އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްއެންޑީއެފުން ހިންގި ޤާރީ ކޯހާއި އިމާމު ރިފްރެޝަރ ޕްރޮގްރާމް ނިންމާލައިފި

އެމްއެންޑީއެފުން ހިންގި ޤާރީ ކޯހާއި އިމާމު ރިފްރެޝަރ ޕްރޮގްރާމް ނިންމާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު

އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) އިން ހިންގި ޤާރީ ކޯސް ސެޓްފިކެޓް ލެވެލް 1 އާއި އިމާމު ރިފްރެޝަރ ޕްރޮގްރާމް ނިންމާލައިފިއެވެ.

މިއަދު މި ދެ ޕްރޮގްރާމް ނިންމުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ޕްރޮގްރާމް ފުރިހަމަ ކުރި ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އަލްޤާރީ މޫސާ އަޙްމަދެވެ.

މިރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާން އަލްޤާރީ މޫސާ އަޙްމަދު ވަނީ ދަރިވަރުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި މި ހިންގުނު ދެ ޕްރޮގްރާމުގެ މުދައްރިބުންގެ ގޮތުގައި މަސައްކަތްކޮށްދެއްވި މުދައްރިބުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ކާނަލް ވައިސް ވަޙީދެވެ.

2016 ފެބުރުވަރީ 15 އިން އޭޕްރިލް 15 އަށް ހިންގުނު ޤާރީކޯސް ސެޓްފިކެޓް ލެވެލް 1 ގައި 22 ސިފައިން ބަރިވެރިވެ ކޯސް ފުރިހަމަ ކޮށްފައިވެއެވެ. މި ކޯހުގައި ކިޔަވައިދީފައިވާ މުހިންމު ބައިތަކުގެ ތެރޭގައި ހިފްޒު، ތިލާވާ، ތަޖުވީދު އަދި އާދާބުގެ ބައިތައް ހިމެނެއެވެ.

ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާ ގުޅިގެން ހިންގި ޤާރީ ކޯސް ސެޓްފިކެޓް ލެވެލް 1 އަކީ ސިފައިންގެ އަށް ބޭނުންވާ ޤާރީން އުފެއްދުމާއެކު ސިފައިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި އިސްލާމީ ޢިލްމާއި ތަޢުލީމް އުނގަންނައިދިނުމުގެ މަޤްޞަދުގައި ހިންގުނު ކޯހެކެވެ. އަދި ސިފައިންނަކީ ދީނީ އަދި ޤައުމީ ވާޖިބު އަދާކުރުމުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވާންޖެހޭ ބަޔަކަށް ވުމާއެކު، ރާއްޖޭގެ ސަނަދުތަކުގެ ޤައުމީ އޮނގަނޑުގެ އިމުގެ ތެރެއިން އެންމެ ދަށުން ފެށިގެން މައްޗަށް ދެވޭ ގޮތަށް މިދާއިރާއިން މީހުން ބިނާކުރެވޭނެ ވެއްޓެއް ޤާއިމު ކުރުމަކީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ އެންމެ މުހިންމު މަޤްޞަދު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން ހިންގި އިމާމު ރިފްރެޝަރ ޕްރޮގްރާމަކީ 15 ދުވަހުގެ މުއްދަތަށް ހިންގުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި 11 ސިފައިންގެ ބޭކަލަކު ބައިވެރިވެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާއިރު މި ޕްރޮގްރާމުގައި ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމާއި ޚުތުބާ ކިޔަން ދަސްކޮށްދިނުމުގެ އިތުރުން އިމާމުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް އުނގަންނައިދީފައިވެއެވެ.

އިމާމު ރިފްރެޝަރ ޕްރޮގްރާމަކީ ސިފައިންގެ ތެރޭގައި ތިބި މުދިމުން، ތާޒާ ކުރުމުގެ މަޤްޞަދުގައި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން ހިންގި ޕްރޮގްރާމެކެވެ.

އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން ހިންގި ޤާރީ ކޯސް ސެޓްފިކެޓް ލެވެލް 1 އާއި އިމާމު ރިފްރެޝަރ ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ސީޑީއެސްއެސްގައި މަަސައްކަތްކުރައްވާ އޮފިސަރުންނާއި މި ދެ ޕްރޮގްރާމުގެ ބައިވެރިން ބައިވެރިވެފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު