އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަންމަގެ ވަޞިއްޔަތް

މަންމަގެ ވަޞިއްޔަތް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 4 ސިކުންތު

ހިތުގެ އިޚުލާޞްތެރި ދުޢާ ތިޔަ ތިން ކުދިންނަށް ފޮނުވަމޭ


                ހިތުގަ ވާ މިޝުޢޫރުތައް އަމުނާ  ޅެމުން ފޮނުވާލަމޭ


ތިންކުދިންނަށް ހެޔޮހިތުން ކުރުމަށް ފަށާ މި ވަޞިއްޔަތުން


               ތިންކުދިން ހޯދާށެ ޢިބުރަތް ހެޔޮހިތުން އެދިގެން ވަމޭ


ދުނިޔެމީ ފާލަމެކެ ވަގުތީ ދަތުރުކުރުމަށް ލިބިފަވާ


              އުނިކަމެއް ނެތް ސާޙިލެއްވި އަމާން ލިބުން އެދިގެންވަމޭ


އަޅުކަމާ ހެޔޮ ޢަމަލުތައް ގިނަކޮށް  ރަނގަޅު ގޮތުގައި އުޅޭ


               އަޅުކަމާއެކު ޚުލްޤުވެސް ހެޔޮވާށަ ހަމަ އެދިގެން ވަމޭ


އުނގެނިގެން ޢިލްމާއި ހުނަރާ ދަސްކުރޭ އަދު ދުނިޔެއިން


           އުނގެނި މުޖުތަމަޢަށް ރަނގަޅު ޚިދުމަތް ކުރުން އެދިގެން ވަމޭ


ދުރުވެތިބެ ޖާހިލުކަމާ ޢާފިލު ކަމުން ވެވި އެއްކިބާ


                ދުރުވެތިބުމަށް ފާފަޔާ ފާސިދުކަމުން އެދިގެން ވަމޭ


މަރުއައިސް ކޮންއިރަކުކަން ނޭނގޭ ގޮވާލާނީ މިތާ


             މަރު އަމާން ވާނޭގޮތަށް ހެޔޮމަގު ލިބުން އެދިގެން ވަމޭ


ދުޝްމަނުންގެ ފުށުން ހުރަސްތައް ނެތި އަމާން ސީދާމަގުން


           ދުޝްމަނުންނަށް ދީއަމާން މަޞްލަޙަތު ވެސް އެދިގެން ވަމޭ


ތެދުމަގުން ސީދާ ދަތުރުކޮށް މަގު އަމާން ކުރަމުން ހިނގާ


           ތެދުމަގެއް އަލި ދެއްކެވުން މަންމަގެ ހިތުން އެދިގެން ވަމޭ


މަންމައެއް އަބަދަކު ނުހުންނާނަން ނަޞޭޙަތް ދޭކަށެއް


            މަންމަ މިކުރާފަހު ވަޞިއްޔަތް އަޑުއެހުން އެދިގެން ވަމޭ


ދެދުނިޔޭން ހެޔޮ ރަޙުމަތާ ނިޢުމަތް ލިބުން ތާއަބަދުވެސް


 


             ދެދުނިޔޭގެ ސަޢާދަތާ ހެޔޮމަގު ލިބުން އެދިގެން ވަމޭ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް