އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހަށް ހާއްސަކޮށް ދަޅުކާނާގެ ދެ ބްރޭންޑެއްގެ އެސްޓީއޯއިން ވިއްކަންފަށައިފި

ރަމަޟާން މަހަށް ހާއްސަކޮށް ދަޅުކާނާގެ ދެ ބްރޭންޑެއްގެ އެސްޓީއޯއިން ވިއްކަންފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

ރަމަޟާން މަހަށް ހާއްސަކޮށް ތައިލެންޑުގެ ނަން މަޝްހޫރު ބުރޭންޑެއްކަމަށްވާ ޓްވިން އެލިފެންޓްސް އަދި ސައުތުއެފްރިކާގެ ރަހަމީރު ބްރޭންޑެއްކަމަށްވާ ރޯޑްސް ކޮލެޓީގެ ތަފާތު އުފެއްދުންތަކެއް އެސްޓީއޯ ސުޕަރމާޓް އިން ވިއްކަންފަށައިފިއެވެ. މި ދެބްރޭންޑަކީވެސް ތާޒާ މޭވާ ދަޅުގައި ބަންދުކުރެވި ހެޔޮއަގުގައި ރައްޔަތުންނަށް ލިބެންހުންނާނޭ ކޮލިޓީ ދެ ބްރޭންޑެވެ.

އެސްޓީއޯ އިން ބުނެފައިވަނީ ޓްވިން އެލިފެންޓް އަކީ ވޭތުވެދިޔަ އަހަރުތަކުގައި ވެސް ދިވެހިންގެ އިތުބާރު ލިބިފައިވާ ''އެސްޓީއޯ އަނބުދަޅު'' ހިމެނިގެންދާ ކޮލެޓީ ބްރޭންޑެއްކަމަށެވެ. މީގެ އިތުރުން ރަންބުސްތާން، ލައިޗީ، ސައްކެޔޮ އަދި ދަޅުގައި ބަންދުކޮށްފައިވާ ތަފާތު މޭވާގެ ބާވަތްތައް ލިބެން ހުންނާނެކަމަށްވެސް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
މިބްރޭންޑްގެ އުފެއްދުންތައް ބައްލަވައިގަންނަވާއިރު އެސްޓީއޯގެ ލޯގޯ ޖެހި އޮރިޖިނަލް އުފެއްދުންތައްތޯ ޗެކްކުރެއްވުމަށް އެސްޓީއޯގެ ފަރާތުން ވަނީ އިލްތިމާސް ކޯށްފައެވެ.

މީގެ އިތުރުން އެސްޓީއޯއިން ވިއްކާ ރޯޑްސް ކޮލެޓީއަކީ އެސްޓީއޯ އިން ވޭތުވެދިޔަ އަހަރުގެ ރަމަޟާން މަހަށް ހާއްސަކޯށްގެން ތައާރަފް ކުރެވިގެންދިއަ ސައުތް އެފްރިކާގެ މަޝްހޫރު ބުރޭންޑެކެވެ. މި ބްރޭންޑްގައި މައިގަނޑު ގޮތެއްގައި ހިމެނިގެންދަނީ ދަޅުގައި ބަންދުކޮށްފައިވާ ފުރުޓް ކޮކްޓެއިލް، ފިއާޒް، އެޕްރިކޮޓް އަދި ޕީޗްއެވެ. ރޯޑްސް ކޮލެޓީ ފްރުޓް ކޮކްޓެއިލަކީ މިވަގުތު ރާއްޖޭގެ ބާޒާރުގައި ހުރި އެމްމެ ކޮލިޓީ ފުރުޓް ކޮކްޓެއިލްއެވެ.

މިކަން ކަށަވަރު ކޮށްދެނީ އެހެންބްރޭންޑް ތަކާ ހިލާފަށް މީގައި އެއްވެސްވަރަކަށް ފަޅޯ އެކުލެވިގެން ނުވާތީއެވެ.

މި ދެ ބްރޭންޑްގެ އުފެއްދުންތައް އެސްޓީއޯ ސުޕަރމާޓުން ހޯލްސޭލް އަދި ރީޓެއިލްކޮށް މިހާރު ލިބެންއެބަހުއްޓެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު