އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެސްޓީއޯ ސުޕަރމާރޓް ގެ ހޯލްސޭލް ސެންޓަރު ހުޅުވައިފި

އެސްޓީއޯ ސުޕަރމާރޓް ގެ ހޯލްސޭލް ސެންޓަރު ހުޅުވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ދުނިޔޭގެ 20 ޤައުމަކުން އެތެރެކުރާ 36 ބްރޭންޑްގެ ތަފާތު ބާވަތްތައް ހިމެނޭގޮތަށް އެސްޓީއޯއިން ސުޕަރމާރޓް ހޯލްސޭލް ސެންޓަރ ހުޅުވައިފިއެވެ.

އޯކިޑް މަގުގައި ހުންނަ އެސްޓީއޯ ސުޕަރމާރޓް ފިހާރައިގެ ހުޅަނގު އުތުރު ކަންމަތީގައި ހުޅުވިގެންދިޔަ ސްޕަރމާރޓް ހޯލްސޭލް ސެންޓަރުން ޚިދުމަތްދެމުން ގެންދާނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 0830 ން 1200 ށް އަދި މެންދުރުފަހު 1300 ން ހަވީރު 1700 އަށެވެ.

އެސްޓީއޯއިން ބުނެފައިވަނީ މިފަދަ ސެންޓަރެއް ހުޅުވުމުގެ މައިގަނޑު މަޤްސަދަކީ އާއްމުންނަށް ހެޔޮއަގުގައި ފެންވަރު ރަނގަޅު ކާބޯތަކެތި ފޯރުކޮށްދިނުމާއެކު، އާއްމު ދިރިއުޅުމަށް ބޭނުންވާ ޟަރޫރީ ކާބޯތަކެތީގެ އަގު ބާޒާރުގައި އެއްވަރެއްގައި ހިފެހެއްޓުން ކަމުގައެވެ.

މައިގަނޑު ގޮތެއްގައި ދުނިޔޭގެ ހަތަރު ބައްރަކުން އިންޕޯޓްކުރަމުންއަންނަ ބްރޭންޑްތައްސުޕަރމާޓްހޯލްސޭލް ސެންޓަރުން ލިބިގެންދާނެއެވެ. އެގޮތުން ޔޫރަޕުގެ 9 ބްރޭންޑް، އޭޝިޔާގެ 19 ބްރޭންޑް، މެދުއިރުމަތީގެ 5 ބްރޭންޑް އަދި އެފްރިކާގެ 3 ބްރޭންޑް ހިމެނެއެވެ.

އެސްޓީއޯ ސްޕަރމާރޓުން އެތެރެކޮށް ވިއްކަމުންދާ އުފެއްދުންތަކުގެ ތެރޭގައި ދިވެހިން ދިރިއުޅުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ގިނަ އަދަދަކަށް ހިމެނެއެވެ. އެގޮތުން ކައްކާ ތެޔޮ، ސަންފްލާވާ ތެޔޮ ، ބާސްމަތީ ހަނޑޫ ، ގެރިކިރު، ތަފާތު ވައްތަރުގެ ޖޫސް، ހިކި ކިރު، ޕާސްތާ، ސުޕެގެޓީ، ރައިބީނާ، ކޮފީ އަދި ސައިފަތްހިމެނެއެވެ. މީގެއިތުރުންވެސް ޒަމާންތަކެއް ވަންދެން ދިވެހިންގެ މެދުގައި މަޤްބޫލުކަން ހޯދައިފައިވާ އެސްޓީއޯ އިން އެތެރެކުރާ ބުރޭންޑްތައް ކަމުގައިވާ ޑެވަންޑޭލް ކިރު، ރޮބަރޓް ލަންޗެން މީޓް، ފްރަގާޓަރ އޮލިވްސް އަދި އޮލިވް އޮއިލް، ސުޕަރ ކަޕް ނޫޑްލީސް، ބޮންޑުއެލް ތަރުކާރީ ދަޅު އަދި ކުރުގަރ ޕާސްތާ ނުސާ ވެސް މިތަނުން ހޯލްސޭލްކޮށް ލިބެންހުންނާނެއެވެ.

ހަމަ މިއާއެކު، މިދެންނެވި ބްރޭންތަކުގެ އަޖުމަ ބައްލަވައިލެއްވުމުގެ ފުރުސަތު ހޯލްސޭލް ސެންޓަރުންވަނީ ކަސްޓަމަރުންނަށް ހުޅުވާލެވިފައެވެ. މީގެއިތުރުން، އެސްޓީއޯ ސްޕަރމާރޓުން އެތެރެކޮށް ވިއްކަމުންދާ 36 ބްރޭންޑުގެ އުފެއްދުންތައް އަތޮޅުތެރޭގައި ހުންނަ އެސްޓީއޯގެ 13 ރީޖަނަލް ފިހާރައިންވެސް މާލެއާ އެއްއަގެއްގައި ހޯލްސޭލްކޮށް ލިބިވަޑައިގަންނަވާނެއެވެ.

ސްޕަރމާރޓް ހޯލްސޭލް ސެންޓަރުން 500 ރުފިޔާއިން މަތީގެ ވިޔަފާރި ކުރައްވާ ކޮންމެ ބޭފުޅަކަށްވެސް މާލޭގެ ކޮންމެ ތަނަކަށްވެސް މުދާ ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ވަނީބުނެފައެވެ.

އަތޮޅުތެރޭގައި އެސްޓީއޯގެ ފިހާރަ ޤާއިމުވެފައިނެތް ރަށްރަށުގެ ބޭފުޅުންނަށްވެސް ސުޕަރމާޓް ހޯލްސޭލް ސެންޓަރަށް ފޯނުން (3012617 / 3012427) ގުޅުއްވައިގެން މުދަލަށް އޯޑަރ ކުރެއްވުމާއި ބައްލަވައިގަންނަވާ މުދަލަށް ފައިސާ ދެއްކެވުމުގެ ކަންކަން ލުއިފަސޭހަކަމާއެކު ކުރިއަށްގެންދެވޭނެގޮތްވެސް އެސްޓީއޯއިން ވަނީ ހަމަޖައްސާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު