އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޭ ހިތާއޭ...

އޭ ހިތާއޭ...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ރާގު: ދޭނުހޭ ގެންގޮސް....


 


އޭ ހިތާ! ތިޔަހެން ހިމޭނުން އޮންނަނީ ފަހެ ކިއްވެހޭ؟


        އޭ ހިތާ! ތިޔަ ހިތުގެ އިހުސާސްތައް ނެތީ ފަހެ ކީއްވެހޭ؟


ތާއަބަދު ކުދިކުދި ވިކުންތައް ދޭ ސަޒާއިން ފޯވެގެން


        ތާއަބަދު  އެއަޅާ  ރިހުންތަކުގައި  ފޮރުވެނީ  ކީއްވެހޭ؟


ތޫނު ވިހަދުނިތަކުގެ ހަމަލާއިން ލިބޭ އަނިޔާތަކުން


        މޫނު އަލިކޮށްގެން  އެކަން ފަރުދާ ތިކުރަނީ   ކީއްވެހޭ؟


ނަފުރަތުގެ ވިހަކުރަފަތުން ކަތިލެވި އޮހޮރި ލޭ ހުސްވަނީ


         ނަފުސު ކުރަމުންދާ އެ އާދޭސް އަޑު ނުއިވެނީ ކީއްވެހޭ؟


ހީލަތާ މަކަރުގެ މަޅީގައި ބަނދެވި ލެ ނުހިނގައި އޮތަސް


         ނީލަމެއްހެން ފެންނަފެނުމަށް ދައްކަނީ  ފަހެ  ކީއްވެހޭ؟


ހިތުގެ ދަފަރާކެނޑި ނިމޭއިރު ކޫރުތައް އެޅި ކުދިވަމުން


         ހިތުގެ ފަރުވާ ހޯދުމަށް ނުނިކުމެ  އޮތީ ފަހެ ކީއްވެހޭ؟


ނެތި ދިފާޢީބާރު ގޮސް އަނަރޫފަވެވި ދާއިރު ތިހެން


         ގެތި އެމުނި އަނިޔާގެ ޚަންޖަރުގައި އޮތި ފަހެ ކީއްވެހޭ؟


އޭހިތާއޭ! ހޭއަރާށޭ ދުނިޔެ މީ ނަލަނަލަ ތަނެއް


         ދޭހިތުން މި އޮހޭ ޝިފާގެ  އަޑެއް ނުއިވެނީ ކީއްވެހޭ؟


 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް