އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެނިކުރިތާ 9 އަހަރު ފަހުން އަންހެނަކު އިސްލާމްވެ މިއަހަރު ރޯދަވެސް ހިފަނީ

ކައިވެނިކުރިތާ 9 އަހަރު ފަހުން އަންހެނަކު އިސްލާމްވެ މިއަހަރު ރޯދަވެސް ހިފަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

މިޞުރުގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު ޙުސައިން އޮސްޓްރޭލިއާގެ އަންހެނަކާއި ކައިވެނިކޮށްގެން އޫޅޭތާ 9 އަހަރުވީއިރުވެސް އޭނާގެ އަންހެނުން އިސްލާމް ދީނަށް ބަދަލުވުމުގެ އެއްވެސް ވާހަކައެއް މުޙައްމަދު ނުދައްކައެވެ.

ހަމައެކަނި މުޙައްމަދު ކުރާ ކަމަކީ ރޯދަ މަހަށް އޮސްޓްރޭލިއާއަށް ނުދިއުމެވެ. އަނބި ރާޗަލް އައީ މިކަމަށް ވިސްނަމުންނެވެ. އިސްލާމް ދީން ދަސްކުރަމުންނެވެ. ހަމައެކަނި ރާޗަލްއެއް ނޫނެވެ. ރާޗަލްގެ 14 އަހަރުގެ އަންހެން ދަރިފުޅު ވެސް މެއެވެ.

ދެމައިންނަށް އިސްލާމް ދީނުގެ ހަޤީޤަތް ޤަބޫލުކުރެވުމުން ދެމައިން އެކުގައި އިސްލާމް ދީން ޚިޔާރުކުރީ މީގެ ކުޑަދުވަސްލޮޅެއް ކުރިންނެވެ. ރަމަޟާންމަހާއި ދާދި ގާތްވެފައި ވަނިކޮށެވެ.

މަހައްމަދު ޙުސައިން މިއަހަރުގެ ރަމަޟާންމަހު ރޯދަ ހިފަން ދިއައީ އަނބިދަރިން ކައިރިއަށް އޮސްޓްރޭލިއާއަށެވެ.


ރާޗަލް ބުނާ ގޮތުން ރޯދަ ހިފުމަކީ އޭނާއަށް މުޅިން އައު ތަޖުރިބާއެކެވެ. މެންދުރުވެގެން އަންނައިރު ކާތަކެތި މަތިން ވަރަށް ހަނދާންވެއެވެ. ބޭނުންވެސް ވެއެވެ. ފިނި ޖޫސްފޮދެެއްވެސް ބޭނުންވެއެވެ. ނަމަވެސް އޭނާ މިހާރު ހުރީ ރޯދަ ވީއްލާ ގޮތަކަށް ނޫނެވެ. ވީހައި ފުރިހަމައަކަށް ރޯދަ ހިފާ ގޮތަށެވެ.

ރާޗަލްގެ ދަރިފުޅު އުމުރުން 14 އަަހަރުގެ މޯގަން ބުނަނީ ސްކޫލުގެ އިންޓަވަލް ގަޑީގައި އެހެންކުދިން ކައިބޮއި ހަދާތަން ފެނުމުންނާއި ބައެއް އެކުވެރިން ކާތެކެތި ދިއްކުރާތީ ވަރަށް އުނދަނގޫވާ ކަމަށެވެ. ނަމަވެސް އެހުރިހައި ކަމަަކަށްވުރެ އެނާއަށް މުހިންމީ އޭނާ އެންމެ ލޯބިވާ ﷲއެވެ. އޭނާ ދެން ދުވަހަކުވެސް ރޯދަ ދުލެއް ނުކުރާނެއެވެ.

މިހުރިހައި ކަންކަމުގެ ހަޤީޤީ ބައިވެރިއަކީ ބެނެވޮލެންސް އޮސްޓްރޭލިއާ ފަދަ އަލަށް އިސްލާމްވާ މީހުންނަށް މަގުދައްކައިދޭ ޖަމާއަތްތަކެވެ. އޮސްޓްރޭލިއާގައި އިސްލާމް ދީނަށް ނަޞްރުދޭ ޖަމާއަތްތަކެވެ. ﷲ ދެކެ ޙަޤީޤީ ލޯބިވާ މުސްލިމުންގެ މަސައްކަތްތަކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް