފޮނުވާލުމުން)، ބުރަކޮށް އުޅުއްވާ ބޭފުޅުންނަށް ބޭސް ސިޓީ އިންޕޮމޭޝަން ކައުންޓަރުގައި ބެހެއްޓިފަވާ ޑްރޮޕް ބޮކްސްއަށް ވައްޓާލުމަށްފަހު 45 މިނިޓްފަހުން ކިއުގައި ނުޖެހި ބޭސް ލިބުމުގެ އިންތިޒާމް ހަމަޖެހިފައިވުން، ލައިވް ޗެޓް ވިތް އަ ފާރމަސިސްޓް ގެ ޚިދުމަތަކީ ބޭސްބޭނުންކުރާނެ ގޮތް ނޭނގިއްޖެނަމަ ފާމަސީގެ ހޮޓްލައިން ނަމްބަރާ ގުޅާލުމުން މިޙިދުމަތް ލިބުން ފަދަ ޚިދުމަތްތައް ހިމެނެއެވެ.

ހިލޭ ތަޢާރަފް ކުރެވޭ ހިދުމަތްތައް ކުރިޔަށްގެންދެވޭނެ ގަޑިތައް ފާމަސީގެ ފޭސްބްކްޕޭޖުން އަޕްޓޭޑް ކޮށްދެވޭނެއެވެ. އެއީ ބްލަޑް އަދި ހަކުރު ޓެސްޓް ކުރުނޗ ދުންފަތުން ދުރުކުރަމަށްޓަކައި ކެމްޕެއިންސް ކުރިއަށް ގެންދިއުން، ބީއެމްއައި ކަލްކިއުލޭޓްކުރުން (ހުޅުވިފައިހުންނަ ކޮންމެ ގަޑިއެއްގައި)، ހެލްދީ ލައިފްސްޓައިލް އެޑްވައިޒް ދިނުން (ކޮލިފައިޑްޑައިޓީޝަނެއްގެ އެހީގައި) ފަދަ ޚިދުމަތްތަކެވެ.

އެސްޓީއޯ ހެންވޭރު ފާމަސީގެ ޕްރޮޑަކްޓް ޕޯރޓްފޯލިއޯ އިތުރަށް ވަރުގަދަކޮށްދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ އުފެއްދުންތައް ތައާރަފް ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން މިހާރު އެމެރިކާގެ ސްޕޯރޓްސް މެޑިކޭޝަންއަށް މަޝްހޫރު މިއުލާރ ބްރޭޑްގެ އުފެއްދުންތައް މިހާރު ލިބެން އެބަހުއްޓެވެ. އަދި ދާދިފަހުން އެސްޓީއޯއިން އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރ އެގްރީމެންޓްގައި ސޮއިކުރެވުނު ގަލްޑާރމަރ ގެ އުފެއްދުންތައްވެސް ލިބެން އެބަހުއްޓެވެ. ގަލްޑާރމަރ އިން އަލަށް ތަޢާރަފުކުރި ޓްރީޓްމަންޓް ފޯ ހެއަރފޯލް ރިޑަކްޝަން (ކިލިބް) މިހާރު މިފާމަސީގައި ވަނީ ވިއްކަން ފަށާފައެވެ. އަދި ގަލްޑާރމަރގެ އިތުރު ރޭންޖުތައް ވަރަށް އަވަހަށްތައާރަފްކުރެވޭނެއެވެ. އިޓަލީ، ޖަރމަން އަދި ތުރުކީވިލާތުގެ މަޝްހޫރު ބްރޭޑްތަކުގެ ޕްރޮޑަކްސްތަކުގެ ތެރެއިން ނެބިއުލައިޒަރ، ތަރމޯމީޓަރ، ސްޕައިރޯމީޓަރ، ސަކްޝަން މެޝިންފަދަ ގޭގައި ބޭނުންކުރެވޭނެ މައިނަރ އިކްއިޕްމަންޓްސް މިފާމަސީއިން ލިބޭނެއެވެ.

އާސަންދައިގެ ދަށުން ބޭސްލިބޭނެ އެސްޓީއޯގެ 187ވަނަ ފާމަސީ ރޭ ހުޅުއްވައިދެއްވީ އެސްޓީއޯގެ ޗެއަރމަން އަޙްމަދު ނިޔާޒް އާއި މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު އެވެ.

އެސްޓީއޯގެ ޗެއަރމަން އަހްމަދު ނިޔާޒް ވިދާޅުވިގޮތުގައި އެސްޓީއޯ ފާމަސީ ޕްރޮޖެކްޓްގެ ދަށުން މިހުޅުވުނު ހެންވޭރު ފާމަސީއަކީ އަދި މިކަމަށް ބޭނުންވެފައިވާ އެތައް ބައެއްގެ އާދޭސްތަކުގެ ނިމުމަށް ވެގެންދާނެއެވެ. މިފާމަސީގެ ސަބަބުން ހެންވޭރުގައި ގާއިމްވެފައިވާ ކްލިނިކްތަކާއި ހޮސްޕިޓަލްތަކުން ހިދުމަތްހޯއްދަވާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ.

މިރަސްމިއްޔާތުގައި މުޅިޖުމްލަ 125000ރުފިޔާގެ އަގުހުރި މެޑިކަލް ސާމާނު އެސްޓީއޯގެ ފަރާތުން ވަނީ އެކިފަރާތްތަކަށް ހަދިޔާކޮށްފައެވެ. މިގޮތުން ތެލެސީމިޔާ ސެންޓަރުގެ ތިން ޕޭޝަންޓުންނަށް ކްރޯނޯ ޕަންޕު، މޯލްޑިވިއަން ބްލަޑް ސާވިސަސްއަށް ބްލަޑް ބޭގް އަދި ދަމަނަވެއްޓަށް ނިކޮޓީން ޕެޗް ވަނީ ހަދިޔާ ކޮށްފައެވެ. ކްރޯނޯ ޕަންޕަކީ މާކެޓްގައި މިހާރުހުރި ޕަންޕުތަކަށްވުރެ ކުޑަ، ބޭނުންކުރަން މާފަސޭހަ ޕަންޕެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް