އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ (އިޢުލާން)

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ (އިޢުލާން)


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 25 ސިކުންތު

މަޤާމު: ޕައިލެޓް

ބޭނުންވާ އަދަދު: 3 (ތިނެއް)

ސެކްޝަން/ ޑިޕާޓްމަންޓް: އެމް.އެން.ޑީ.އެފްގެ އެއަރވިންގ

ރޭންކް: ޕްރައިވެޓް (މި މަޤާމަށް ހޮވޭ ފަރާތްތައް ފުރަތަމަ ލެއްވޭނީ ޕްރައިވެޓް ރޭންކަށެވެ. ސިފައިންގެ އަސާސީ ތަމްރީނާއި، ސިފައިންގެ ޕައިލެޓަކަށްވުމަށް ހަދަންޖެހޭ ތަމްރީންތަކާއި، އަދި ޓައިޕް ޓްރޭނިންގ ހެދުމުން އޮފިސަރ ކޯރއަށް ބަދަލުކުރެވޭނެއެވެ.)

މުސާރަ: މަހަކު -/4650 ރުފިޔާ (އޮފިސަރ ކޯރއަށް ބަދަލުވުމުން، ލެފްޓިނަންޓް ރޭންކަށް ބަދަލުކުރެވޭނެއެވެ. މި މަޤާމުގެ މުސާރައަކީ މަހަކު -/11841 ރުފިޔާ، ސަރވިސް އެލަވަންސް މަހަކު -/3500 ރުފިޔާ އަދި ނޮން-ޕްރެކްޓިސް އެލަވަންސް މަހަކު 4736/40 ރުފިޔާ ލިބޭނެއެވެ.)

ފެންވަރު ނުވަތަ ޝަރުޠު

ކޮމާޝަލް ޕައިލެޓް ލައިސަންސް އޮތުން.
ކްލާސް 1 ކެޓަގަރީގެ މެޑިކަލް ސެޓުފިކެޓު އޮތުން.
ޖީ.ސީ.އީ އޯލެވެލްގެ ސައިންސް ސްޓްރީމުން މަދުވެގެން 3 ފާސް އޮތުން.
18 އަހަރާއި 30 އަހަރާ ދެމެދުގެ މީހެއްކަމުގައިވުން.
6/6 ގެ ލޮލުގެ ފެނުން (އައިނު ނާޅައި) ހުރުން.
ކަންފަތުގެ އިވުން ފުރިހަމައަށް ހުރުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

މިލިޓްރީ އެއަރކްރާފްޓް ޓައިޕް ޓްރޭނިންގ ހެދުން.
މިލިޓްރީ އެއަރކްރާފްޓް ދުއްވުން.
މިލިޓްރީ އެއަރކްރާފްޓް ގެންގުޅެ ބެލެހެއްޓުން.
މަޤާމު

އެއަރ ކްރާފްޓް އިންޖީނިއަރ

ބޭނުންވާ އަދަދު

4 (ހަތަރެއް)

ސެކްޝަން/ޑިޕާޓްމަންޓް

އެމް.އެން.ޑީ.އެފްގެ އެއަރވިންގ

ރޭންކް

ޕްރައިވެޓް (މި މަޤާމަށް ހޮވޭ ފަރާތްތައް ފުރަތަމަ ލެއްވޭނީ ޕްރައިވެޓް ރޭންކްއަށެވެ. ސިފައިންގެ އަސާސީ ތަމްރީނާއި، ސިފައިންގެ އެއަރ ކްރާފްޓް އިންޖީނިއަރަކަށްވުމަށް ހަދަންޖެހޭ ތަމްރީންތަކާއި، އަދި ޓައިޕް ޓްރޭނިންގ ހެދުމުން ވޮރަންޓް ކޯރއަށް ބަދަލުކުރެވޭނެއެވެ.)

މުސާރަ

މަހަކު -/4650 ރުފިޔާ ( ވޮރަންޓް ކޯރއަށް ބަދަލުވުމުން، ވޮރަންޓް އޮފިސަރ 1 ގެ ރޭންކަށް ބަދަލުކުރެވޭނެއެވެ. މި މަޤާމުގެ މުސާރައަކީ މަހަކު -/11072 ރުފިޔާ، ސަރވިސް އެލަވަންސް މަހަކު -/3500 ރުފިޔާ އަދި ނޮން-ޕްރެކްޓިސް އެލަވަންސް މަހަކު 4428/80 ރުފިޔާ ލިބޭނެއެވެ.)

ފެންވަރު ނުވަތަ ޝަރުޠު

ބޭސިކް އެއަރކްރާފްޓް އިންޖީނިއަރ ޑިގްރީއެއް އޮތުން.
ޞިއްހީގޮތުން ދުޅަހެޔޮ މީހަކަށްވުން.
ޖީ.ސީ.އީ އޯލެވެލްގެ ސައިންސް ސްޓްރީމުން މަދުވެގެން 3 ފާސް އޮތުން.
18 އަހަރާއި 30 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.
ކަންފަތުގެ އިވުން ފުރިހަމައަށް ހުރުން.
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު

އެއަރކްރާފްޓް މެއިންޓަނަންސްއާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރުން.

ފޯމު ދޫކުރުމާއި ބަލައިގަތުން

ވަޒީފާއަށްއެދޭ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ 2016 ސެޕްޓެންބަރު 1 އިން ފެށިގެން 2016 ސެޕްޓެންބަރު 30 ގެ ނިޔަލަށެވެ. އަދި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2016 ސެޕްޓެންބަރު 18 އިން ފެށިގެން 2016 އޮކްޓޫބަރު 10 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ކައުންޓަރުންނެވެ.

އިތުރު މަޢުލޫމާތު

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މިދެންނެވި ޝަރުޠުތަކުގެ އިތުރުން ކުރެވޭ އިންޓަރވިއުތަކަށާއި، ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، އަދި ދުވުން)، ސްވިމިންގ އަދި އެޕްޓިޓިއުޓް ޓެސްޓުން އެ މީހަކު ހޯދައި ނަތީޖާއަށް ބެލެވޭނެއެވެ.

މި އިޢުލާންގެ ބޭނުމަށް އުމުރުފުރާ ބަލާ ތާރީޚަކީ 2016 ސެޕްޓެންބަރު 30 އެވެ.

ސިފައިންގެ ވަޒީފާއަށް އެދޭ ފޯމާއި ކުށުގެ ރިކޯޑު ސާފުކުރާ ފޯމު، ރަސްމީގަޑީގައި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެވެ. އަދި އެމް.އެން.ޑީ.އެފްގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.

ވަޒީފާއަށްއެދޭ ފޯމު ހުށަހަޅުއްވާއިރު ކުށުގެ ރިކޯޑުފޯމު ފުރިހަމަކުރައްވާ ހުށަހަޅުއްވަންވާނެއެވެ. އަދި ފޯމު ހުށަހަޅުއްވާއިރު އިންޓަރވިއުއަށް ހާޒިރުވުމަށް އަންގާ ސްލިޕް ގެންދަވަންވާނެއެވެ.

އިތުރު މަޢުލޫމާތު: 3322607 އެކްސްޓެންޝަން: 3440, 3153 އިން އަދި އެމް.އެން.ޑީ.އެފްގެ ވެބްސައިޓް www.mndf.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

29 ޛުލްޤަޢިދާ 1437

01 ސެޕްޓެންބަރު 2016

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު