އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބެކްޓުސްކޫލް ފެއާގެ ވިޔަފާރި މިއަހަރު ދަށް

ބެކްޓުސްކޫލް ފެއާގެ ވިޔަފާރި މިއަހަރު ދަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

އައްޑޫ ސިޓީ ހިތަދޫގައި ހިންގާ ބޮޑު ފިހާރައެއް ކަމަށްވާ ސިޓީ ސެންޓްރަލްއިން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ "ބެކް ޓު ސްކޫލް ފެއާ" ގެ މިއަރު ފެއާގެ ވިޔަފާރި ކުރީއަހަރުގެ ފެއާއަށްވުރެ ދަށްކަމަށް އެ ފިހާރައިން ބުނެފިއެވެ.

މިފަހަރުގެ ފެއާގެ ވިޔަފާރި ދަށްވި ސަބަބެއްކަމަށް އެފިހާރައިން ލަފާކުރަނީ މީހުން ތަންކޮޅެއް އަތްމަތި ދަތިވުމާއި ސްކޫލް ބަންދުގައި ގިނަ ޚަރަދުތަކެއް އެކިކަންކަމަށް ކުރަންޖެހުމުން ކަމަށެވެ.

"އެހެންނަމަވެސް މިފަހަރުގެ ފެއާއަށް ޒިޔާރަތްކޮށް ވިޔަފާރިކުރި ހުރިހާ ކަސްޓަމަރުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ އިތުރުފެއާވެސް އަދިހުންނާނެ. ހީވާގޮތުން ދެން އެންމެ އަވަހަށް ބާއްވާނީ ރޯދައާ ދިމާކޮށް ބާއްވާ ބަދިގޭ ސާމާނު ވިއްކާ ފެއާ،" އެފިހާރައިން ބުންޏެވެ.

މިދިޔަ ޑިސެމްބަރު 7 އިން މިމަހުގެ 10 އަށް ކުރިއަށް ގެންދިޔަ ފެއާގައި ސްކޫލް ކުދިންނަށް ބޭނުންވާ ހުރިހާ ސާމާނެއް އަގުހެޔޮކޮށް ލިބެން ހުއްޓެވެ. އޭގެ ތެރޭގައި ފޮތް، ދަބަސް، ބޫޓު، އިސްޓާކީން، ސްޓޭޝަނަރީޒް، މިހެން ގޮސް ޓެކްސްޓް ފޮތްތައް ފިޔަވައި ހުރިހާ ސާމާނެއް ހިމެނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު