އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުމުރާވުމުގެ ފުރުޞަތު އެހެން މީހުންނަށް ނުދިނުމަކީވެސް ފާފަވެރިވެދާނެ ކަމެއް: އިސް މުފްތީ

އުމުރާވުމުގެ ފުރުޞަތު އެހެން މީހުންނަށް ނުދިނުމަކީވެސް ފާފަވެރިވެދާނެ ކަމެއް: އިސް މުފްތީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

އުމުރާވުމުގެ ފުރުޞަތު އެހެން މީހުންނަށް ނުދިނުމަކީ ވެސް ފާފަވެރިވެދާނެ ކަމެއްކަމަށް ސައުދިއަރަބިޔާގެ އިސް މުފްތީ ފަޟީލަތުއްޝައިޚް ޢަބްދުލްޢަޒީޒް އައްޝައިޚް ވިދާޅުވެއްޖެއެވެ.

އިސް މުފްތީ މިމޭރުމުން ވިދާޅުވީ އެއްބައަކު ތަކުރާރުކޮށް އަބަދު އުމުރާއަށް އަންނަމުންދާތީ ކުރިމަތިވާ ކޯޓާގެ މައްސަލަތައް ފާހަގަކުރައްވައެވެ. "މީހަކަށް އެއް ފަހަރު، ދެ ފަހަރު އުމުރާ ވެވިއްޖެ ނަމަ އެއީ ވަރަށް ބޮޑު ނިއުމަތެއް. ދެން މަސައްކަތްކުރަންވީ އެގޮތުގައި ދެމިހުރުމަށް. އުމުރާ ވުމުގެ ފުރުޞަތު ނުލިބި ތިބި އެހެން މީހުންނަށް އުމުރާ ވުމުގެ ފުރުޞަތު ދޫކޮށްލަންވީ."

އިސް މުފްތީ މިމެރުމުން ވިދާޅުވީ ބައެއް ޤައުމުތަކުން އުމުރާވުމަށް ދާން ބޭނުންވާ މީހުންގެ އަދަދުވެސް ގިނަވެ ގިނަ ބައަކަށް ކޯޓާ ނުލިބުމުގެ މައްސަލަތައް ކުރިމަތިވާތީ ވީހައި ގިނަ ބައަކަށް އުމުރާވުމުގެ ފުރުޞަތު ފަހިކޮށްދެއްވުމުގެ ގޮތުންނެވެ.

ޙަރަމްފުޅުގެ ސަރަހައްދު ބޮޑުކޮށްފައިވުމާއިއެކުވެސް ސަރަހައްދުގެ ބޭނުން ބައެއް މީހުން ގެންދަނީ މިހާރުވެސް ނަހަމަ ގޮތުގައި ހިފަމުންނެވެ. ނުކުޅެދޭ މީހުންނަށާއި ފުރޮޅުލީ ގޮނޑިތަކަށް ޚާއްޞަ ސަރަހައްދުތައް އާންމުން ބޭނުން ކުރާތީ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް