އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓެންޒޭނިއާގެ މިނިސްޓަރ އޮފް ލައިވް ސޮޓްކް އެންޑް ފިޝަރީޒް، ހައްމާދު ރާޝިދު މުޙައްމަދު ރާއްޖެ ވަޑައިގެންފި

ޓެންޒޭނިއާގެ މިނިސްޓަރ އޮފް ލައިވް ސޮޓްކް އެންޑް ފިޝަރީޒް، ހައްމާދު ރާޝިދު މުޙައްމަދު ރާއްޖެ ވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ޓެންޒޭނިއާގެ މިނިސްޓަރ އޮފް ލައިވް ސޮޓްކް އެންޑް ފިޝަރީޒް، ހައްމާދު ރާޝިދު މުޙައްމަދު މިއަދު ރާއްޖެއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ އަރިއަހުގައި ޑީޕް ސީ ފިޝިންގ އޮތޯރިޓީއާއި ޤާނޫނު ހަދާ މަޖްލީސްގެބައެއް އިއްޒަތެރިން ހިމނިވަޑައިގަންނަވާ 11 ބޭފުޅުންގެ ވަފުދެއް ރާއްޖެ ވަޑައިގެންނެވިއެވެ.

ޓެންޒޭނިއާއަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި މަސްވެރިކަން ތަމްސީލު ކުރާ އިންޑިއަން އޯޝަން ޓިއުނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) އަދި ސައުތް ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަން (އެސް.ޑަބްލިޔު. އައި. އޯ. އެފް. ސީ) ގައި ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ޤައުމު.

މި ވަފުދު ރާއްޖެއަށް ވަޑައިގެންނެވީ ދެމެހެޓެނިވި ގޮތެއްގައި ދިވެހިރާއްޖެއިން ކުރަމުންދާ ދޮށީގެ މަސްވެރިކަމާއި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތް ތަރައްޤީވެފައިވާ ގޮތާބެހޭގޮތުން މަޢުލޫމާތު ހޯއްދެވުމަށާއި ދެ ޤައުމުގެ ދެމެދުގައި މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށެވެ.

އެ ގޮތުން ރާއްޖޭގެ މަސްވެރިކަން އިތުރަށް ދެނެގަތުމަށްޓަކައި ރާއްޖޭގެ މަސް ކާރުޚާނާތަކަކަށް ޒިޔާރަތް ކުރެއްވުުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން މި ވަފުދުގެ ބައެއް ބޭފުޅުން މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޙަފްލާގައި ބައިވެރިވެ ވަޑައިގަތުމުގެގޮތުން މަސްވެރިންގެ ދުވަސް ރަސްމީ ގޮތެއްގައި ފާހަގަކުރަމުން ދާ ގއ. ގެމަނަފުއްޓަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފއެވެ.

މި ވަފުދުގެ ބޭފުޅުން ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު