އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސޮނާކްޝީގެ "ނޫރު" އަންނަ އަހަރުގެ އޭޕްރިލް 21 ގައި ރިލީޒްކުރަނީ

ސޮނާކްޝީގެ "ނޫރު" އަންނަ އަހަރުގެ އޭޕްރިލް 21 ގައި ރިލީޒްކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

މިއަހަރުގެ ތެރޭގައި ބޮކްސް އޮފީހުގައި އެންމެ ކުރީގައި އުޅުނު ފިލްމުތަކުގެ ތެރޭގައި ބޮލީވުޑްގެ ބަޠަލާ ސޮނާކްޝީ ސިންހާގެ ފިލްމުތައް ހިމެނުނުކަން ޔަޤީނެވެ. އޭގެ ތެރޭގައި ދާދި ފަހުން ނެރުނު އަކީރާ ފަދަ ތަފާތު ފިލްމުތައް ވެސް ވަނީ ފެނިގެން ގޮސްފައެވެ.

އަންނަ އަހަރު ރިލީޒްކުރުމަށް ރާވާފައިވާ ފިލްމުތަކުގެ ތެރެއިން "ނޫރު" ގެ ޕޯސްޓަރ ސޮނާކްޝީގެ އިންސްޓަގްރާމްގައި މިހާރު ވަނީ ޕޯސްޓް ކޮށްފައެވެ. ހަމައެއާއެކު އިތުރު ފިލްމުތަކެއް ވެސް ކިޔޫގައި އެބަހުރި ކަމަށާއި އަންނަ އަހަރުގެ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު "ނޫރު" ރިލީޒް ކުރާ ކަމަށް ވެސް އެ ޕޯސްޓުގައި ވެއެވެ.

ސޮނާކްޝީގެ އިންސްޓަގްރާމްގައި ޝެއަރކޮށްފައިވާ ޕޯސްޓުގައި "އޭނާއަކީ އިރުގެ ދޯދިތައް ކަމަށާއި، ޠޫފާނަކާއެކީ އަޔަސް އޭނާއަކީ ވަރަށް އާދައިގެ ވަކި ޚާއްޞަކަމެއް ނެތް ކުއްޖެއް ކަމަށް ވަނީ ލިޔެފައެވެ. އަދި އެއީ ހުރިހާ އަންހެން ކުދިންގެ ވާހަކަ ކަމަށާއި އެއީ "ނޫރު" ކަމުގައި ސޮނާކްޝީ ވަނީ ލިޔެފައެވެ.

"ނޫރު" އަކީ 2014 ވަނަ އަހަރު ޕާކިސްތާނުގެ ނޫސްވެރިއެއް ކަމަށްވާ ސަބާ އިމްތިޔާޒްގެ މައްޗަށް ލިޔެފައިވާ ވާހަކައެއް ކަމަށްވާ "ކަރާޗީ! ޔޫ އާރ ކިލިންގ މީ" ގެ މައްޗަށް ސުނިލް ސިޕީ ޑައިރެކްޓްކުރާ ފިލްމެކެވެ. މިފިލްމުގައި ސޮނާކްޝީ ސިންހާއާއެކު ކަނަން ގިލް އާއި ޕޫރަބް ކޯލީގެ އިތުރުން ޝިބާނީ ދަންދޭކަރް ފެނިގެންދާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ