އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަސް ދަރިވަރަކު ކީރިތި ޤްރްއާން ހިތުދަސްކޮށް ހާފިޡް ކަމުގެ ސަނަދު ހާޞިލުކޮށްފި

ފަސް ދަރިވަރަކު ކީރިތި ޤްރްއާން ހިތުދަސްކޮށް ހާފިޡް ކަމުގެ ސަނަދު ހާޞިލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ފަސް ދަރިވަރަކު ކީރިތި ޤްރްއާން ހިތުދަސްކޮށް ޙާފިޡް ކަމުފެ ސަނަދު ހޯދައިފިއެއެވެ.


ޙާފިޡް ކަމުފެ ސަނަދު ހޯދި ދަރިވަރުންނަކީ ބައްސާމާ ސުލައިމާން ފުނަކުރި ހއ. ދިއްދޫ، ސުލްޠާން މުޙައްމަދު ލަޠީފް، ގެހިގެ، ދ، މީދޫ، ހިމްނާ މުޙައްމަދު އިޔާޟް ހ.ލަކީ ކ.މާލެ، މަރްޔަމް ޙުލްމާ މަޝްކޫރު އިހާ، ސ. ހިތަދޫ، އަދި އާލާ އަޟްމަތު ޖަމީލް މއ. ނާރެސް، ކ. މާލެ އެވެ. 




ކީރިތި ޤްރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް ފެށުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މި ދަރިވަރުންނަށް އިނާމާއި ސަނަދާއި ތާޖް ޙަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން، އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ބާޤިރްއެވެ.



ކީރިތި ޤްރްއާނާއިބެހޭ ޤައުމީ މަރުކަޒު ސަރުކާރުން އުފެއްދެވީންސުރެ ކީރިތި ޤްރްއާނު ހިތުދަސްކުރުމަށް މަގުފަހިކޮށްދީ އެމަރުކަޒުން ގެންދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ 4 ވަރަކަށް އަހަރުކުރިންސުރެ އެ މަރުކަޒުގެ މަސައްކަތްތައް ވަނީ އިތުރަށް ފުޅައުކުރައްވައިފައެވެ. 



500 ހާފިޡުން އުފެއްދުމަށް އެމަރުކަޒުން ފެށި މަސައްކަތްތަކާއި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރާއްޖެތެރޭގެ ރަށްރަށުގައި ކޯސްތައް ހިންގަން ފެށުން ވެފައިވަނީ އެ މަރުކަޒުން ހޯދި ވަރަށް ބޮޑެތި ކާމިޔާބީތަކަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް