އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހަކީ ސުންނަތް އަޅުކަމަކަށް ފަރުޟު އަޅުކަމެއްގެ ޘަވާބު ލިބޭ މައްސަރެއް: ޝައިޚް ހަައިޝަމް

ރަމަޟާން މަހަކީ ސުންނަތް އަޅުކަމަކަށް ފަރުޟު އަޅުކަމެއްގެ ޘަވާބު ލިބޭ މައްސަރެއް: ޝައިޚް ހަައިޝަމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ބަރަކާތްތެރި ރަމަޟާން މަހަކީ ކުރާ ކޮންމެ ސުންނަތް އަޅުކަމަކަށް ފަރުޟު އަލުކަމެއް ކުރުމުގެ ޘަވާބު ﷲ ދެއްވަވާ މައްސަރެއް ކަމަށް ޝައިޚް ހައިޝަމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ހައިޝަމް ވިދާޅުވީ އެފަދަ މަތިވެރި ދަރުމަތައް ލިބޭނެ މައްސަރުގައި ކުރާ ފަރުޟު އަޅުކަމަށް ލިބޭނެ ޘަވާބާއި ދަރުމައިގެ އަދަދު ނުވެސް އެނގޭނެ ކަމަށެވެ. "ރޯދަވެރިޔާއަށް ﷲ ދެއްވަވާ ޘަވާބާއި ދަރުމައިގެ މިންވަރު އެއްވެސް މީހަކަށް ނުއެނގޭނެ. އެހެންވިމާ ކޮންމެ މީހަކުވެސް އެމީހަކަށް ކެރިކުޅަދާނަވީ މިންވަރަކުން ސުންނަތް ނަމާދުތައް ކުރުން އިތުރުކުރަންވީ.

އެހެނިހެން ސުންނަތްތައް އިތުރުކުރަންވީ. އެހެން މަސްމަހު ކުރާ ފަރުޟު އަޅުކަމެއްގެ ޘަވާބު ރަމަޟާން މަހު ކުރާ ދުންނަތް އަޅުކަމަށް ﷲ ދެއްވަވާތީ."

"ޙަދީޘްފުޅުގައި ވަނީ ރޯދައަކީ ތިމަންﷲ އަށް ޚާއްޞަ އަޅުކަމެއް ކަމަށް. ރޯދަވަނީ ތިމަން ﷲއަށް ކަމަށް. ވަރަށް ގިނަ ސަބަބުތައް އެބަހުރި. އެކަލާނގެއަށްޓަކައި އަޅުގަނޑުމެން ކެއިން ބުއިން ދޫކޮށްލީ.

އެކަލާނގެއަށްޓަކައި އަޅުގަނޑުމެން ޝައުވާނީ އެދުންތައް ދޫކޮށްލީ. އެކަލާނގެއަށްޓަކައި އަޅުގަނޑުމެންގެ އަތްފައިގެ ގުނަވަންތައް ކޮންޓްރޯލުކުރީ. އެކަލާނގެއަށްޓަކައި އަޅުގަނޑުމެންގެ ދޫ ރައްކައުތެރިކުރީ. އެކަލާނގެ ކަނޑައެޅުއްވި ގަޑިތަކެއްގައި މިހުރިހައި ކަންކަން އަޅުގަނޑުމެން ކުރަނީ."

ހައިޝަމް ވިދާޅުވީ މީސްތަކުންނަށް ސިއްރުން ހުރިހައި ކަމެއްވެސް ކުރެވިދާނެ ކަމަށާއި ނަމަވެސް ރޯދަވެރިން އެމީހުންގެ ހުރިހައި އަމަލުތައް ތެދުވެރިކޮށް ﷲ އެންގެވިގޮތުގައި ރޯދަ ހިފަނީ ﷲއަށްޓަކައި ކަމަށެވެ.

ރަމަޟާން މަހުގައި ރޭއަޅުކަމަށް ސަމާލުކަން ދިނުމަށާއި ޚާއްޞަކޮށް ރޭ އަޅުކަމުގެ ތެރެއިން ތަރާވީޙް ނަމާދަށް ފަރުވާތެރިވުމަށް ހައިޝަމް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް