އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލެ ފެރީގައި ޤްރްއާން ކިޔަވައި ބަޤަރާ ސޫރަތާ އިތުރު 6 ސޫރަތް ހިތުދަސްކޮށްފި!

ހުޅުމާލެ ފެރީގައި ޤްރްއާން ކިޔަވައި ބަޤަރާ ސޫރަތާ އިތުރު 6 ސޫރަތް ހިތުދަސްކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ހުޅުމާލެ ފެރީން ކޮންމެ ދުވަހަކު މާލެ އައިސް ވަޒީފާ އަދާކުރުމަށްފަހު އެނބުރި ހުޅުމާލެއަށްދާ އަންހެނަކު ފެރީގައި ލިބޭ ވަގުތު ޤްރްއާން ކިޔަވައި ބަޤަރާ ސޫރަތާއި އިތުރު 6 ސޫރަތް ހިތުދަސްކޮށްފިއެވެ.

މިއަދުނޫހާއި މައުލޫމާތު ޙިއްޞާކުރަމުން އޭނާ ބުނީ އޭނާ އެކަމަށް ހިތުއަޅައި މަސައްކަތް ފެށީ މިދިއަ ރަމަޟާންމަހަށްފަހުގައި ކަމަށެވެ. "އަޅުގަނޑު އަބަދުވެސް ޤްރްއާން ކިޔަވަން. ފެރީގައި އިނދެގެންވެސް ކިޔަވަން، އަޅުގަނޑަށް ފެނުނީ މިއަދުނޫހުގަ އޮތް ލިޔުމެއް ޝައިޚް ނަސްރުﷲ އިދްރީސްގެ ދަރުސަކާ ހަވާލާދި."

އޭނާ ބުނީ އެ ލިޔުމުގެ ސަބަބުން ވަރަށް ބޮޑު އިތުރު ހިތްވަރެއް ލިބުނު ކަމަށާއި އެ ހިސާބުން މަސައްކަތް ފެށީ ހިތުދަސް ކުރެވޭތޯ ކަމަށެވެ. "މި ހިތުދަސް ކުރެވުނީ އަޅުގަނޑު ވަރަށް ފަރިތަކޮށް ކިޔަވަމުން އަންނަ 7 ސޫރަތް. މާތްﷲ ވާގިފުޅާއިއެކު އެހެން ސޫރަތްތައްވެސް ހިތުދަސްކުރާނަން. ކީރިތި ޤްރްއާނުގައި އަޅުގަނޑު ބީރައްޓެހި ސޫރަތެއް ނުއޮންނާނެ. މި މަސައްކަތް ފެށުމުގެ ކުރިން އަޅުގަނޑު ވާނީ ޢަންމާ ފޮތްވެސް ހިތުން ދަސްކޮށްފަ."

އެނާ ބުނީ އޭނާ އަކީ 2 ދަރިންގެ މަންމަ ކަމަށެވެ. ފްލެޓެއް ކުއްޔަށް ހިފައިގެން ދިރިއުޅެނީ މަންމަ ވެސް ގޮވައިގެން ކަމަށެވެ. "އަޅުގަނޑުގެ މަންމަ އަޅުގަނޑު އެންމެ ކުޑައިރުވެސް ހިތްވަރު ދޭނެ ވީހައި ގިނައިން ޤްރްއާން ކިޔަވަން. ދެން ދާދި ފަހަކާއި ޖެހެންދެން ކިޔެވޭ މިންވަރު މަދުވަނީ އަބަދު ވުޟޫކުރަންޖެހޭތީ. މިހާރު ފޯނުން ކިޔެވެތީ ވަރަށް ފަސޭހަ. އަޅުގަނޑުގެ ފިރިމީހާ މިހާރު މިއޮތީ ސްކްރީން ބޮޑު ފޯނެއްވެސް ހޯދައިދީފަ."

އެނާ ބުނީ އެނާގެ އިތުރު ދެ ރަހްމަތްތެރިއަކުވެސް ފެރީ މަތީގައި ކީރިތި ޤްރްއާން ކިޔަވަން ފަށައިފި ކަމަށާއި އެ ދެ ރަހްމަތްތެރިންވެސް އައްރަހްމާން. ޔާސީން އަދި މުލްކް ސޫރަތް މިހާރު ހަމަ ފެރީގައި ކިޔަވައިގެން ހިތުން ކިޔަވަން ދަސްކޮށްފި ކަމަށެވެ.

"އަޅުގަނޑު މިކަން ލަޠީފާ ހިއްޞާ މިކުރަނީ ހަމަ އެންމެ ބޭނުމަކު. ފެރީ މަތީގަ ޗެޓުކުރުމުގެ ބަދަލުގަ ކީރިތި ޤްރްއާން ކިޔަވަން އެހެން މީހުންނަށް ހަމަ ހިތްވަރުދިނުމުގެ ގޮތުން."

ރަމަޟާން މަހު ހުޅުމާލޭ އައު މިސްކިތުގައި ދަރުސް ދެއްވަމުން ޝައިޚް ނަޞްރުﷲ ވިދާޅުވީ ފެރީ މަތީގައި ކޮޅަކަށް ލިބޭ 20 މިނިޓް ބޭކާރު ގޮތުގައި ފޯނު ބޭނުންކުރުމަށްވުރެ ފައިދާކުރާނީ ކީރިތި ޤްރްއާން ކިޔެވުމުން ކަމަށެވެ. އަދި އެގޮތަށް ކިޔަވައިގެން ބައެއް މީހުން ޚަޠިމްވެސް ކުރަމުން ގެންދާ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







Ali 2016-12-24 19:10:22

Bridge elhyma dhen thikan ves nukureveyne.bridge elhun huttaalaa


އަބްދުއްލަތީފް