އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދަމަހަށް ޚާއްޞަ 1: ކޮންމެ ވަގުތަކުވެސް ރޭ އަޅުކަން ކުރެވިދާނެ: ޝައިޚް ޢަލީ ޒާހިރު

ރޯދަމަހަށް ޚާއްޞަ 1: ކޮންމެ ވަގުތަކުވެސް ރޭ އަޅުކަން ކުރެވިދާނެ: ޝައިޚް ޢަލީ ޒާހިރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 29 ސިކުންތު

ރޭ ގަނޑުގެ ކޮންމެ ވަގުތަކުވެސް ރޭ އަޅުކަން ކުރެވިދާނެ ކަަމަށް ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ (އިޝާ ނަމާދުން ފެށިގެން ރޭގަނޑު ކުރާ ކޮންމެ އަޅުކަމަކީވެސް ރޭ އަޅުކަން ކަމަށެވެ.) ނަމާދު ކުރާ ވަގުތު ތަފާތުވުމުން ތަފާތު ނަންތައް ކިޔަނީ ކަމަށެވެ.

"ތަންކޮޅެއް އިރާކޮޅު ކުރާތީ ތަރާވީސް ނަމާދު ކިޔަނީ. ދަންވަރު ކުރާތީ ދަމު ނަމާދު ނުވަތަ ތަހައްޖުދު ނަމާދު ކިޔަނީ. ކޮންމެ ނަމެއް ކީ ނަމަވެސް މިއިން ކޮންމެ ނަމާދަކީވެސް ހަމަ ރޭ އަޅުކަން. ރޭ އަޅުކަމުގެ ވަގުތަކީ ޢިޝާ ނަމާދުން ފެށިގެން ފަތިސް ނަމާދާއި ދެމެދުގެ ވަގުތުތައް، އެހެންވީމާ ކޮންމެ ނަމެއް ކީ ނަމަވެސް އެ ވަގުތުތަކުގައި އެކުރާ ނަމާދަކީ ރޭ އަޅުކަން."

ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ރޭގަނޑުގެ ތިން ބައިން ފަހު ބައިގެ މަތިވެރިކަން އިތުރުވަނީ ސަބަބުތަކެއް ހުރުމުން ކަމަށެވެ. އެގޮތުން ރޭގަނޑުގެ 3 ވަނަ ބައިގައި މާތްﷲ ބިމުގެ އުޑަށް ތަޖައްލީވެވޮޑިގަތުމަށްފަހު އިންސާނުންގެ ބޭނުންތަކުގެ އަޑު އައްސަވައިވޮޑިގަތުމާއިއެކު އެބޭނުންތައް ފުއްދަވައި ދެއްވަވަން ބޭނުންފުޅުވެވޮޑިގެންވާ ހާލުގައި، އަޅުގަނޑުމެން ތައުބާ ވުމުން އެކަން ޤަބޫލުފުޅު ކުރައްވަވައި ތައުބާ ޤަބޫލުފުޅު ކުރައްވަވާ ޙާލު އަޅުގަނޑުމެން ތައުބާވެ އިސްތިޣްފާރު ކުރުމާއި އަޅުކަން ކުރުމަކީ މުހިންމު ކަމެއް. އެހެންވެ ރާގަނޑުގެ ފަހުގެ ވަގުތަކީ މުހިންމު ވަގުތަކަށްވަނީ."

ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ތަހައްޖުދު ނަމާދު ނުވަތަ ދަމު ނަމާދު ކުރުމަށް ރޭގަނޑުން ބައެއްގައި ނިދުމަކީ ޝަރުތަކަށް ނުވާތީ ކޮންމެހެން އެމީހަކަށް ރޭގަނޑުގެ ބައެއްގައި ނުނިދި ހުރި ނަމަވެސް އެ ނަމާދުކުރެވޭނެ ކަމަށެވެ. އަދި ރޭގަނޑު ހޭލާ ހުންނަ މީހާ ހޭލާ ހުރެގެން ރޭ އަޅުކަން ކުރުމަކީ ވެސް އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމަށެވެ.

ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ރޭގަނޑުގެ ބައެއްގައި ނިދުމަށްފަހު ތެދުވެ ރޭ އަޅުކަން ކުރުމަށް ފޮތްތަކުގައި ލިޔެވިފައި ހުންނަނީ ތާޒާކަންމަތީގައި މީހާ ހުރެގެން ރޭ އަޅުކަން ކުރުމަށް ބާރުއެޅުމަށް ކަމަށެވެ. ނުނިދައި ހުރެ ރޭ އަޅުކަން ކުރާނަމަ ހަށިގަނޑުގައި ވަރުބަލިކަމެއް ހުންނާނެތީ އެކަމުން ސަލާމަތްވުމަށް ބާރުއެޅުމަށް ކަމަށެވެ.

ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ރޭ އަޅުކަން ޤަވާއިދުން ނުކުރެވިދާނެ ކަމުގެ ބިރަށް ރޭ އަޅުކަން ކުރަން ފަސްޖެހޭ ބައަަަކު ތިބޭ ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އަޅުގަނޑުމެންނަށް އޮތީ ވެވުނު ވަރަކުން ރޭ އަޅުކަން ކުރުން ކަމަށެވެ.

ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ރޭ އަޅުކަމުގައި ކުރާ ރަކްއަތުގެ މަދު ނުވަތަ ގިނަ ކުރެވިދާނެ ކަމަށެވެ. ހަމަ އެފަދައިން ހާލަތެއް ދިމާވެގެން ނުކުރެވުމަކީވެސް މައްސަލައެއް ނޫން ކަމަށެވެ.

ހޭލައި ހުރެގެންވެސް އަދި ނިދާ ހޭލައިގެންވެސް އެމީހަކަށް ވަގުތުވެ ކެރިކުޅަދާނަވީ މިންވަރަކުން ރޭ އަޅުކަން ކުރުމަށް ޝައިޚް ޢަލީ ޒާހިރު ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް