އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދައެއް ހިފުމަކީ 70 އަހަރު ނަރަކައިން މިންޖު ކުރައްވާނެ ކަމެއް: އިމާމް

ރޯދައެއް ހިފުމަކީ 70 އަހަރު ނަރަކައިން މިންޖު ކުރައްވާނެ ކަމެއް: އިމާމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ބަރަކާތްތެރި ރަމަޟާން މަހު ރޯދައެއް ހިފުމަކީ 70 އަހަރު ދުވަހަށް އެމިހާ ނަރަކައިން މިންޖު ކުރައްވަވާނެ ކަމެއް ކަމަށް އިމާމް ވިދާޅުވެއްޖެއެވެ.

ސައުދިއަރަބިޔާގެ ނައްސިރިއްޔާގެ މިސްކިތެއްގައި ހުކުރު ޚުޠުބާ ވިދާޅުވަމުން އިމާމް ވިދާޅުވީ ރޯދައަކީ މިފަދަ މުހިންމު އަޅުކަމަކަށްވާއިރު އެންމެންވެސް ރޯދަ ހިފުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެ ކަމަށެވެ.

އިމާމް ވިދާޅުވީ އުޒުރުވެރިންނަށް ރޯދަ ދޫކުރެވޭނެ ކަމަށާއި ނަމަވެސް ރޯދައެއް ދޫކޮށްފިނަމަ ވީއެންމެ އަވަހަކަށް ރޯދަ ހިފަންޖެހޭނެ ކަމަށެވެ. އަދި އެކަމުން އެއްވެސް މުސްލިމަކީ ނާޖާއިޒު ފައިދާ ނުނެގުމަށް އިމާމް ވަނީ ގޮވައިލައްވައިފައެވެ.

އިމާމް ވިދާޅުވީ އެންމެންގެ ހިތްތަކާއި ހާލަތު އެންމެ މޮޅަށް ދެކެދެނެވޮޑިގެންވަނީ މާތްﷲ ކަމަށްވުމުން ޙަޤީޤީ އުޒުރެއް ނެތި ރޯދަ ނުހިފުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމަށެވެ. ތިމާއަށް ހުރިހައި ނިއުމަތްތަކެއް މިންވަރު ކުރައްވަވަނީ ﷲ ކަމާއި އަދި އެނބުރި ދާންޖެހޭނީ ﷲގެ ޙަޟްރަތަށްކަން އަބަދުވެސް ހިތުގެ އަޑީން ޔަޤީން ކުރަންޖެހޭނެ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް