އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ މަހުބޫލް އެއާލައިނަކަށް ސްރީލަންކަން

އެންމެ މަހުބޫލް އެއާލައިނަކަށް ސްރީލަންކަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

އިންޑިއަން އޯޝަން ސަރަހައްދުގައި މިދިޔަ އަހަރު ދަތުރުފަތުރު ކުރި އެންމެ ރަނގަޅު އެއަރލައިންގެ މަގާމު، ސްރީލަންކަން އެއަރލައިނުން ހޯދައިފިއެވެ.

މި މަގާމު އެ އެއަރލައިނަށް ލިބުނީ މިމަހު ދެވަނަ ދުވަހު އިރުފުށީގައި ބޭއްވި ދުނިޔޭގެ ތޭވީސް ވަނަ "ޓަރަވެލް އެވާރޑް" ދިނުމުގެ ކުލަގަދަ ރަސްމިއްޔާތުގައެވެ. މި މަގާމް ސްރީލަންކަންއިން ހޯދީ އެތަކެއް އެއަރލައިނާ ވާދަކޮށްގެންނެވެ.

ސްރީލަންކަން އެއަރލައިނުން ވަނީ ސިނގަޕޫރު ގައި މިއަހަރު ބޭއްވި "ފިއުޗަރ ޓްރަވެލް އެކްސްޕީރިއެންސް އޭޝިއާ" އެވޯޑުން ދެކުނު އޭޝިއާ އާއި މެދުތެރޭ އޭޝިއާ އަށް ދަތުރު ކުރާ އެންމެ މަގުބޫލް އަދި ޚިދުމަތްތެރި އެއަރލައިންގެ މަގާމްވެސް ހޯދައިފައެވެ.

މި އެއާލައިނުންވަނީ މިމަހު އެއްވަނަ ދުވަހުން ފެށިގެން "ގަން އިންޓަރނޭޝަނަލް އެއަރޕޯޓު" އަށް ދަތުރު ކުރަން ފަށައިފައެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ ފާއިތުވެ ދިޔަ ތިން މަސް ތެރޭގައި އެ އެއަރލައިނުން ކާމިޔާބު ކަމާއެކު ދަތުރު ކުރަން ފެށި އެގާރަ ވަނަ މަންޒިލެވެ. މީގެ އިތުރުން ފާއިތުވެ ދިޔަ ތިން މަސް ތެރޭ އެ އެއަރލައިނުން ވަނީ ސީޝެލްސް، ބަހުރައިން، މަސްކަޓް، ޖަކާޓާ، މަދޫރާއި، ކޮލްކަތާ، ލާހޯރު، ޑާކާ، ވަރަނަސި އަދި ބޮދްގަޔާ އަށް ދަތުރު ފަތުރު ކުރަން ފަށާފައެވެ.

ސްރީލަންކަން އިން ވަނީ އޭޝިއާ އަދި "މިޑްލް އީސްޓް" ގެ އެކި މަންޒިލް ތަކަށް ދަތުރުފަތުރު ކުރުމުގެ ޚިދުމަތްތައް ފުޅާކޮށްފައެވެ.
އިންޑިއާގައި ޚިދުމަތް ދެމުން ގެންދާ އެންމެ ބޮޑު ފޮރިން ނެޓުވޯކަށް ސްރީލަންކަންވަނީ ވެފައެވެ. އެ އެއަރލައިނުން ހަފްތާ އަކު ސަތޭކަ ދަތުރު އިންޑިއާގެ އެގާރަ ސަރަޙައްދަކަށް މިހާރުވެސް ކުރެއެވެ. އަދި ދިވެހި ރާއްޖެއަށް ހަފްތާ އަކު ފަންސަވީސް ދަތުރު ކުރެއެވެ. މި އީ ރާއްޖެއަށް ދަތުރުކުރާ ބައިނަލް އަގުވާމީ އެންމެ ބޮޑު އެއަރލައިން ނެޓުވޯކެވެ.

"ވަން ވޯލްޑް ގޮލޯބަލް އެއަރލައިންސް އެލައެންސް" ޝިއާރުގެ ދަށުން ސްރީލަންކަން އެއަރލައިނުން ދުނިޔޭގެ ސާޅީސް ހަތް ގައުމެއްގެ ސަތޭކަ އެއް ސިޓީގައި އެ އެއަރލައިންގެ ނެޓްވޯކު ގާއިމު ކޮށްފައިވެއެވެ. އަދި "ވަން ވޯލްޑް ވައިޑް ނެޓުވޯކް" މި ޝިއާރުގެ ދަށުން އެ އެއަރލައިނުގެ ފަސިންޖަރުން ދުނިޔޭގެ ސަތޭކަ ފަސްދޮޅަސް ގައުމެއްގެ އެއްހާސް މަންޒިލަކާ ހަމައަށް ގެންގޮސް ދިނުމުގެ ޚިދުމަތް ފޯރުކޮށްދެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު