އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެލައިޑްގެ "އަޔާދީ ތަކާފުލް" އިން "ފެމެލީ ތަކާފުލް"ގެ ނަމުގައި 3 ޕްރޮޑަކްޓެއް ތަޢާރަފްކޮށްފި

އެލައިޑްގެ "އަޔާދީ ތަކާފުލް" އިން "ފެމެލީ ތަކާފުލް"ގެ ނަމުގައި 3 ޕްރޮޑަކްޓެއް ތަޢާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

އެލައިޑް އިންޝުއަރެންސުގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް" އިން "ފެމެލީ ތަކާފުލް"ގެ ނަމުގައި 3 ޕްރޮޑަކްޓެއް މިއަދު ތަޢާރަފްކޮށްފިއެވެ. މި 3 ޕްރޮޑަކްޓަކީ ފަހަށް ރައްކާ ކުރުމާއި ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ އިސްލާމިކް ޝަރީޢާ ހުއްދަކުރާ 3 ޕްރޮޑަކްޓެކެވެ.

މިކަމަށްޓަކައި މޫކައި ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލައިޑް އިސްލާމީ ޝަރިއްޔާ ބޯޑުގެ ޗެއާޕާސަން ޑރ. އައިޝަތު މުނީޒާ ވިދާޅުވީ މިއީ ރާއްޖޭގެ އިސްލާމިކް ފައިނޭންސްގެ ތާރީހުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއުޅެވެނީ ރާއްޖޭގެ އިސްލާމިކް ފައިނޭންސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވަރަށް ބޮޑު ކަމެއް ކުރަން ކަމަށެވެ.

ޑރ. މުނީޒާ ވިދާޅުވީ ކަސްޓަމަރުންނަށް ބޭނުން ހިފޭނެ މާކަގިނަ ޕްރޮޑަކްޓްތަކެއް ރާއްޖޭގައި އަދި ނެތްއިރު މިއުޅެވެނީ ތާރީހުގައި ފުރަތަމަ ފަހަރަށް ފެމެލީ ތަކާފުލް ޕްރޮޑަކްޓެއް ތައާރަފު ކުރަން ކަމަށެވެ. އިންވެސްޓްމަންޓްގެ ހައިޞިއްޔަތުން ބަލާނަމަ ފެމެލީ ތަކާފުލްގެ ސަބަބުން ފަހަށް ރައްކާ ކުރަން ބޭނުންވާ ކޮންމެ މީހަކަށް އެ ފުރުސަތު ތަނަވަސް ވެގެންދާނެ ކަމަށެވެ.

ޑރ. މުނީޒާ ވަނީ ބޭންކުގައި ފައިސާ ފަހަށް ރައްކާކުރުމާއި ތަކާފުލްގެ އުޞުލުން ފައިސާ ފަހަށް ރައްކާކުރުމުގެ ހުރިތަފާތާއި ފައިދާތައް ވިދާޅުވެދައްވައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް