އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަފްތާ ބަންދުގަ ޕާޓީކުރުން ޢާންމުވެއްޖެ- ފިރިން ދުނިޔޭގަ ތިބެ އަނބިން ހުވަފަތްކޮށް ދަރިން ޔަޠީމްކުރުން ހުއްޓާލާ! މުފްތީ މެންކް

ހަފްތާ ބަންދުގަ ޕާޓީކުރުން ޢާންމުވެއްޖެ- ފިރިން ދުނިޔޭގަ ތިބެ އަނބިން ހުވަފަތްކޮށް ދަރިން ޔަޠީމްކުރުން ހުއްޓާލާ! މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

ކޮންމެ ހުކުރު ދުވަހެއްގެ ހަވީރުން ފެށިގެން އާދީއްތަ ދުވަހުގެ ރެއާއިއެކު ޕާޓީ ބާއްވަން ދުނިޔެ އާދަކޮށްފި ކަމަށާއި އެކަމުގެ ސަބަބުން ފިރިން ދުނިޔޭގައި ތިއްބައި އަނބިން ހުވަފަތްވަމުން ދާ ކަމަށާއި ދަރިން ޔަޠީމްވަމުން އަންނަ ކަމަށާއި އެހެންކަމުން މާތް ﷲ އަށް ބިރުވެތިވެ މި ނުބައި އާދައިން ސަލާމަތްވުމަށް މުފްތީ އިސްމާޢީލް މެންކް ގޮވާލައްވައިފިއެވެ.

މުފްތީ މެންކް ވިދާޅުވީ ހުކުރު ދުވަހުގެ ހަވީރުން ފެށިގެން އާދިއްތަ ދުވަހުގެ ރެއާއިއެކު ޕާޓީ ކުރުމުން ވަރުބަލިވެ ހޯމަ ދުވަހު ހެނދުނު މަސައްކަތު ނުކުންނަން މީސްތަކުން ކަންނެތް ވެއްޖެ ކަމަށާއި ހަފްތާގެ 5 ދުވަހު ކުރި މަސައްކަތުން ލިބުނު އާމްދަނީ އެފަދަ މީހުން ހޭދަކުރަނީ ހަފްތާ ބަންދުގައި ޕާޓީ ބާއްވައި ފާފަކުރަން ޚަރަދުކުރުމަށް ކަމަށެވެ.

މުފްތީ ވިދާޅުވީ ދުނިޔޭގައި އުފާކުރަންވެސް ޖެހޭނެ ކަމަށާއި ނަމަވެސް އުފާކޮށް ހޭދަކުރަންޖެހޭނީ މާތް ﷲ އެންގެވި މަގުގައި ކަމަށެވެ. އުފާކުރަންޖެހޭނީ ޢާއިލާ އާއިއެކުގައި ކަމަށެވެ. އަނބިދަރިންނާއިއެކުގައި ކަމަށެވެ.

"އެކަމަކު ކިހިނެއްތޯ މިހާރު މިވަނީ؟ ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޢާއިލާ ދޫކޮށް ރޭގަނޑު ބޭރަށް ދިއުން. އަނބިންނާއި ދަރިން ދޫކޮށް ރަހްމަތްތެރިން ކައިރިއަށް ދިއުން. މައިން ބަފައިންގެ އިންތިޒާރުގަ ތިބޭ ދަރިން އެތިބެނީ އެކަމުގެ ސަބަބުން މައިން ބަފައިން ދުނިޔޭގަ ތިއްބާ ޔަތީމް ކުދިން ތިބޭ ފަދަ ނިކަމެތި ހާލަތުގަ. ފިރިން އެފަދައިން ކަންތައް ކުރީމާ އަނބިން އެތިބެނީ ފިރިމީހާ ދުނިޔޭގަ ހުއްޓާ ހުވަފަތްވެފަ. އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯ މި މައްސަލަތަކަށް ވިސްނާލަނީ؟"

"ކަލޭމެން ދަރިންނާއެކު ވަގުތު ހޭދަ ނުކުރީމާ ދަރިން ހަލާކުވަނީ ޑްރަގަށް ދަނީ. ނިކަން މަޖާކުރަންދޭބަލަ އާއިލާ ގޮވައިގެން. ޢާއިލާ ރޯން ގޭގައި ބައިތިއްބާފަ 1000 ރަޙްމަތްތެރިންނާއެކު މަޖާކުރުމަކީ ހަޤީޤީ އުފަލެއްތަ؟ އެއީ އުފަލެއް ނޫން."

މުފްތީ ވިދާޅުވީ ދުނިޔޭގައި ހޭދަކޮށްލަން ލިބޭ މަދު ވަގުތުކޮޅު ވީހައި ގިނަ މަޖަލުގައި އުޅޭ ބައަކު އުޅޭ ކަމަށާއި އެމީހުން ޤަބޫލުކުރާ ގޮތުގައި މަރުވުމުން އެއީ ހުރިހައި ކަމެއް ނިމުނީ ކަމަށެވެ. ނަމަވެސް ހަޤީޤަތަކީ މަރުވުމަކީ ދާއިމީ ހަޔާތްގެ ފެށުން ކަމަށެވެ. އެހެންކަމުން ދުނިޔޭގައި އުފާކޮށް މަޖާކުރަން ވާނީ މާތް ﷲ އެންގެވި މިންތަކުގެ ތެރެއިން ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް