އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުރަތަމަ ފަށާނީ ސޮފްޓް ޓޯއީޒް އުފައްދަން- އިތުރު 5 މަސައްކަތްތައް ފަށާނަން: އިޤްޠިޞާދީ ވަޒީރު

ފުރަތަމަ ފަށާނީ ސޮފްޓް ޓޯއީޒް އުފައްދަން- އިތުރު 5 މަސައްކަތްތައް ފަށާނަން: އިޤްޠިޞާދީ ވަޒީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

އިކޮނޮމިިކް ހުޅުމާލޭގައި ތަރައްޤީކުރާ އެސްއެމްއީ އިމާރާތުގައި ފުރަތަމަ ފަށަން ހަަމަޖެހިފައިވަނީ ސޮފްޓް ޓޯއިޒް އުފެއްދުމުގެ މަސައްކަތްތައް ކަމަށާއި އެކަމަށް ކުރަންޖެހޭ ދިރާސާތައް ކުރުމުގެ މަސައްކަތްތައް މިހާރު ވަނީ ކޮށް ނިމިފައި ކަމަށް އިޤްޠިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މުޙައްމަދު ސަޢީދު މިއަދު ވިދާޅުވީ ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ މަސްމަހާ މެހީގެ ބާވަތްތަކާއި އަދި ރާއްޖެ އާއި ގުޅުންހުރި ބާވަތްތަކުގެ ސިފައިގައި ސޮފްޓް ޓޯއީޒް އުފެއްދުމުން ފަތުރުވެރިން ބަލަިއގަންނަ މިންވަރު ބޮޑުވާނެ ކަމަށެވެ. އަދި އެތަކެއްޗަކީ ރާއްޖޭގައި އުފައްދާ ތަކެތިކަމަށްވުމުން ރަނގަޅު އަގުގައި ވިކޭނެ ކަމަށެވެ.

11 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓާއިއެކު ފަށާ މި މަސައްކަތަށް ފަތުރުވެރިންނާއި ދިވެހިންގެ ފުރިހަމަ ތަރްހީބެއް ލިބިގެންދާނެ ކަމަށްވެސް މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީީން މިހާރު ވަނީ ސޮފްޓް ޓޯއީޒް އުފައްދާނެ 34 ބާވަތެއް ކަނޑައަޅައިފައެވެ. އަދި މިބާވަތްތަކުގެ ސާމްޕަލްތައް އެޕްރީލް މަސް ހައިތަނުގައި ބާޒާރަށް ނެރުމަށް ވެސް ގެންދަނީ މަސައްކަތްތައް ކުރަމުންނެވެ.

އިކޮނޮމިކް މިނިސްޓްރީގެ ނައިބް ޢަބްދުﷲ މުޙައްމަދު ވިދާޅުވީ 100 ވައްތަރުގެ ސޮފްޓް ޓޯއީޒް އުފެއްދުމަށް މަސައްކަތްކުރައްވާ ކަމަށާއި ފުރަތަމަ އިސްކަން ދެއްވާނީ ރާއްޖެ އާއި ގުޅުންހުރި ބާވަތްތައް އުފެއްދެވުމަށް ކަމަށެވެ.

ޢަބްދުﷲ މުޙައްމަދު ވިދާޅުވީ މި މަސައްކަތް ފަށައިގަންނައިރުވެސް 43 ވަޒީފާގެ ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށެވެ. އަދި މި މަސައްކަތަކީ އިތުރަށް ފުޅައުކޮށް ކުރިއެރުވުމުގެ ފުރުޞަތުތައް ބޮޑު މަސައްކަތެއް ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް