އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފެންބަލައި ދާ ކަމަނަ

ފެންބަލައި ދާ ކަމަނަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ބަނޑިޔާ ބޮލަށްލައިގެން ދެއިރު ދާތަން ފެނޭ މިސްކިތްމަގުން
...............................ބަނޑިލައްވަމުން ދާއިރު އުފާވެރިކަން ފެނޭ ހަރަކާތްތަކުން
ފުރަތަމަ ނަޒަރުކޮށްލީ ޒަޚަމް ޖާދޫގެ ހޫރުޕަރީ އެކޭ
..............................ކުރަހަން މިހިތުގައި އެދެވުނީ ތަސްވީރު ފުރިހަމަވީކަމުން
ފަތިހަށިއޮމާން، ހޯއްދުންރިވެތި އިސްކޮޅުރަނގަޅު ލިބިވީކަމުން
...............................ދަތި ހިތް މަގޭ ތޮޅިލައިފިޔޭ ވިންދާއެކީ ކުރި އަސަރަކުން
އިސްތަށިގަނޑާ މޫނާ ލޮލުން ފަރިކަން ފެނޭއިރު ލޯމަތިން
...............................ވިސްނުން ފިކުރު ހީވޭ އޮޅޭހެން ހިއްސުވެސް މަންމަންވަމުން
އަތުކުރިގިއުޅު ނަލަ ހޫރަމުން ޒީނަތުގެ ތަނޑުބައި ތަޅުވަމުން
...............................ހަތުރުންގެ ހިތްވެސް ކަތިލަމުން ކަމަނާ ދަނީ އިޝްގީވަމުން
ހެނދުނާ ހަވީރުގެ ފިނިމަތީ ކަމަނާ ދެކެން ފިރހެންވެރިން
...............................އެދުމެއް ނެތަސް ހިތުގައި ބަލަންތިބެގެން އުފާ ހޯދާ ހިތުން
ބޮލުގައި އެވާ ބަނޑިޔާގެ ބުރަ އަރުވާ ލޮޅުންތައް ހަށިގަނޑުން
...............................ލޮލުގައި މަގޭ ވާ އަލިކަމަށް ނޫރެއް އިތުރު ކުރުވީ މުޅިން
ފިޔަވަޅުތަކުން އަޅަމުން އެދާ ލަކިޖެހި އޮހޭފެން ބަނޑިޔަލުން
...............................ނިޔަނެތި ތެމޭ މުނާ ރިވެތި ކަނދުރާ ވިދާ ފެންތިކިތަކުން
ތަރިއެއް އުޑުން ހާސިލްނުވާނޭ ބުނެ މަގޭ ހިތްރުއްސަމުން
.......................ފަރިކަން ބަލަން ދެއިރަށް ނިކުމެ އިންނަން ފެށީ ކަމަނާ ބަލަން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ފާތިމަތު ސަޢީދު، ޗަމްޕާޕޫލުމާގެ، ސ. ހިތަދޫ