އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހިރާޖޭގައި ލޯކަލް މެރިޓައިމް ޓްރެއިނިންގ ދޭ އިންސްޓިޓިއުޓް ތައް އެޕްރޫވް ކުރަން ފަށަނީ

ދިވެހިރާޖޭގައި ލޯކަލް މެރިޓައިމް ޓްރެއިނިންގ ދޭ އިންސްޓިޓިއުޓް ތައް އެޕްރޫވް ކުރަން ފަށަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

ދިވެހިރާއްޖޭގެ އިގްތިސާދު ފުޅާވެ ކަނޑު ދަތުރުފަތުރުގެ ނިޒާމް ވެސް އަންނަނީ ފުޅާވަމުންނެވެ. މިކަމުގެ ސަބަބުން ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުފަހަރު ގިނަވެ ފަހަކަށް އައިސް ކަނޑުމަތީގައި ބައެއް ހިތާމަވެރި ހާދިސާތައްވެސް ވަނީ ހިގާފައެވެ.

ކަނޑުމަތީގެ މިފަދަ ހާދިސާތައް ހިނގަން ދިމާވާ އެއް ސަބަބަކީ އުޅަނދުފަހަރުގައި މަސައްކަތް ކުރާ ކެޕްޓަނުންނާއި ފަޅުވެރިންނަށް ލިބެން ޖެހޭ އެކަށީގެންވާ ތަމްރީން ލިބިފައި ނެތުންކަން ފާހަގަކޮށް ސަރުކާރުން މިހާރު ވަނީ ކަނޑުމަތީގެ ސަލާމަތާބެހޭ ގަވާއިދު އިސްލާހު ކޮށްފައެވެ. އިސްލާހު ކުރެވިފައިވާ ސަލާމަތާބެހޭ ގަވާއިދުގެ ދަށުން 1 ޖެނުއަރީ 2017 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ކަނޑުތަކުގައި ދުއްވާ ހުރިހާ ޢާއްމު އުޅަނދުފަހަރުގައި މަސައްކަތް ކުރާނީ ތަމްރީން ލިބިގެން ލައިސަންސް ދޫކޮށްފައިވާ މީހުންނެވެ.

މިގޮތުން ބޯޓް ކެޕްޓަނުންނާއި ފަޅުވެރިން އަދި މެރިން މެކޭނިކުން ތަމްރީން ކުރުމަށްޓަކައި ތަމްރީން ދޭ އިންސްޓިޓިއުޝަންތައް އެޕްރޫވް ކުރަން ފަށާ 3 އިންސްޓިޓިއުޝަން އަކަށް މިހާރު ވަނީ ހުއްދަ ދޫކުރެވިފައެވެ. އަދި އިތުރު އިންސްޓިޓިއުޝަން ތައް އެޕްރޫވް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. މި އިންސްޓިޓިއުޝަން ތަކުން ކިޔަވާދޭ މުގައްރަރު ތަކަކީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ގެ ފަރާތުން އެކުލަވާލައި އަދި އެޕްރޫވް ކޮށްފައިވާ މުގައްރަރު ތަކެކެވެ.

އަދި ކިޔަވައި ދޭ އިންސްޓްރަކްޓަރުންނަކީ މި ދާއިރާއިން މަތީ ތަޢުލީމް ޙާސިލް ކޮށްފައިވާ އަދި މި އޮތޯރިޓީން އެޕްރޫވް ކޮށްފައިވާ ފަރާތްތަކެވެ. ތަމްރީން ދޭ އިންސްޓިޓިއުޝަން ތަކަކީ މޮބައިލް ކޮށް ތަމްރީން ދޭ ތަންތަން ކަމުގައިވީނަމަވެސް މި ތަންތަން ހިނގަމުން ދާނީ ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއްގެ ދަށުން ޓްރާންސްޕޯޓް އޮތޯރިޓީގެ ފަރާތުން އެތަންތަން އޮޑިޓް ކުރެވިގެންނެވެ.

ލޯކަލް މެރިޓައިމް ޓްރެއިނިންގ ދޭ އިންސްޓިޓިއުޝަން ތަކަކީ މޮބައިލް ޓްރެއިނިންގ ދޭ އުސޫލުން ތަމްރީން ދޭ ތަންތަން ކަމަށް ވުމުން ތަމްރީން ދިނުމަށްޓަކައި ރަށްރަށަށް ނުވަތަ ރިސޯޓް ތަކަށް ގޮސް އެ ތަންތަނުގައި ތަމްރީން ޕްރޮގްރާމްތައް ހިންގުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މިކަމުގެ ސަބަބުން މަސައްކަތުގައި އުޅޭ ކެޕްޓަނުން ނުވަތަ ފަޅުވެރިން މަސައްކަތް ދޫކޮށް ތަމްރީން ލިބިގަތުމަށްޓަކައި އެހެން ރަށްރަށަށް ދާންޖެހޭ ހާލަތްތައް މަދުވެގެން ދިއުމާއެކު ރަށުގައި ނުވަތަ ރިސޯޓުތަކުގައި ތިބެގެން ތަމްރީން ލިބިގަތުމަށް މަގު ފަހިވެގެން ދާނެއެވެ.

އަދި ބްލޮކް މޯޑް އަށް ކިޔަވަން ބޭނުންވާ ފަރާތްތަކަށް މިގޮތަށްވެސް ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެން ދާނެއެވެ. މީގެ ސަބަބުންއެއް ތަމްރީން ޕްރޮގްރާމެއްގައި އެކިފަހަރުމަތިން ބައިވެރިވެ ތަމްރީން ފުރިހަމަ ކުރުމުގެ ފުރުސަތުވެސް ހުޅުވިގެން ދާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު