އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫއިން "އަންލިމިޓެޑް ތަޖުރިބާ" އެކުލެވޭ އާ ޕޯސްޓްޕެއިޑް ޕެކޭޖްތަކެއް ތަޢާރަފްކޮށްފި

އުރީދޫއިން "އަންލިމިޓެޑް ތަޖުރިބާ" އެކުލެވޭ އާ ޕޯސްޓްޕެއިޑް ޕެކޭޖްތަކެއް ތަޢާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 1 ސިކުންތު

ކަސްޓަމަރުންނަށް ގިނަގުނަ ފައިދާތައް އެކުލެވޭ އެންމެ ފުރިހަމަ ޕޯސްޓްޕެއިޑް ޕެކޭޖްތައް އުރީދޫ މޯލްޑިވްސްއިން މިއަދު ތަޢާރަފްކޮށްފިއެވެ. ކަސްޓަމަރުންގެ ޑިޖިޓަލް ލައިފްސްޓައިލާ ގުޅޭ މި ޕޯސްޓްޕެއިޑް ޕްލޭންތަކުގައި އަންލިމިޓެޑް ކޯލް، އަންލިމިޓެޑް އެސްއެމްއެސް، އަދި އަންލިމިޓެޑް ޑޭޓާ ހިމެނެއެވެ.

އަލަށް ތަޢާރަފް ކުރެވުނު ޕޯސްޓްޕެއިޑް ޕްރިމިއަމް 1499 އަދި ޕޯސްޓްޕެއިޑް ޕްރިމިއަމް 1999 އަކީ ވިޔަފާރީގެ ބައިވެރިންނާއި މުވައްޒަފުން އަދި ކަސްޓަމަރުންނާއި އަބަދުމެ މުޢާމަލާތު ކުރައްވަންޖެހޭ ޕްރޮފެޝަނަލް މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވަރަށް އެކަށޭނަ ޕެކޭޖްތަކެކެވެ. މިޕެކޭޖްތަކުން ލިބިވަޑައިގަންނަވާ ފައިދާތަކުގެ ތެރޭގައި: ރާއްޖޭގެ އެންމެ ހަލުވި 4G ނެޓްވޯކުގައި ބޭނުންކުރެއްވުމަށް ބޮޑެތި ޑޭޓާ އެލަވަންސް ޕޯސްޓްޕެއިޑް ޕްރިމިއަމް 1499 އާއެކު 25ޖީބީ ލިބިވަޑައިގަންނަވާނެ އެވެ. އަދި: ޕޯސްޓްޕެއިޑް ޕްރިމިއަމް 1499 އާއިއެކު 5000 އެސްއެމްއެސް ވެސް ލިބިވަޑައިގަންނަވާނެއެވެ.

ޕޯސްޓްޕެއިޑް ޕްރިމިއަމް 1999 އާއެކު އަންލިމިޓެޑް ޑޭޓާ. ރާއްޖޭގެ ހުރިހާ ލޯކަލް ނަންބަރުތަކަށް އަންލިމިޓެޑް ކޯލްސް. އަންލިމިޑެޓް އެސްއެމްއެސް. އަދި ބޭނުން 5 ޤައުމަކަށް 50% އައިޑީޑީ ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ.

މި ޕެކޭޖްތައް ތަޢާރަފް ކުރުމަށް މިއަދު ހަވީރު އުރީދޫ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ހެޑް އޮފް ވޮއިސް ޕްރޮޑަކްޓްސް އަރުޝަދު ޝާކިރު ވިދާޅުވީ އުރީދޫގެ އަމާޒަކީ ކަސްޓަމަރުންނަށް ބޭނުންވާ ހުރިހާ ފައިދާތަކެއް ލިއްބައިދޭ ޚިދުމަތްތަކެއް ފޯރުކޮށްދީ، ކަސްޓަމަރުންގެ އަމާޒުތަކާއި އުއްމީދުތައް ޙާސިލްކުރުމަށް މަގުފަހިކޮށްދީ ބާރުވެރިކޮށްދިނުން ކަމަށެވެ. "އަޅުގަނޑުމެންގެ އާ ޕޯސްޓްޕެއިޑް ޕްރިމިއަމް ޕެކޭޖުތަކަކީ މެދުނުކެނޑި ކޯލް، އެސްއެމްއެސް އަދި މޯބައިލް ޑޭޓާ ބޭނުންކުރައްވައިގެން މުވާޞަލާތު ކުރައްވާ ކަސްޓަމަރުންނަށް ޚާއްޞަކޮށް ބައްޓަންކުރެވިފައިވާ ޕެކޭޖްތަކެއް."

މިއަދު ތަޢާރަފް ކުރި ޕޯސްޓްޕެއިޑް ޕްރިމިއަމް ޕެކޭޖްތަކާއިއެކު، ޕްރިޕެއިޑް ޕްލޭން ބޭނުންކުރައްވާ ކަސްޓަމަރުންގެ ތެރެއިން ޕޯސްޓްޕެއިޑްއަށް އަޕްގްރޭޑްކުރައްވަން ބޭނުންފުޅުވާ ކަސްޓަމަރުންނަށް ވަރަށް އެކަށޭނަ ޕޯސްޓްޕެއިޑް ޕެކޭޖެއްވެސް ވަނީ ތަޢާރަފް ކޮށްފައެވެ. އަލަށް ތަޢާރަފް ކުރެވުނު ޕޯސްޓްޕެއިޑް 299 އާއެކު ލޯކަލް ނަމްބަރުތަކަށް ގުޅުއްވުމަށް 1500 މިނެޓު، 500 އެސްއެމްއެސް، 1 ޖީބީގެ ހިލޭ ޑޭޓާ، އަދި ހިލޭ ގުޅޭ 1 ނަމްބަރު އެކުލެވިގެންވެއެވެ. އަދި މިއާއެކު ރާއްޖެއިން ބޭރަށް ގުޅުއްވުމަށް، އިޚްތިޔާރު ކުރައްވާ އެއް ޤައުމަކަށް %50 ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން ކަސްޓަމަރުންނަށް އިތުރު ފައިދާތައް ލިއްބައިދޭ އުރީދޫ ޑޭޓާ އެޑްއޯންސް، ލިވްއަންލިމިޓެޑް އެޑްއޯންސް، މެސަޖިންގ އެޑްއޯންސްގެ އިތުރުން އައިޑީޑީ އެޑްއޯންސް އެކްޓިވޭޓްކޮށް ޕޯސްޓްޕެއިޑް ޕެކޭޖު ބޭނުންވާ ގޮތަކަށް ފަރުމާކުރެވޭނެއެވެ.

އަލަށް ތަޢާރަފްކުރި ޕޯސްޓްޕެއިޑް ޕެކޭޖްތަކާއިއެކު އުރީދޫނެޓްވޯކްއާއިއަލަށް ގުޅިވަޑައިގަންނަވާ ކަސްޓަމަރުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ވައިބާ ހިލޭ ބޭނުންކުރެވޭ ވަރަށް ޚާއްޞަ ޕްރޮމޯޝަންއެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. އުރީދޫއިން މިއަދު ތައާރަފްކުރި ޚާއްސަ ޕްރޮމޯޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކުރިއަށްއޮތް 6މަސް ދުވަހު މުޅިން ހިލޭ ވައިބަރ އެޕްލިކޭޝަން މެދުވެރިކޮށް ގާތްތިމާގެ ބޭފުޅުންނާއިއެކު ޗެޓްކޮށް، ސްޓިކަރ ފޮނުވައި، ފޮޓޯ އަދި ވީޑިއޯ ޙިއްޞާކުރެވޭނެއެވެ. އުރީދޫއާއި އަލަށް ގުޅިވަޑައިގަންނަވާ ހުރިހާ ކަސްޓަމަރުންނަށާއި އުރީދޫ ނެޓްވޯކަށް ނަމްބަރު ބަދަލުކުރައްވާ ހުރިހާ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވަޑައިގެންނެވޭނެއެވެ.

އުރީދޫއިން މިހާރު ކުރިއަށް ގެންދާ ނެޓްވޯކް މޮޑަނައިޒޭޝަން ޕްރޮޖެކްޓްގެ ދަށުން 4G ގެ ޚިދުމަތް ވަނީ އިތުރު 40 ރަށަކަށް ފުޅާކުރެވިފައެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ސްޕީޑާއިއެކު ފުރިހަމަ ކަނެކްޓިވިޓީ އިތުރު ފުރިހަމަކަމާއިއެކު މިހާރު ތަޖުރިބާ ކުރެއްވޭނެއެވެ. މިއާއި އެކު ރާއްޖޭގެ އާބާދީގެ 44 އިންސައްތައަށް އުރީދޫ 4G ނެޓްވޯކުގެ ޚިދުމަތް މިހާރު ލިބިވަޑައިގަންނަވާނެއެވެ.

އުރީދޫގެ ހުރިހާ ޕެކޭޖްތަކެކޭ އެއްގޮތަށް އަލަށް ތަޢާރަފްކުރެވުނު ޕޯސްޓްޕެއިޑް ޕެކޭޖްތައްވެސް އުރީދޫގެ ހަލުވި 4G ނެޓްވޯކްގައި ބޭނުންކުރެއްވޭނެއެވެ. މީގެ އިތުރުން އުރީދޫގެ 4G ނެޓްވޯކަށް 31 ޑިސެމްބަރ 2016 ގެ ކުރިން އަޕްގްރޭޑް ކުރައްވާ ހުރިހާ ކަސްޓަމަރުންނަށްވެސް 2 ޖީބީ ގެ ހިލޭ ޑޭޓާ ލިބިވަޑައިގަންނަވާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު