އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގު ރޯދަ ބޮޑު ހަދިޔާގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާއާއި އިނާމު ހަވާލުކޮށްފި

ދިރާގު ރޯދަ ބޮޑު ހަދިޔާގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާއާއި އިނާމު ހަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 31 ސިކުންތު

ދިރާގު ރޯދަ ހަދިޔާ ޕްރޮމޯޝަން 1437ގެ ބޮޑުހަދިޔާގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާ އާއި އިނާމްހަވާލުކޮށްފިއެވެ.

އްޖެޓީވީގެ ބާޒާރުމަތިން އެކްސްޓްރާ ޕްރޮގްރާމްގައި ކުރީ ހަފްތާގެ ނަސީބުވެރިއަކަސް ހޮނިފައިވާ ހ.ސޯސަންވިލާ، ޑރ. އަބްދުﷲ ޖުނައިދު އާއި ރަސްމީކޮށް އިނާމް ހަވާލުކޮށް، ދެ ވަނަ ހަފްތާގެ ނަސީބުވެރިޔާވެސް ވަނީ ހޮވާފައެވެ.

ދިރާގު ރޯދަ ބޮޑު ހަދިޔާގެ ދެވަނަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ ސ. ހިތަދޫ ކުދިމާވިލާ، އަލީ އަބްދުﷲ ދީދީ އެވެ. މި އަންނަ ހަފްތާގެ ހުކުރު ދުވަހުގެ ޕްރޮގްރާމުގައި މިފަރާތާވެސް އިނާމް ހަވާލު ކުރެވޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގާއި ރީފްސައި ޑް ގުޅިގެން ކުރިއަށްގެންދާ މިޕްރޮމޯޝަނަކީ ދިރާގުގެ ހުރިހާ މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެއްވެސް އިތުރު މަސައްކަތެއް ކުރުމަކާއިނުލާ ބައިވެރިވެވޭ ގޮތަށް ކުރިއއަށް ގެންދާ ޕްރަމޯޝަނެކެވެ. އަދި ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ހަވީރު 4:30 ގައި ރާއްޖެޓީވީގެ ބާޒާރުމަތިން އެކްސްޓްރާ ޕްރޮގްރާމްގައި ލައިވްކޮށް ނެގޭ ގުރުއަތުން އެލްޖީ ބްރޭންޑްގެ 4ކޭ އަލްޓްރާ އެޗްޑީ ޓީވީއަކާއި، 8ކޭ ޑައިރެކްޓް ޓްރައިވް ދޮންނަމެޝިން އަދި ޑްރަޔާ، ސްމާޓް ކަނެކްޓް ރެފްރިޖަރޭޓަރެއްގެ އިތުރުން ވަޔަލެސް ހައި އެންޑް ސްޕީކަރާއި އެލްޖީގެ ސަޕްރައިޒް ގިފްޓް ހެމްޕާއަކާއިއެކު ޖުމްލަ 65000 ރުފިޔާއަށް ވުރެ އަގު ހުރި 'އެލްޖީ ހޯމް ޕެކް' އެއް ކޮންމެ ހަފްތާއެއްގެ ނަސީބުވެރިޔާއަށް ލިބިގެންދާނެއެވެ.

ދިރާގުގެ ރޯދަ ބޮޑު ހަދިޔާ ޕްރޮމޯޝަން ރިފްސައިޑާއި ގުޅިގެން ކުރިއަށްގެންދާއިރު ރީފްސައިޑަކީ ރާއްޖޭގައި އެލްޖީގެ އުފެއްދުންތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރއެވެ.

ދިރާގުން ރޯދަ މަހަށް ހާއްސަކޮށްގެން ހިންގާ ތަފާތު ޕްރޮމޯޝަން ތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު އެޗްއައިއެޗް އިން 5 ބޭފުޅަކަށް ލިބިލައްވާ ރޯދަވިއްލުމުގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާއާ ވެސް ވޭތުވެދިއަ ހަފްތާގެ ތެރޭގައި ވަނީ އިނާމް ހަވާލުކޮށްފައެވެ. މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔަކަށް ހޮވިފައިވަނީ މ.މޫމިޔާގެ މުހައްމަދު އައިމަން އާދަމް އެވެ.

މި ޕްރޮމޯޝަނަކީ‘iftar’ ޖެއްސެވުމަށްފަހު 500 އަށް އެސްއެމްއެސް އެއް ކުރައްވައިގެން ދިރާގުގެ ކޮންމެ ކަސްޓަމަރަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕްރޮމޯޝަނެކެވެ. ކުރައްވާ ކޮންމެ އެސްއެމްއެސް އަކަށް 1 ރުފިޔާ ޗާޖު ކުރެވޭއިރު ދިރާގުން ވަނީ އެސްއެމްއެސް އިން ލިބޭ ހުރިހާ ފައިސާއެއް ކަސްޓަމަރުންގެ ނަމުގައި ފިތުރު ޢީދު ދުވަހު ކ.ގުރައިދޫގައި ހުންނަ ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާ ކުރުމަށް ނިންމަވާފައެވެ.

މި ޕްރޮމޯޝަންގެ 2ވަނަ ހަފްތާގެ ނަސީބުވެރިޔާއާ ވެސް މިއަންނަ ހުކުރު ދުވަހު ހަވީރު 4:30 ގައި ރާއްޖެޓީވީ އިން ދެއްކުމަށް ހަމަޖެހިފައިވާ ބާޒާރުމަތިން އެކްސްޓްރާ ޕްރޮގްރާމްގައި އިނާމު ހަވާލުކުރެވޭނެއެވެ.

ދިރާގުން ރޯދަ މަހަށް ހާއްސަކޮށްގެން އަދިވެސް އިތުރު ތަފާތު ޕްރޮމޯޝަންތަކަކާއި ހިދުމަތްތަކެއް ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައެވެ. އެ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ދިރާގުގެ ރަސްމީ ވެބްސައިޓާއި ސޯޝަލް މީޑިޔާ ޗެނަލްތައް މެދުވެރިކޮށް ފޯރުކޮށް ދއމުން ގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.





ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު