އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަގުވާގެމަގަކީ ސުވަރުގޭގެރާސްތާ

ތަގުވާގެމަގަކީ ސުވަރުގޭގެރާސްތާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު

ބިންމަތިން ތަގުވާގެ މަގުގައި ހިނގުމަކީ ބޮޑު ރަހުމަތެއް
. ‍‍‍‍‍‍‍ . ‍‍‍‍‍ . .އިންދަމުން ތަގުވާގެ ނިރު ފެންދިނުމަކީ ބޮޑު ނިޢުމަތެއް
ހިތްތަކުން ޖާހިލްކަމުގެ ވިހަޒަހަރު ފިލުވައިލުން އެއީ
. ‍‍‍‍‍‍‍ . ‍‍‍‍‍ . .ނިތްމަތިން ނަސްރާނަސީބުގެ އަސަރު ދައްކާ ނިޢުމަތެއް
ހަރުދަނާ އީމާންކަމުގެ ފޭރާމަކުން ޒީނަތްވުމީ
. ‍‍‍‍‍‍‍ . ‍‍‍‍‍ . .މަރުއަމާން ކުރުމަށް ހަޔާތުން ހޯދިދާނޭ ނިޢުމަތެއް
ބިރުވަތައި އެކަލާނގެއަށް ހެޔޮނިޔަތުގައި އަތްއުފުލުމީ
. ‍‍‍‍‍‍‍ . ‍‍‍‍‍ . .ބިރުހިތުން ނަރަކައިގެ ފިލުވައިދޭނެ ވަރުގަދަ ނިޢުމަތެއް
ދަތުރުގައި އިހުމާލުވީ ހިނދުކޮޅުތަކަށް ތައުބާވުމީ
. ‍‍‍‍‍‍‍ . ‍‍‍‍‍ . .ދަތުރުގައި ހޯދާ ސަވާބަށް އިތުރުވާނޭ ނިޢުމަތެއް
ސުންނަތާ ﷲ އެންގެވި ވާޖިބަށް ބޯލެނބުމަކީ
. ‍‍‍‍‍‍‍ . ‍‍‍‍‍ . .ބުންވަރާއެކު ހިތްތަކަށް ދިރުމެއް ލިބޭނޭ ނިޢުމަތެއް
ނަފުސު ޠޯހިރުކުރުމުގައި ހިތުގައި އަޒުމުކަނޑައެޅުމަކީ
. ‍‍‍‍‍‍‍ . ‍‍‍‍‍ . .ކަފުނުގައި ވަކިވާ ދުވަހު ފިނިކަން ލިބޭނޭ ނިޢުމަތެއް
ފަނޑުނުވާ މަތިވެރިސުޙުފު ކިޔެވުންމަތީ ދެމިހުރުމަކީ
. ‍‍‍‍‍‍‍ . ‍‍‍‍‍ . .ފަނޑުވުމެއް ނެތް ދާއިމީ އެ ހަޔާތުގައި ބޮޑުނިޢުމަތެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ފާތިމަތު ސަޢީދު، ޗަމްޕާޕޫލުމާގެ، ސ. ހިތަދޫ