އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކެއުމުގެ މިންގަނޑު އަންގައިދޭ ޙަދީޘް: ހަމަ މުޢުޖިޒާތެއް

ކެއުމުގެ މިންގަނޑު އަންގައިދޭ ޙަދީޘް: ހަމަ މުޢުޖިޒާތެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

ގިނަ އަދަދެއްގެ ޑޮކްޓަރުން އެއްބަސްވާގޮތުގައި ރޯދަ ހިފާމީހާ ރޭގަނޑުގެ ވަގުތު ތަކުގައި އެއް ފަހަރާ ގިނައިން ކެއުމަކީ ރަނގަޅުކަމެއް ނޫނެވެ. ރަނގަޅު ގޮތަކީ ގިނަ ފަހަރު ނަމަވެސް މަދު އެތިކޮޅު ކެއުމެވެ.

އެއްފަހަރާ ގިނައިން ކާނަމަ މީހާ ލޮޑުވެއެވެ. ރޭ އަޅުކަން ކުރަން ހުރަސް އެޅެއެވެ. އަދި ޞިއްޙީ މައްސަލަތައްވެސް ކުރިމަތިވެއެވެ.

ދީނީ އިލްމުވެރިން ވިދާޅުވާގޮތުގައި ކުރީ ޒަމާނުގައި ރޯދަ ހިފުމަށްފަހު އެހައި ގިނަ ވަގުތު ވަރުބަލިކަމެއް ނެތި ރޭ އަޅުކަމުގައި ދެމިތިބެވެނީ އެއިރުގެ ބޭކަލުން ކެއިން ބުއިމުގައި ގެންގުޅުއްވި ރަނގަޅު އުޞޫލުތަކުގެ ސަބަބުންނެވެ. ކިރިޔާ ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ފަރިއް ނުކުޅުއްވުމަކީ އެއިރުގެ ބޭކަލުން ގެންގުޅުއްވި ވަރަށް މާތް ސިފަފުޅަކަށްވާތީއެވެ.

އެޒަމާނުގައި އެބޭކަލުން އެ އޫޞޫލުން އަމަލުކުރެއްވެވީ ޞިއްޙީ ގޮތުން މާގިނަ ކަންތައްތަކެއް އެނގިވަޑައި ނުގެން ތިއްބަވައިގެން ކަމަށް ވެދާނެއެވެ. ނަމަވެސް އެބޭކަލުން ހިފެހެއްޓެވި އެއް ކަމެއް އެބައޮތެވެ.

އެއީ ގޮހޮރުގެ 3 ބައިކުޅަ އެއްބައަށްވުރެ ގިނައިން ނުކެއުމެވެ. 3 ބައިކުޅަ ދެވަނަ ބައަށްވާވަރަށްވުރެ އިތުރަށް ފެން ނުބުއިމެވެ. ތިން ވަނަ ބައި ނޭވާލުމަށް ހުހަށް ބެހެއްޓުމެވެ. އެބޭކަލުން މި އާދަ ހިފެހެއްޓެވީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އެކަމަށް ޙަދީޘްފުޅު ކުރައްވަވާފައި ވުމުންނެވެ.

ކައުއިތުރު ރަސޫލާގެ ކޮންމެ ހަދީޘްފުޅަކީވެސް މުޢުޖިޒާތަކަށް ވެގެން އަންނަ ފަދައިން މި ޙަދީޘްފުޅުވެސް ވެފައިވަނީ މުޢުޖިޒާތަކަށެވެ. އެހެނީ ސައިންސްގެ އެއްވެސް އަލާމާތެއް ނެތް އެފަދަ ދުވަސްވަރެއްގައި ކައުއިތުރު ރަސުލާ (ޞޢވ) ކުރެއްވެވި މި ޙަދީޘްފުޅަކީ މިއަދުގެ ސައިންސްވެރިން ސައްތައިން ސައްތަ ތާއީދުކުރާ ޙަދީޘްފުޅެކެވެ. ހުރިހައި ޑޮކްޓަރުން ޤަބޫލުކުރާ ޙަޤީޤަތެކެވެ.

ރަމަޟާން މަހުގެ ހެޔޮކަން ލިބިގަތުމަށްޓަކައި ރޭ އަޅުކަން ކުރަންޖެހެއެވެ. ކައި ލޮޑުވެގެން ނަމަވެސް އެކަން ނުކުރެވޭނަމަ ރޯދަ ހިފުމުގެ ބޭނުމެއް އެބައޮތްބާވައެވެ! ވީމާ ރޯދަ ވީއްލުމަށްފަހު މިފަދަ މުހިންމު އާދަތަކަށް ސަމާލުކަންދީގެން ކެއިން ބުއިމުގެ ކަންކަން ބަލަހައްޓާ ބައަކަށްވަމާތޯއެވެ!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް