އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ މައްޗަށް ޓީބީ ޖެހުމުން ވެސް މަންމައަށް ވީ ވައުދު ހިފެހެއްޓި ސިތާރާ ރަނގަޅުވި ސަބަބާމެދު ޑޮކްޓަރުން ކަންބޮޑުވޭ!

އެންމެ މައްޗަށް ޓީބީ ޖެހުމުން ވެސް މަންމައަށް ވީ ވައުދު ހިފެހެއްޓި ސިތާރާ ރަނގަޅުވި ސަބަބާމެދު ޑޮކްޓަރުން ކަންބޮޑުވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 57 ސިކުންތު

ފިރިމީހާގެ އަނިޔާތަކުން އެންމެ މަތީ ދަރަޖައަށް ޓީބީ ޖެހުމުން ވެސް މަންމަ ދެރަނުކުރަންވީ ވައުދު ހިފެހެއްޓި ސިތާރާގެ ބަލި ފަސޭހަވި ސަބަބާމެދު ޑޮކްޓަރުން ކަންބޮޑުވެއެވެ.

ސިތާރާ އަކީ ހައިދަރު އާބާދުގެ އެންމެ ފަޤީރު އެއް އަވަށަށް ނިޞްބަތްވާ އަންހެންކުއްޖެކެވެ. އެންމެ ތުއްތުއިރު ކުރަންޖެހުނު ތަޖުރިބާއަކީ ސިތާރާއަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައެވެ. ޖެހިގެން ހުންނަ ޖިފުޓީގެ ދައްތަ ކޮންމެ ދުވަހަކު އައިސް ސިތާރާއަށް ކިޔައިދެމުން ގެންދިއަ ވާހަކަތަކެވެ. އޭނާގެ ދަރިން އޭނާގެ ހިތުގައި ޖައްސާ ކަމުގެ ހިތްދަތި ވާހަކަތަކެވެ.

މިފަދަ ވާހަކަތަކެއް އެ ދައްތަ ދެއްކި ދުވަހަކު އުމުރުން 7 އަހަރުގެ ސިތާރާ މަންމައާއި އެ ދައްތަގެ ކުރިމަތީގައި ހުއްޓިފައި ވައުދެއްވިއެވެ. "މަންމާއެވެ. ދެރަ ނުވާށެވެ. ﷲ އިރާދަފުޅު ކުރެއްވިއްޔާ މަންމަ ދެރަވާންޖެހޭނެ އެއްވެސް ކަމެއް ސިތާރާއެއް ނުކުރާނަމެވެ. ދައްތައަށްވެސް މާތްﷲ އަދި އުފާވެރިކަން މިންވަރުފުޅު ކުރައްވަވާނެއެވެ."

ސިތާރާގެ އުމުރުން 16 އަހަރުގައި މަންމަ އެދުނީ ކައިވެނި ކުރުމަށެވެ. މަންމަ ދެއްކި މީހަކާއެވެ. އެމީހާގެ ސިފަ ފެނުނު ދުވަހުވެސް ސިތާރާ ބިރުން ތުރުތުރުއަޅައިގަތެވެ. ސިތާރާގެ އިބާރާތުންނަމަ އޭނާ ފެނުމުން ވެސް އިހްސާސްކުރެވުނީ ވަރަށް ބޮޑު އަނިޔާވެރިއަކަށް އޭނާ ވާނެ ކަމެވެ.

މަންމަގެ ހުށަހެޅުމަށް ސިތާރާ އެއްވެސް ޖަވާބެއް ނުދީ މަޑުކޮށްލައިގެން ހުރުމަށްފަހު ފުރުޞަތު ހޯދައިގެން ސިތާރާ އޭނާގެ މަންމަގެ ގާތު އަހައިލިއެވެ. "މަންމާއެވެ. އެމީހާ އާއި ކައިވެނިކުރަން އަޅުގަނޑު ދެކޮޅު ހަދައިފިނަމަ މަންމަ ދެރަވާނަން ހެއްޔެވެ؟" ޖަވާބުގައި މަންމަ ބުނީ ވަރަށް ދެރަވާނެ ކަމަށެވެ.

އިތުރު އެއްވެސް ބަހަނާއެއް ސިތާރާ ނުދައްކައެވެ. އުމުރުން 7 އަހަރުގައި މަންމައަށްވީ ވައުދުގެ ހަނދާން ހުރުމުން މަންމަގެ ހުށަހެޅުން ޤަބޫލުކުރީއެވެ. ކުރިމަތިވާނެ ޠޫފާނަށްވުރެ ސިތާރާ އިސްކަން ދިނީ މަންމަގެ އުފަލަށެވެ.

ކައިވެންޏަށް މަހެއް ފުރުނުއިރު ފިރިމިހާގެ އަނިޔާތައް ދިއައީ ލިބެމުންނެވެ. ފިރިމީހާގެ މިޒާޖަކީ ކަމެއް ރަނގަޅުކުރަން ބުނުމުގެ ކުރިން އަތުން ނޫނީ ފައިން ސިތާރާގެ ގައިގާ ޖެހުމެވެ. ތަޅައި އަނިޔާކުރުމެވެ.

އެހާލުގައި އުޅެމުން ގެންދިއައިރުވެސް މަންމަ ދެރަވެދާނެތީ މަންމަ ގާތު އެއްވެސް ޝަކުވާއެއް ސިތާރާ ނުކުރެއެވެ. މަންމަ ސުވާލެއް ކުރި ނަމަވެސް ދޭ ޖަވާބަކީ "މާތްﷲގެ ހެޔޮ މިންވަރުފުޅުގައިވަމެވެ." މިނޫން އެއްވެސް ޖަވާބެއް ނުދެއެވެ.

ސިތާރާއަށް ދަރިއަކު ލިބުނީ އުމުރުން 18 އަހަރުގައެވެ. ދެވަނަ ދަރިއަކު ހޯދުން ލަސްކޮށްލަން ފިރިމީހާގެ ކިބައިން އެދުނުރެއަކީ އަނިޔާވެރިކަން އިތިހާއަށް ދިއަ ރެއެކެވެ. ސިތާރާއަށް އެނގޭވަރަކީ އަނިޔާކުރަމުން ދަނިކޮށް "ނިދުނު" ކަމެވެ. ހަޤީޤަތަކީ ހޭނެތުމެވެ.

އެއިގެ ހަ މަހެއްހައި ދުވަސްފަހުން ވަރަށް ބޮޑަށް ވަރުބަލިވާތީ ޑޮކްޓަރަށް ދެއްކިއެވެ. އެކަނި ގޮހެވެ. އަވަށްޓެރި ރަޙްމަތްތެރިއެއްގެ އަތުން ލާރިކޮޅެއް ހޯދައިގެންނެވެ. ޓެސްޓްތައް ހެދުމަށްފަހު ޑޮކްޓަރު ބުނީ ލޭގައި ޓީބީގެ އަސަރު އެބަހުރިކަމަށާއި ވަރަށް ސީރިއަސް ކަމަށެވެ. އަދި ޤަވާއިދުން ފަރުވާކުރަންޖެހޭނެ ކަމަށެވެ.

މަންމަ ދެރަވާނެތީ އެކަންވެސް މަންމައަށް ސިއްރުކޮށްގެން ހުއްޓައި އެއިގެ އަހަރެއްހައި ދުވަސްފަހުން ހާލު މާބޮޑުވެގެން ދިއުމުން ޑޮކްޓަރު އެންގީ އެޑްމިޓްވުމަށެވެ. އެޑްމިޓް ވެއްޖެނަމަ މަންމައަށް ހާލު އެނގި ދެރަވާނެތީ ސިތާރާ އެކަމަށްވެސް ކުރީ އިންކާރެވެ.

ސިތާރާގެ ހާލު ހުރިގޮތުން ޑޮކްޓަރު ސިތާރާ ދުލެއް ނުކުރިއެވެ. މަޖުބޫރުން އެޑްމިޓް ކުރުވީއެވެ. މަންމައަށް ސިތާރާގެ ހާލު އެނގުނީ އެހިސާބުންނެވެ.

މަންމަ ވަރަށް ދެރަވެ ގިސްލާ ރުޔެވެ. އަދި ކަންކަން ސިއްރުކޮށްގެން ހުރީތީ ސުވާލުކުރިއެވެ. ސިތާރާގެ އޮތީ އެންމެ ޖަވާބެކެވެ. މަންމަ ދެރަނުކުރަން ވެފައިވާ ވައުދުގެ ވާހަކައެވެ. އެއީ 13 ވަރަކަށް އަހަރު ކުރީގެ ވައުދެއް ނަމަވެސް މަންމަވެސް އެ ވައުދު ހަނދާން ހުއްޓެވެ.
އެއިރު ޑޮކްޓަރުން ވަނީ ސިތާރާގެ މަތިން އުންމީދުވެސް ކަނޑާލައިފައެވެ. އެހެންކަމާއިއެކު ސިތާރާ ބާއްވާފައި އޮންނަނީވެސް އެކަހެރިކޮށެވެ. ތެދަށް ބުނާނަމަ ޑޮކްޓަރުންގެ މާބޮޑު އަޅައިލުމެއްވެސް ސިތާރާއަކަށް ނުލިބެއެވެ.

އެހާލުގައި އޮންނަތާ 15 ދުވަސް ހެދި ޓެސްތަކުން ދެއްކީ ސިތާރާ ރަނގަޅުވަމުން އަންނަ ކަމަށެވެ. ޑޮކްޓަރުން އެކަން ޤަބޫލުކުރަން ބޭނުމެއްވެސް ނުވިއެވެ. އެހެންކަމުން ޖެހިޖެހިގެން 3 ދުވަހު ޓެސްޓް ކުރުމަށްފަހު ޓެސްޓްކުރާ މެޝިނުގައި މައްސަލަ ހުރީކަމަށް ބަލައި އިތުރު 2 ލެބޯޓްރީއަކަށް ފޮނުވައިގެން ހެދި ޓެސްޓުތަކުންވެސް ދެއްކީ ހަމަ އެއްގޮތަކަށެވެ. ސިތާރާ ރަނގަޅުވަމުން އަންނަ ކަމަށެވެ.

ޑޮކްޓަރުން ސުވާލުކުރުމުން ސިތާރާ ބުނީ އޭނާއަށް ލުއިވާކަން އޭނާއަށް އިޙްޞާޞްކުރެވޭ ކަމަށެވެ. ނަމަވެސް ދިރިހުރުމުގެ އުންމީދު ގެއްލިފައިވުމުން އެވާހަކަ ނުދެއްކީ ކަމަށެވެ.

ޑޮކްޓަރުން އެއިގެ 15 ދުވަސް ފަހުން ހެދި ޓެސްޓުން އެނގުނީ ޓީބީ ބަލީގެ ނިޝާނެއްވެސް ސިތާރާގެ ލޭގައި ނެތްކަމެވެ. އެހެންކަމުން ގެއަށް ދިއުމުގެ ހުއްދަ ޑޮކްޓަރުން ދިނެވެ.

ޑޮކްޓަރުން ބުނިގޮތުގައި ސިތާރާއަށް ޓީބީ ޖެހުނު މިންވަރަށް ޓީބީ ޖެހުނު އެއްވެސް މީހަކު ގަދަވިކަން އެ ހޮސްޕިޓަލުގެ އެއްވެސް ޑޮކްޓަރަކަށް އެނގިފައެއް ނެތެވެ.

ގެއަށް ދާން ނުކުމެފައި ސިތާރާ މަންމައާއި ކޮށްލީ ހަމަ އެންމެ ސުވާލެކެވެ. "މަންމާއެވެ! އަހަރެން ދެން އެމީހާގެ ގެއަށް ނުދާނަމޭ ބުނެފި ނަމަ މަންމަ ދެރަވާނަން ހެއްޔެވެ؟" އޭނާ އާއި ކައިވެނި ނުކުރާނެ ކަމަށް ބުނެފިނަމަ މަންމަ ދެރަވާނަންތޯ ސުވާލުކުރި ފަދައިންނެވެ.

މަންމަގެ ޖަވާބު ވަރަށް ސާފެވެ. "ދަރިފުޅުމެންގެ ބައްޕަ، ދަރިފުޅުމެން ތުއްތު އިރު ދުނިޔެ ދޫކުރުމުން އަތްފައި ކޮށައި ބުރަ މަސައްކަތްކޮށްގެންނާއި ސަލާންޖަހައިގެން ބޮޑެތިކޮށްފައި ތިއަ ތިބީ މިނިކާވަގަށް ކާންދޭކަށް ނޫނެވެ. އެ ނުލަފާ މީހާ ދެން ލޮލަލަށް ފެންނަ ފަހަރު ހަދާގޮތް ބަލަން ހުންނާށެވެ."

"މަންމާއެވެ. އެމީހަކު ކުރި ކަމެއް އެމީހަކަށެވެ. މާތްﷲ އަނިޔާވެރިންނަށް ހައްޤު ޖަޒާ ދެއްވަވާނެއެވެ. އެއްވެސް މީހަކަށް އަނިޔާކުރާކަށް ނުވާނެއެވެ. މާތްﷲ ކިހައި ދީލަތިވަންތަ ހެއްޔެވެ؟ މަރުގެ ހާލަތުން ސަލާމަތްކުރައްވަވައިފިއެވެ. އެކަމަށްޓަކައި މާތްﷲ އަށް އަބަދުވެސް ޝުކުރުވެރިވާންޖެހޭނެއެވެ. މާތްﷲ މިންވަރު ކުރައްވަވާ ނިއުމަތްތަކަށް ޝުކުރުކުރާ އަޅުންނަށް ނިއުމަތްތައް އިތުރުކުރައްވަވާނެކަމަށް ކީރިތި ޤްރްއާނުގައި އޮވޭ ނޫންހެއްޔެވެ!" ދީނީ އިލްމުވެރިއަކު ފަދައިން ބަސްތައް ސިތާރާ އަމުނައިލިއެވެ.

ގެއަށް ދިއުމަށްފަހު ހަމަޖެހިލައިގެން އިނދެ އޭނާއަށް ދެ ރެއަކު ފެނުނު ހުވަފެނެއް މަންމައަށް ކިޔައިދިނެވެ.

"މަންމާއެވެ. ހޮސްޕިޓަލުގައި އޮތްއިރު އަޅުގަނޑަށް ދެރެއަކު އެއް ހުވަފެނެއް ފެނުނެވެ. ވަރަށް ރީތި ގެއަކަށް ދެމައިން އެކުގައި ގޮސް ވަންނަތަނެވެ."

މަންމަ ބުނީ ﷲ އިރާދަފުޅުކުރެއްވިއްޔާ ހުވަފެން ހަޤީޤަތަކަށް ވާނެ ކަމަށާއި އެހެން މީހުންނާއި ހުވަފެން ހިއްޞާ ނުކުރުމަށް އެދޭ ކަމަށެވެ.
ސިތާރާގެ އުމުރުން 22 އަހަރު ފުރުނު އިރު ސިތާރާ ހުރީ ދެވަނަ ކައިވެނި ކޮށްގެންނެވެ. ކައިވެނި ކުރުމަށް އެއަވަށަށް ދިއަ ސައުދިއަރަބިޔާގެ މުއްސަނދި ފިރިހެނަކާއިއެވެ. ކައިވެންޏަށްފަހު ޢާއިލާ އެކުގައި ދިރުޅެނީ ސައުދިއަރަބިޔާގައެވެ.

ސިތާރާއަށް ކައިވެނި ހަމަޖައްސައިދިނީ އެފަދަ ކަންކަން ހަމަޖައްސައިދޭ އެޖެންޓެކެވެ. ދެއްކި އެތައް ސަތޭކަ ޕްރަޕޯސަލްތަކެއްގެ ތެރެއިން އޭނާ ސިތާރާ އިޚްތިޔާރުކުރީއެވެ.

ސިތާރާއަކީ ރީތިވެސް ކުއްޖެކެވެ. ނަމަވެސް ސިފައަށްވުރެ އެމީހާ އިސްކަންދިނީ "މިރެކްލް ވުމަން" އަކަށް ވުމުންނެވެ. އެމިހާ ބުނީ ސިތާރާގެ ބަލި ރަނގަޅުވުމަކީ އިލާހީ މުއުޖިޒާތެއް ކަމަށެވެ.

ކައިވެންޏަށްފަހު ފިރިމީހާ ސިތާރާއަށް ކިޔަނީ ވެސް "މައި މިރެކްލް ވައިފް" އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް