އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަމަލް ކުލޫނީ 300 މިލިއަން ޑޮލަރަށް ވަރިވަނީ!

އަމަލް ކުލޫނީ 300 މިލިއަން ޑޮލަރަށް ވަރިވަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ޖޯޖް ކުލޫނީ އާއި އަމަލް ކުލުނީގެ ކައިވެނި 300 މިލިއަން ޑޮލަރަށް ރޫޅާލަން ހުށަހަޅައިފިކަމަށް މައުލޫމާތު ލިބިފައިވާކަމަށް ލޮސް އެންޖަލްސްގެ ބައެއް ނޫސްތަކުގައި ހާމަކޮށްފިއެވެ. ބައެއް ނޫސްތަކުގައި މިކަމަށް ވަނީ ސުވާލު އުފައްދައިފައެވެ.

ލޮސް އެންޖަލްސްގެ ބައެއް ނޫސްތަކުން ބުނާ ގޮތުން ކައިވެނި ރޫޅާލަން ނިންމީ ޖޯޖް ކުލޫނީ ދަރިން ބޭނުން ނުވުމާއި އަމަލް ކުލޫނީ ދަރިން ބޭނުންވުމުންނެވެ. އަދި މިހާރުވެސް ދެމީހުން އުޅެނީ މިކަމުގައި ޚިޔާލުތަފާތުވެ ވަކިންނެވެ.

ދެމަފިރިންގެ ގާތް ބައެއް މީހުން ބުނެފައިވަނީ ދެމަފިރިން ލޯބިވާ ކަމަށެވެ. ހަމައެކަނި މައްސަލައަކީ ދަރިން ހޯދުމުގެ މައްސަލަ ކަމަށެވެ.

"ދެމަފިރިން ކިތަންމެ ވަރަކަށްވެސް ލޯބިވޭ. ނަމަވެސް ބޭނުންތައް ތަފާތުވަނީ. އެހެންވެ ދެމަފިރިންގެ ހަޔާތް މިހާރު ވަނީ ހަތަރު އަނގޮޅިއެއްގަ."

ޖޯޖްގެ ބައެއް ރައްޓެހިންނާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ޖޯޖް އެންމެ ފޫހިވަނީ އަމަލްގެ ޚަރަދުތައް ބޮޑުވެފައި ދިރިއުޅެން ބޭނުންވާ ފެންވަރު މަތިކަމުން ކަމަށެވެ. އަދި ޖޯޖް ގެންދަނީ އިނގިރޭސިވިލާތައް ދިރިއުޅުން ބަދަލުކުރަން ވިސްނަމުން ކަމަށެވެ.

ދެމަފިރިން ކައިވެނިކުރީ 20014 ވަނަ އަހަރުއެވެ.

އަމަލް ކުލުނީ އަކީ ރައީސް މުޙައްމަދު ނަޝީދުގެ ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލެއްގެގޮތުން ރާއްޖެ އައިސްފައިވާ އަންހެނެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް