އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަކިވެ ދިޔަ ލޯބިވާ އަނބިމީހާ

ވަކިވެ ދިޔަ ލޯބިވާ އަނބިމީހާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

ކުރި ހިތަށް އަސަރާ ލިބުނު ހިތި ތަޖުރިބާ ލިޔަމުން ދަނީ


        ފުރި ދެލޯ އޮހެމުން މިދާ ލޭކަރުނައިން ލިޔަމުން ދަނީ،


އެކު އެގާރަ އަހަރު ނުހަނު ލޯބިން ހިތަށް ފިނިކަން ދެމުން


      އެކު އުޅުނު ހެޔޮ ޔާރެކޭ އަބަދަށްޓަކައި ނިމިގޮސް ވަނީ،


ފަހު ވަސިއްޔަތް އުނގުމަތީ އޮވެ އިއްވިޔޭ ރޮއެ ގިސްލަމުން


      ފަހުގެ ނޭވާ ހިނދުނު މަންޒަރު ލޯމަތިން އަދު ފެންނަނީ،


ލޯބިލޯބިން އިއްވިހާ ފޮނިފޮނި ތަރާނާ ނަލަ އަޑުން


      ލޯބި ނިމި ހިތި ތަޢުޒިޔާ ގެ އަޑުން ހިތަށް ދަތިކަން ދެނީ،


ހަނދުވަރެއް ނަލަ މުޅި ހަޔާތަށް ދިން އެ ނަލަ ހަނދު އޮއްސުމުން


      ހަނދުވަރެއް އަލަކުން ލިބޭނެ ގޮތެއް މުޅިން ނެތި ގެއްލުނީ،


ރީތި ހިނިތުންވުން ތަކުން ފިނިކަން މަގޭ މިހިތަށް އެދިން


      ރީތި ތުންފަތް ހަމަހިމޭން ވެވި އުމުރު ދުވަހަށް ލެއްޕުނީ،


ރަންމުތެއް މިލްކުވި މަށަށް ދުނިޔޭގެ ކެހިވެރި މަސްރަހުން


      ކަން މުޅިން ނިމި ދާއިމަށް ގެއްލުނު ކަމުން ހިތް ރޮއްވަނީ،


ކަފުނުގައި އޮއްވާ ފެނުނުހިނދު ލުހި ފުރާނަ ހަށިން ނިކުމެ


      ހަފުސުވެވި ދިލަހޫނަކުން ޖިސްމާ ފުރާނަ ހަނާވަނީ،


ކުރިމަތިން ސަންދޯއް ނެރުނު ވަގުތާއެކީ މި ޚިޔާލުގައި


     ފުރި އުތުރި ދިޔަ ރަންޒަމާން ލޯބިން އުޅުނު ސިފަކޮށް ދެނީ،


ވަޅުލެވުނު ހެން ހީވިޔޭ ނަފުސުގެ ބައެއް ސަހަރާތެރޭ


     ފަޅުކަމާ ހިތްދަތި ކަމުގެ އަސަރުން ފުރާނަ ހަށިން ދަނީ،


ހިތި ހިތާމަތަކުން ހިތަށް ހިތިހިތި ސަޒާހިތި ލިބި ހިތުން


     ހިތި އަސަރު ލިބިގެން ހިތާމައިން ދުނިޔެއިން މި އަޅާ ދަނީ،


ދާއިމަށް ނިއުމަތް ލިބުން އެދި ޖަންނަތުން ކުރަމުން ދުޢާ


      ދާއިމަށް ޒިކުރާގެ ފޮނިފޮނި ޝިޢުރު ތައް ގެތެމުން ދަނީ


 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް