އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެ-ކަޅުބިލަ ގެ ނަމުގައި މަހުގެ އުފެއްދުންތަކެއް ނެރެފި

ރާއްޖެ-ކަޅުބިލަ ގެ ނަމުގައި މަހުގެ އުފެއްދުންތަކެއް ނެރެފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 40 ސިކުންތު

ރާއްޖެ-ކަޅުބިލަ ގެ ނަމުގައި މަހުގެ އުފެއްދުންތަކެއް ސީ.އައި.ކޯ އިން ބާޒާރަށް ނެރެފިއެވެ.

މަޝްހޫރު ކެއްކުންތެރިޔާ ޖުވެރިޔާ ވަޖުދީ ވިދާޅުވީ މިއީ ރަހަމީރު ދިވެހި އުފެއްދުން ތަކެއް ކަމަށެވެ. "މިއީ ވަރަށް ދިވެހިވަންތަ ރަހަދޭ އެހާމެ ފެންވަރު ރަނގަޅު އެއްޗެއް. މި އުފެއްދުންތައް ގެނެސް އަޅުގަނޑު ޓެސްޓްކޮށް ރަހަވެސް ބަލައިފިން. މިއީ ވަރަށް މީރު އުފެއްދުންތަކެއް،" ޖުވޭ ވިދާޅުވިއެވެ.

މީރު ދިވެހިރަހެދޭ މި އުފެއްދުންތައް ލިބެންހުންނާނީ ސީ.އައި.ކޯ މަސްފިހާރައިންނާއި، ބައެއް ސްޕަރމާޓުތަކުންނާއި އަދި އާދައިގެ ފިހަރާތަކުން ކަމަށްވެސް ޖުވޭ ވިދާޅުވިއެވެ. މި އުފެއްދުންތަކުގެ ތެރޭގައި ރިހާކުރު، މަސްދަޅު، ވަޅޯމަސް، ހިކިމަސް، ހިމެނެއެވެ. މިއީ ވަރަށް ފެންވަރު ރަނގަޅަށް ޕެކެޓްކޮށް ބަންދު ކޮށްފައިވާ އުފެއްދުންތަކެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު