އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑިޖިޓަލް މޯލްޑިވްސްއެއް ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މުޅި ރާއްޖެއަށް އުރީދޫގެ 4G+ ނެޓްވަރކް ފުޅާކޮށްފި

ޑިޖިޓަލް މޯލްޑިވްސްއެއް ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މުޅި ރާއްޖެއަށް އުރީދޫގެ 4G+ ނެޓްވަރކް ފުޅާކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 20 ސިކުންތު

މުޅި ރާއްޖެއަށް އުރީދޫގެ4G+ ނެޓްވަރކް ފުޅާކުރުމުގެ މަސައްކަތް ކާމިޔާބު ކަމާއިއެކު ނިމިފައިވާކަމަށް އެކުންފުނިން މިއަދު އިއުލާންކޮށްފިއެވެ.

އުރީދޫގެ ތަސައްވުރެއްކަމުގައިވާ، އިޖުތިމާއީ އަދި އިގްތިސާދީ ފުރުސަތުތައް ރާއްޖޭގެ މުޖުތަމައުއަށް ފޯރުކޮށްދިނުމަށް، މި ޚިދުމަތް މެދުވެރިކޮށް ދެވޭ ހައި ސްޕީޑް އިންޓަރނެޓްއިން މަގުފަހިކޮށްދޭނެއެވެ.


ޑިސެމްބަރ 2016ގައި ފެށިގެންދިޔަ އުރީދޫގެ ނެޓްވާރކްގެ ފެންވަރު މަތިކުރުމުގެ މި މުހިއްމު މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ، ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭނުންވާ މުވާސަލާތީ ބޭނުންތަކަށް، އުރީދޫގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލް އިން ލިބިފައިވާ އިތުރު ކެޕޭސިޓީ މެދުވެރިކޮށް ހައްލެއް ގެނެސްދިނުމަށްޓަކައެވެ.

އުރީދޫގެ ސީއީއޯ، ވިކްރަމް ސިންހާ މިއަދު ވިދާޅުވީ މިއަދަކީ މުޅި ރާއްޖެއަށް ފުޅާކުރެވިފައިވާ ފުރަތަމަ 4G+ ނެޓްވަރކް ތަޢާރަފް ކުރެވި، އަޅުގަނޑުމެންގެ ދަތުރުގެ މުހިއްމު ލަނޑުދަނޑިއަކަށް ވާސިލްވީ ދުވަހެއް ކަމަށެވެ. އަދި އެންމެ ފުރަތަމަ ދުވަހުން ފެށިގެން އުރީދޫއިން މަސައްކަތްކުރަމުން ދަނީ، ދުނިޔޭގެ އެންމެ ފަހުގެ އުފެއްދުންތަކާއި ޚިދުމަތްތައް މެދުވެރިކޮށް، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ކަމަށާއި ރެކޯޑް މުއްދަތެއްގެ ތެރޭގައި އުރީދޫގެ 4G+ ނެޓްވާރކް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ނިންމާލެވިގެންދިއުއީ ކަމަށެވެ.

ވިކްރަމަސިންހަ ވިދާޅުވީ އެންމެ ފަހުގެ ވަޔަރލެސް ޓެކްނޮލޮޖީ މެދުވެރިކޮށް މުޅި ދިވެހިރާއްޖެ ގުޅުވާލަދިނުމަށްޓަކައި އުރީދޫ ޓީމުން ކުރި މިންނެތް މަސައްކަތުގެ ސަބަބުން. ޑިޖިޓަލް މޯލްޑިވްސްއަށް ސަރުކާރުން ދެއްވާ އަހައްމިޔަތާއި، އުރީދޫ ގްރޫޕްގެ އެހީތެރިކަމާއި، ޓެކްނޮލޮޖީ މެދުވެރިކޮށް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އުރީދޫ މޯލްޑިވްސް ޓީމުގެ ހުންނަ ޝައުގުވެރިކަމާއިއެކު، ހައި ސްޕީޑް ބްރޯޑްބޭންޑް މުޅި ރާއްޖެއަށް ގެނައުމުގެ މުޅިން އާ މަރުހަލާއަކާއި ކުރިމަތިލުމަށް އުރީދޫ އިން މިދަނީ އުފަލާއި އެކު ތައްޔާރުވަމުން ކަމަށެވެ.

އުރީދޫގެ ކޮންމެ ކަސްޓަމަރަކަށްވެސް، 4G ސިމްކާޑެއް ލައްވާފައިވާ 4G+ ފޯނެއް މެދުވެރިކޮށް، އިތުރު އަގަކާއިނުލާ، އުރީދޫގެ 4G+ ނެޓްވާރކް މިހާރު ބޭނުންކުރެވޭނެއެވެ. މިހާރު ގެންގުޅުއްވާ ސިމް ކާޑުން 4G+ ކޮމްޕެޓިބަލްތޯ ބެއްލެވުމަށް، ''4G" ޖެއްސެވުމަށް ފަހު، 5353 އަށް އެސްއެމްއެސް ކުރައްވައިގެން ޗެކްކުރެވޭނެއެވެ. އުރީދޫ އެކްސްޕީރިއަންސް ސެންޓަރ ތަކުންނާއި، ބިޒްނަސް ޕާރޓްނަރ ޝޮޕްތަކުން ފަސޭހަކަމާއިއެކު 4Gސިމް ކާޑް ލިބިވަޑައިގަންނަވާނެއެވެ.
"ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފެންވަރު ރަގަޅު މޮބައިލް ކަނެކްޓިވިޓީ ފޯރުކޮށްދިނުމާއި އެކު، ޑިޖިޓަލް ޚިދުމަތްތަކުގެ ފައިދާތަކާއި ގުޅުވާލަދިނުމަށްޓަކައި އުރީދޫއަށް ކުރެވެން އޮތް ހުރިހާ ކަމެއް އަޅުގަނޑުމެން ކުރަމުން ދާނަން. މިގޮތުން، އިންޓަނެޓްގެ ޚިދުމަތް ބޭނުންކޮށްފައި ނުވާ ބޭފުޅުންނާއި، އިންޓަނެޓް ގެ ޚިދުމަތް ލިބޭ ސްމާޓްފޯނު ނެތް ބޭފުޅުންނަށް ހާއްސަ ޕޭމަންޓް ޕްލޭންތަކާއި އެކު 4Gގެ ޚިދުމަތް ލިބޭ ފޯނު ތައާރަފްކޮށް، އިންޓަނެޓް ބޭނުންކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ. ދިވެހިރާއްޖޭގައި އުރީދޫގެ ނެޓްވަރކް އަށް ލިބިފައިވާ ކުރިއެރުމާއި އެކު، އޮންލައިން އެޑިއުކޭޝަން އަދި އީ-ހެލްތް ފަދަ ފައިދާހުރި ސްމާޓް ޚިދުމަތްތައް ބޭނުންކުރުމުގައި، ދިވެހިންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ." އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު ވިދާޅުވިއެވެ.

މިއަދުގެ ދުނިޔޭގައި، އިޤްތިސާދީ އަދި އިޖްތިމާއީ ތަރައްޤީ ގެނައުމުގައި ދެވަނައެއްނުވާ ރޯލެއް އިންޓަނެޓް އިން ކުޅެމުންދާއިރު، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަލުވި ސްޕީޑްގެ އިންޓަނެޓް ފޯރުކޮށްދިނުމަށްޓަކައި އުރީދޫއިން ވަނީ މުހިއްމު އިންވެސްޓްމެންޓްތަކެއް ކޮށްފައެވެ. މިގޮތުން، އެކުންފުނީގެ މަލްޓިމިލިއަންޑޮލަރުގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލް މެދުވެރިކޮށް، ނެޓްވަރކް ކެޕޭސިޓީ އިތުރުކޮށް، ރާއްޖޭގެ ރަށްތަކަށް ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރު ރަގަޅުކޮށްފައިވެއެވެ. އަދި މިއަދު ފުރިހަމަކޮށްފައިވާ މުޅި ރާއްޖެއަށް 4G+ ނެޓްވަރކް ފުޅާކުރުމުގެ މަސައްކަތުގެ އިތުރުން، މިއަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރިސޯޓުތަކާއި ރަށްތަކަށް، ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އެކުންފުނިން ވަނީ ފަށާފައެވެ.

އުރީދޫގެ ނޭޝަންވައިޑް 4G+ ނެޓްވަރކް އަދި އަލަށް ތައާރަފްކުރުމަށް ތައްޔާރުވަމުންދާ ބްރޯޑްބޭންޑް ޚިދުމަތްތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކަށް ފެތުރިފައިވާ ވިޔަފާރިތަކަށް ވެސް ގިނަގުނަ ފައިދާ ލިބުން އެކަށީގެންވެއެވެ. ހަމައެއާއިއެކު، އުރީދޫގެ ބައިނަލްއަޤްވާމީ ވިޔަފާރީގެ ޚިދުމަތްތަކާއި، ރިސޯޓްތަކަށް ބޭނުންވާ ހުރިހާ މުވާސަލާތީ ޚިދުމަތް އެއްތަނަކުން ފޯރުކޮށްދޭ ހާއްސަ ރިސޯޓް ސޮލިއުޝަންތަކުގެ ބޭނުން ހިފޭނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު