އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަގޭޒާރު

މަގޭޒާރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 58 ސިކުންތު

ހިތްއެދޭތީ މަގޭޒާރުގާ އިނދެވެޔޭ


     ހިތް އުފާވާ ބަހާރެއް ގެނެސްދީފިޔޭ


 


މަޑުވި ގިނަ ކުލަކުލައިން ފަރިވެފޮޅި މާމަލުން


     މަޑު ޢަބީރެއް މަގޭޒާރުގާ އެކުވަމުން


           ފަނޑު ނުވާގިނަ ތަރާނާ އެގިނަ އިއްވަމުން


                އަޑުއަޑުން ދޫނިތައް ފިޔަދަމާ އުދުހެމުން


ރޯޅިނަލަ އަންނަފިނި ދާގޮތުން ފިރުމަމުން


     ކޯނިމާތައް ނަށާ ގިނަ ސަނާ އިއްވަމުން


           މޯޅިނުވެ މާތަކުން ޒާރު ހިނިތުންވަމުން


                ލޯބި ގޮތަކަށް ހުޅުވި ފިޔަތަކޭ ކަރުގަނޑުން


ބައިބަޔަށް މާބުރާ އަދި ކޮކާ އުދުހެމުން


     އައިސް އެތިރިކޮށްލަނީ މާތަކަށް މަޑުމަޑުން


           ހައިކަމޭ ފިލުވުމަށް އެސޮރުމެން ފޮނިބޮމުން


                ވައިގެ މަޑުރޯޅިޔާއެކު އުފާކޮށް ލަމުން


މާކަރަންކާ ލިލީއާއި އޯކިޑު މަލުން


     މާބަނަފްސާއި ސޯސަން އެނަރުގިސް މަލުން


           މާތަކުގެ އެންމެ ވީރީތި ފިނިފެން މަލުން


                މާބަގީޗާތެރޭ ފަރިވެ ފޮޅިފައިވުމުން


ކުދިމަލާ މޫނިމާ ކާމިނީޕޫލް މަލުން


     ކުދިވެފައި ހުދުކުލައިން ރީތިވީހާ މަލުން


           ކުދިއެ ފިޔަތަކުމަތީ ތިކިވިދާ ޝަބްނަމުން


                ކުދި ޖަވާހިރު ވިދާހެން ވެޔޭހީ މަލުން


މިފަދަވަގުތެއް އުފާވެރި ހިތަށް ލިބިވުމުން


     މިފަދަ ފުރިހަމަ ކަމެއް ދެއްވި މާތް ހަޒްރަތުން


           މިފަދަ ނިޢުމަތްތަކަށްވެސް ޝުކުރުވެރިވަމުން


 


                މިފަދަ ވަގުތެއްގަ ކުރަމޭ ދުޢާ ތެދުހިތުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް