އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހު މުހިންމީ ގިނަ ކާތަކެއްޗެއް ނޫން، ހަށިގަނޑަށް ފައިދާހުރި ތަކެތި

ރަމަޟާން މަހު މުހިންމީ ގިނަ ކާތަކެއްޗެއް ނޫން، ހަށިގަނޑަށް ފައިދާހުރި ތަކެތި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

ޞިއްޙީ ގޮތުން ފައިދާކުރާނެ ކެއުމާއިބެހޭ ސައުދީ މާހިރެއް ކަމަށްވާ އިބްރާހީމް މުޚްތާރު ބުނަނީ ރޯދަ މަހުގެ ކެއުން ރަނގަޅު ގޮތުގައި ބަހައްޓައިގެން މަސައްކަތްކޮށްފިނަމަ ބަނޑުގައި ޖަހާފައިވާ ސަރުބީތައް މަދުވެގެންދާނެ ކަމަށެވެ.

މުޚްތާރު ބުނަނީ ބައެއް މީހުން ފެންބުއިމުގައި އަމަލުކުރާ ގޮތަކީ ރޭގަނޑުގެ ވަގުތުތަކުގައި މަދުން ފެން ބުއިމަށްފަހު ފަޖުރު ވަގުތު ކައިރިވުމުން ގިނަ އަދަދެއްގެ ފެން ބުއިން ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ގޮތް ނޫން ކަމަށާއި ރަނގަޅު ގޮތަކީ ފެންވެސް އަދި ކާތަކެތިވެސް މުޅި ރެއަށް ބަހައިގެން ބޭނުންކުރުން ކަމަށެވެ. "އެންމެ ގިނައިން ބޭނުންކުރަންވީ ތަރުކާރީ، މޭވާ އަދި ކިރުގެ ބާވަތްތައް."

މުޚުތާރު ބުނީ ފާސްޓް ފުޑްތަކުގައި ހަދާ ތަކެތި ކޮންމެހެން ބޭނުންކުރަން ބޭނުންވާ މީހާ، އެކަންކުރާނަމަ ކުރަން ރަނގަޅީ ރޯދަ ވީއްލާ ވަގުތުގައި ކަމަށެވެ. ހާރުކެއުމުގައި އެފަދަ ބާވަތްތައް ބޭނުންކުރުމަކީ ވަރަށް ބޮޑަށް ގެއްލުން ލިބޭނެ ކަމެއް ކަމަށެވެ. "ވީހައި އިރާކޮޅު ބޭނުންކުރީމާ އެތަކެތީގައި ހުންނަ ސަރުބީ ވިރުމުގެ ފުރުޞަތު އިތުރުވޭ. ނަމަވެސް ހާރު ކެއުމުގައި ބޭނުންކުރުމަށްފަހު ކައިގެން ނިދީމާ އެ ފުރުޞަތު ގެއްލޭ."

މުޚްތާރު ބުނީ ރޯދަ ހިފުމަށް ކުރަންޖެހޭ އަޅުކަންތައް ކުރުމާއިއެކު ވަގުތު ވާނަމަ ރޯދައަށް ހުރެވެސް 40 ވަރަކަށް މިނިޓްއިރު ކަސްރަތު ކުރުމަކީ ވަރަށް ފައިދާހުރި ކަމެއް ކަމަށެވެ. ޚައްޞަކޮށް ހިކެން ބޭނުން މީހުންނަށް އެއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ރަމަޟާން މަހު މުހިންމީ ވީހައި ގިނަ ބާވަތުގެ އަދި ވީހައި ގިނަ އަދަދެއްގެ ކާބޯތަކެއްޗެއް ނޫނެވެ. މުހިންމީ އަދަދު މަދު ނަމަވެސް ހަށިގަނޑަށް ފައިދާހުރި ތަކެއްޗެވެ.

ރަމަޟާން މަހަކީ ހުރިހައި ގޮތަކުން ވެސް ޞިއްޙަތަށް ފައިދާހުރި މަހެކެވެ. އެހެނީ ރޯދައިގެ ސަބަބުން ގިނަ ގުނަ ފައިދާތެކެއް ކުރާތީއެވެ. އެއިގެ ތެރޭގައި ގިނަ ބައަކު ބޭނުންވެގެން އުޅޭ ލުއިވުން ވެސް ހިމެނެއެވެ.

އެހެން ނަމަވެސް ޞިއްޙަތަށް ގެއްލުންހުރި ކާބޯތަކެތި ބޭނުންކުރުމުން މިހުރިހައި ފައިދާތަކެއް ދަނީ ގެއްލިގެންނެވެ. ހަށިގަނޑަށް އެތެރެ ކުރެވޭ ތެލާއި ހަކުރު އިތުރުވުމުން ރޯދައިގެ ސަބަބުން ލިބެން އޮންނަ ފައިދާ ދަނީ ނުބައަށް ބަދަލުވެގެންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް