އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެޑަމް ފާތުން ނ އަތޮޅުގެ ބައެއް ރަށްތަކަށް ދަރުރުފުޅެއް ފަށްޓަވައިފި

މެޑަމް ފާތުން ނ އަތޮޅުގެ ބައެއް ރަށްތަކަށް ދަރުރުފުޅެއް ފަށްޓަވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމް ނ އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ފަށްޓަވައިފިއެވެ.

މެޑަމް ފާތުން ނ. އަތޮޅަށް ވަޑައިގަތީ "ފަސްޓް ލޭޑީ ބަށިބޯޅް ޗެމްޕިއަންޝިޕް 2017" ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުންނެވެ. އެ ދަތުރުފުޅުގައި ނ. އަތޮޅުގެ ހަތަރު ދާއިރާގެ މަޖިލީސް މެމްބަރުންނާއި، އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ބަށިބޯޅަ ޗެމްޕިއަންޝިޕް ފައްޓަވައިދެއްވުމަށްފަހު މިއަދު އެ އަތޮޅުގެ އިތުރު ހަތަރު ރަށަކަށް މެޑަމް ފާތުން ޒިޔާރަތް ކުރެއްވީ، އެކަމަނާ "އެންމެގާތުން" ގެ ނަމުގައި ފައްޓަވާފައިވާ އިޖުތިމާއީ ހަރަކާތުގެ ދަށުންނެވެ.

އެގޮތުން ނ. އަތޮޅުގެ ކެނދިކުޅުދޫއާއި، ހޮޅުދޫ އަދި މަނަދޫގެ އިތުރުން ވެލިދޫއަށް މެޑަމް ވަނީ ޒިޔާރަތް ކުރައްވާފަ އެވެ. އެދަތުރުފުޅުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ބައްދަލު ކުރައްވައި އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތާއި، ބޭނުން ޖެހިފައިވާ ކަންކަން އޮޅުން ފިލުވުމަށް ހަމަޖެހިފައިވެ އެވެ.

އޭގެ އިތުރުން ރަށްރަށުގެ ތައުލީމީ އަދި ސިއްހީ ހާލަތު ދެނެގަތުމަށް އެ މުއައްސަސާތަކުގެ އިސްވެރިންނާ އެކަމަނާ ވަނީ ބައްދަލު ކުރައްވާފަ އެވެ. އަދި އެ ބައްދަލުވުންތަކުގައި އެ ރަށްރަށުގެ ސްކޫލުތަކަށާއި ސިއްހީ މަރުކަޒުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަމުގެ ހައްލުތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު