އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމީ ޔުނިވަރސިޓީ (އިޢުލާން)

އިސްލާމީ ޔުނިވަރސިޓީ (އިޢުލާން)


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 53 ސިކުންތު

ނަންބަރު:170-AA/I/2016/149

މޯލްޑިވްސް އިސްލާމިކް ބޭންކުން،ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ލިބިފައިވާ ސްކޮލަރޝިޕްގެ ފުރުޞަތުތައްތިރީގައި މިވަނީއެވެ.މިއީ ފުލް ސްކޮލަރޝިޕްތަކެކެވެ.

ކޯހުގެ ޢަދަދު: 5
ކޯސް: ބެޗްލަރ އޮފް އިސްލާމިކް ފައިނޭންސް
މުއްދަތު: 3 އަހަރު
ޔުނިވަރސިޓީ: އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ޝަރުތުތައް:
• ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެޗް.އެސް.އެސް.ސީ ދެ ފާސް (ފާސް ކަމުގައި ބެލެވެނީ ޖީ.ސީ.އީ އޭ ލެވެލް ނަމަ ދަށްވެގެން "އީ" ގްރޭޑް، އެޗް.އެސް.އެސް.ސީ ނަމަ ދަށްވެގެން "ސީ" ގްރޭޑް)، ނުވަތަ ޝަހާދާޘާނަވިއްޔާ ފާސް، ނުވަތަ ގުޅޭ ދާއިރާ އަކުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ޤަބޫލު ކުރާ ލެވެލް 4 ގެ ސަނަދެއް އޮތުން
• ޖީ.ސީ.އީ އޯލެވެލްގެ އިގިރޭސިން ދަށްވެގެން [ސީ] ގްރޭޑް، ނުވަތަ IELTSސްކޯރ 6.0 ނުވަތަ TOFEL ސްކޯރ 550 ލިބިފައިވުން

އެހެނިހެން ޝަރުޠުތައް:
• ދިވެހި ރައްޔިތެއް ކަމުގައިވުން.
• މޯލްޑިވްސް އިސްލާމިކް ބޭންކްގައި ވަޒީފާ އަދާކުރާ މީހަކު ކަމުގައި ނުވުން.
• މޯލްޑިވްސް އިސްލާމިކް ބޭންކްގައި ވަޒީފާ އަދާކުރާ މީހެއްގެ އަނބިމީހާ/ފިރިމީހާ، ދަރިން، މަންމަ، ބައްޕަ، އެއްބަނޑު، ނުވަތަ އެއްބަފާ މީހަކު ކަމުގައި ނުވުން.
• ސްކޮލަރޝިޕަށް ހޮވުމުގައި އެމީހެއް ނުވަތަ އެމީހަކަށް މާލީ ގޮތުން އެހީވެދޭނެ ފަރާތެއްގެ މާލީ ތަނަވަސްކަމުގެ ހާލަތަށް ބަލައި، މާލީ ގޮތުން ތަނަވަސްކަމެއް ނެތް ފަރާތަކަށް އިސްކަން ދެވޭނެއެވެ.

ސްކޮލަރޝިޕް ގައި ހިމެނެނީ:
• ކޯސް ފީ (މި ފީ ދައްކާނީ އެމް.އައި.ބީ. އިން އައި.ޔޫ.އެމް.އަށް).
• ކޯހުގައި ކިޔެވުމަށްޓަކައި މާލެ ބަދަލުވާނަމަ، އެސްޓެބްލިޝްމަންޓް އެލަވަންސް 2000/- ދިވެހި ރުފިޔާ.
• ކޯހުގައި ކިޔެވުމަށްޓަކައި މާލެ ބަދަލުވާނަމަ، އެރައިވަލް އެލަވަންސް 1750/- ދިވެހި ރުފިޔާ.
• ލެޕްޓޮޕް އެލަވަންސް 7000/- ދިވެހި ރުފިޔާ.
• ކޯހުގައި ކިޔެވުމަށްޓަކައި މާލެ ބަދަލުވާނަމަ، އަހަރަކު އެއްފަހަރު ރަށަށް ގޮސް އައުމަށްޓަކައި އެއާ ޓިކެޓް (އެންމެ ގިނަވެގެން 3500/- ދިވެހި ރުފިޔާ).
• ކޮންމެ ސެމެސްޓަރ އަކު ބުކް އެލަވަންސް 1000/- ދިވެހި ރުފިޔާ.
• ކޮންމެ މަހަކު ޕޮކެޓްމަނީ 1000/- ދިވެހި ރުފިޔާ.
• ކޯހުގައި ކިޔެވުމަށްޓަކައި މާލެ ބަދަލުވާނަމަ، ކޮންމެ މަހަކު އެކޮމޮޑޭޝަން އެންޑް ފުޑް 2500/- ދިވެހި ރުފިޔާ.

ހުށަހަޅަންޖެހޭ ތަކެތި:
• ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެ ފޯމްގައި ބަޔާންކޮށްފައިވާ ތަކެތި.
• ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަޞްލާއި އެއްގޮތްކަމަށް ބަޔާންކޮށް.
• އެދޭ ފަރާތުގެ ވަނަވަރު.

ބޮންޑު: ކޯސް ފުރިހަމަ ކުރުމަށްފަހު ދިވެހިރާއްޖޭގެ އިސްލާމިކް ބޭންކަށް ދެ (2) އަހަރު ދުވަހުގެ މުއްދަތަކަށްޚިދުމަތް ކޮށްދިނުން.

ސްކޮލަރޝިޕް ފޯމް ބަލައިގަންނަ އެންމެ ފަހު ތާރީޚް: 22ޑިސެމްބަރ 2016 ވާބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުރިހާ ޑޮކިއުމަންޓްތަކާއި އެކު ސްކޮލަރޝިޕް ފޯރމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅަން ވާނެއެވެ.

ސްކޮލަރޝިޕަށް އެދޭ ފޯމް ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް ޔުނިވަރސިޓީގެ ކައުންޓަރުންނާއި، ޔުނިވަރސިޓީގެ ވެބްސައިޓުން http://www.ium.edu.mv ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު 3322718 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.


ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
08ޑިސެމްބަރ2016



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް