އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުން 450 މިލިއަން ރުފިޔާ ބަހަން ނިންމައިފި

ދިރާގުން 450 މިލިއަން ރުފިޔާ ބަހަން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ދިރާގު ބޯޑުން ޖުމްލަ 450 މިލިއަން ރުފިޔާ 2016 ގެ ފުރަތަމަ 6 މަސްދުވަހުގެ ފައިދާގެ ގޮތުގައި ބަހަން ނިންމައިފިއެވެ.

ހަމަސްދުވަހުގެ ހިއްސާގެ ފައިދާގެގޮތުގައި ޖެހެނީ ހިއްސާއަކަށް 5.92 ރުފިޔާ. މިދަޔަ އަހަރުގެ ބަހާފައިވަނީ ހިއްސާއަކަށް 4.84 ރުފިޔާއެވެ.

ދިރާގުން ބުނެފައިވަނީ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ޙިއްޞާއަކަށް 5.92 ރުފިޔާ ބެހުމަށް ހަމަޖެހިފައިވަނީ 10 އޮގަސްޓް 2016 ވާ ބުދަ ދުވަހުގެ ހަވީރު 16:00 ގެ ނިޔަލަށް ކުންފުނީގައި ރަޖިސްޓަރކުރެވިފައިވާ ޙިއްޞާދާރުންނަށްކަމަށެވެ.

ދިރާގުގެ ހިއްސާގެ ފައިދާ ބެހުމަށް ހަމަޖެހިފައިވަނީ އަހަރަކު 2 ފަހަރުއެވެ. އެއީ ފުރަތަމަ ހަމަސްދުވަހުގެ ހިސާބުތައް ފާސްކުރުމާއި ގުޅިގެން އަހަރުގެ ފުރަތަމަ ހަމަހަށް ބެހޭ ފައިދާ (އިންޓަރިމް ޑިވިޑެންޑް) އަދި އަހަރީ ހިސާބުތައް ފާސްކުރުމަށްފަހު އަހަރުގެ ފަހު 6 މަސްދުވަހުގެ ފައިދާގެ މައްޗަށް ބަލާ ކަނޑައަޅާ ފައިދާ (ފައިނަލް ޑިވިޑެންޑް)އެވެ.

2011ވަނަ އަހަރު ކުންފުނި ލިސްޓްކުރެވުނު ފަހުންދިރާގުން ކޮންމެ އަހަރަކުވެސް ދެމެހެއްޓެނިވި ގޮތެއްގައިހިއްސާގެ ފައިދާ ބަހަމުން ދެއެވެ. އަދި 2013 ވަނަ އަހަރު ފިޔަވާ އެހެން ހުރިހާ އަހަރަކު ދެ ހިއްސާގެ ފައިދާ ބަހާފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު