އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޮކްޓޯބަރ މަހު އެކްސްޕޯޓު ކުރި މިންވަރު i އިތުރުވެ އިމްޕޯޓު ކުރި މިންވަރު 1% އިތުރުވެއްޖެ!

އޮކްޓޯބަރ މަހު އެކްސްޕޯޓު ކުރި މިންވަރު i އިތުރުވެ އިމްޕޯޓު ކުރި މިންވަރު 1% އިތުރުވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ފާއިތުވި އޮކްޓޯބަރ މަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ މިދިއަ އަހަރުގެ އޮކްޓޯބަރ މަހާ އަޅާބަލާއިރު 69 އިންސައްތަ އިތުރުވެފައި ކަމަށް ކަސްޓަމުގެ ތަފާތު ހިސާބުތަކުން ދައްކައިފިއެވެ. މިދިއަ އަހަރުގެ އޮކްޓޯބަރ މަހު 217 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު މި އަހަރުގެ އޮކްޓޯބަރ މަހު މި ޢަދަދު ވަނީ 366 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ.

ފާއިތުވި އޮކްޓޯބަރުމަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު މިދިއަ އަހަރުގެ އޮކްޓޯބަރ މަހާއި އަޅާބަލާއިރު 1% އިތުރުވެފައެވެ. މިދިއަ އަހަރުގެ އޮކްޓޯބަރ މަހު ދިވެހިރާއްޖެއަށް އެތެރެކޮށްފައިވަނީ 2.7 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއަހަރުގެ އޮކްޓޯބަރ މަހު މި ޢަދަދުވަނީ 2.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އިމްޕޯޓު ޑިޔުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ މިދިއަ އަހަރުގެ އޮކްޓޯބަރ މަހާއި އަޅާބަލާއިރު ހުސްވި އޮކްޓޯބަރ މަހު %3 އިތުރުވެފައެވެ. ފާއިތުވި އޮކްޓޯބަރ މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 215 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިދިއަ އަހަރުގެ އޮކްޓޯބަރ މަހު ލިބިފައިވަނީ 208 މިލިއަން ރުފިޔާއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު