އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤްރްއާނަށް ފުރައްސާރަކުރާ މީހަކަށް ވޯޓު ނުދިނުމަށް ގޮވާލައި ލައްކައަކަށްވުރެ ގިނަ މުސްލިމުން މިސްކިތަށް!

ޤްރްއާނަށް ފުރައްސާރަކުރާ މީހަކަށް ވޯޓު ނުދިނުމަށް ގޮވާލައި ލައްކައަކަށްވުރެ ގިނަ މުސްލިމުން މިސްކިތަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

އިންޑޮނޭސިއާގެ ކުރިއަށް އޮތް ޖަކާޓާ އިންތިޚާބުގައި ކީރިތި ޤްރްއާނަށް ފުރައްސާރަކުރާ މީހަކަށް ވޯޓު ނުދިނުމަށް ގޮވާލައި ލައްކައަކަށްވުރެ ގިނަ މުސްލިމުން މިސްކިތަށް ޖަމާވެއްޖެއެވެ.

ދުނިޔޭގެ ނިޞްބަތުންވެސް އެންމެ ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅޭ އިންޑޮނޭސިއާގެ އެންމެ ބޮޑު ޤައުމީ މިސްކިތް، މަސްޖިދު އިސްތިޤްލާލަށް މިހައި ގިނަ އަދަދެއްގެ މީހުން އެއްވީ އެމީހުން މަގުމަތީގައި ކުރަން އުޅުނު މުޒާހަރާއަށް ސަރުކާރުން ހުރަސް އެޅުމުންނެވެ.

ޖަކާޓާގެ ގަވަރުނަރަކަށް މިހާރު ހުރީ ކްރިސްޓިއަނުންނާއި ޗައިނާގެ ދަރިކޮޅު މީހުން ގުޅިގެން ހިންގާ "އަޝޯކް" ޖަމާއަތުގެ މީހެކެވެ. މުސްލިމުން ބުނަނީ އޭނާ ގެންދަނީ ފައުޅުގައި ކީރިތި ޤްރްއާނަށް ފުރައްސާރަކޮށް ހަޖޫޖަހަމުން ކަމަށެވެ.

ގަވަރުނަރު ބަސޫކީ ކީރިތި ޤްރްއާނަށް ފުރައްސާރަކުރި މައްސަލަ ބަލައި ދިނުމަށް މުސްލިމުން އެދުމުން އެކަމަށް ސަރުކާރުން އަދި އެއްވެސް އިޖާބައެއް ނުދެއެވެ.

ފުލުހުން ބުނީ މުޅި އެސަރަހައްދުގެ މަގުމަތި ވަނީ ފުރިފައި ކަމަށާއި އެތައް ހިސާބުކަށް މީހުން އެއްވެފައިވާ ކަމަށެވެ.
ފުލުހުންގެ ހުރަސްތަކާއެކުވެސް މިސްކިތުގައި ވަނީ ކީރިތި ޤްރްއާނަށް ނަޞްރު ދެއްވެވުން އެދި ދުޢާކޮށްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް